ގިނަ ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައިވާ ހައި ސްކޫލު ފިލްމެއް ކަމަށްވާ ޕްރިންސަސް ޑައިރީސްގެ ތިން ވަނަ ބައެއް ނެރުމަށް ދަނީ ތައްޔާރުވަމުންއެވެ. މި ފިލްމުގައި ޖޫލީ އެންޑްރޫސް ފެނިގެން ދާނެ ކަމަށް ފިލްމުގެ ލީޑް ތަރި ބުނެފައިވެއެވެ.

އޭން ހެތަވޭ "ވޮޗް ވަޓް ހެޕަންސް ލައިވް" ޝޯގައި ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިމި، އޭން އާއި ޖޫލީ ތިބީ ފިލްމުގެ ޝޫޓިންއަށް ތައްޔާރަށް ކަމަށެވެ.

ފުރަތަމަ ބެލުންތެރިން އާއި ހަމައަށް ޕްރިންސަސް ޑައިރީސް ގެނެސްދީފައިވަނީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ފިލްމުގެ ދެވަނަ ބައެއްވެސް ވަނީ ރިލީސްކޮށްފައެވެ.

މިފިލްމުގެ ޑައިރެކްޓަރު ގެރީ މާޝަލް ބުނި ގޮތުގައި ފިލްމު ޝޫޓް ކުރަން ހަމަޖެހިފައިވަނީ މެންހެޓަންގައެވެ. ގެރީ ޑައިރެކްޓް ކޮށްފައިވާ މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ޕްރިޓީ ވުމަން" އަދި "އަ ލީގް އޮފް ދެއާ އޯން" ހިމެނެއެވެ.

ޕްރިންސަސް ޑައިރީސް 3 އަކީ މިފިލްގެ ރަސްމީ ނަމެއް ނޫނެވެ. ފިލްމްގެ ރަސްމީ ނަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ޕްރިންސަސް ޑައިރީސް 3 ރިލީސް ކުރާ ތާރީހު އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕްރިންސަސް ޑައިރީސް 3 ވެގެން ދާނީ އެފިލްގެ ފުރަތަމަ ބަޔާއި ދެވަނަ ބަޔަށް ފަހު ބެލުންތެރިން ފިލްމްގެ އިތުރު ބައެއްގެ އިންތިޒާރުގައި ހޭދަކުރި 15 އަހަރަށް ނިމުން ގެންނާނެ ފިލްމަށެވެ.