އޮސްޓްރޭލިއާގެ ގެއެއްގެ ފާޚާނަ ތަށި ތެރެއިން ހަރުފައިގެ ބާވަތެއްކަމުގައިވާ ޕައިތަންއެއް ފެނިގެން އެގޭގެ މީހުން ބިރުން ހަލާކުވެއްޖެއެވެ.

މިދިޔަ ހަފްތާ ބަންދުގައި އެ ހަރުފަ ފެނިގެން ބިސްބްރޭންގެ ގެއަކުންނެވެ. އެކަން ރިޕޯޓްކޮށްފައި ވަނީ، ހަރުފަ އެއްޗެހި ހިފާ މީހަކަށެވެ. އޭނާ ބުނީ އެ ހަރުފަ ފާހަނަ ތަށި ތެރެއަށް ވަދެފައި ވަނީ ނަރުދަމާ ހޮޅީގެ ތެރެއިންކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވަނީ އެ ހަރުފައިގެ ފޮޓޯތަކެއް އެ މީހާ ވަނީ ލާފައެވެ. މިހާރު މީސް މީޑިއާގައި އެ ހަރުފައިގެ ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ. އޭނާ ލި އެ ޕޯސްޓަށް 2500 އަށް ވުރެ ގިނަ ކޮމެންޓްސް އާއި ޝެއާ ލިބުނެވެ.

އޭނަ ވަނީ އެ ހަރުފަ ހިފުމަށްފަހު އަލުން ބޭރަށް އެ ހަރުފަ ދޫކޮށްލާފައެވެ.

2015 ވަނަ އަހަރުވެސް އޮސްޓްރޭލިއާގެ ގެއެއްގެ ފާހަނަ ތެރެއިން ހަރުފައެއް ފެނިގެން ރިޕޯޓްކުރިއެވެ. އެ ފަހަރު ފެނުނީ މާސިންގާ ބިޔަ ކާޕެޓް ޕައިތަން އެއްކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު