މަޝްހޫރު މީސް މީޑިއާ ނެޓްވޯކް ފޭސްބުކް އިން ސޯލާ ޕަވާއިން ދުއްވާ ޑްރޯންއެއްގެ އެހީގައި އިންޓަނެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓުތަށް ބުނާ ގޮތުގައި ފޭސްބުކް އިން ވަނީ ހައި ސްޕީޑް އިންޓަނެޓް ދޭން މި ޑްރޯން އޮޕަރޭޓްކޮށް ޓެސްޓްކުރުމުގެ މަސައްކަތް އޮސްޓްރޭލިޔާގައި މިހާރު ފަށާފައެވެ.

މިކަން ފޭސްބުކް އިން ކުރަމުންދަނީ މަޝްހޫރު އެއަރބަސް ކުންފުންޏާއި ގުޅިގެންނެވެ. އެކުންފުނިން ވަނީ މީގެ އިތުރުންވެސް އިންޓަނެޓް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ފޭސްބުކްއިން ބުނާގޮތުގައި މި ޓެސްޓްކުރާ ޑްރޯންއަކީ 70000 މީޓަރު އުހުން ދަތުރުކޮށްގެން އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންއެއް ކަމަށްވެއެވެ. އަދި މީގެ އިތުރުން މި ޑްރޯން ފަސް އަހަރު ވަންދެން އަނބުރާ ބިމަށް ނައިސް އުދުހުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ދުނިޔޭގައި އިންޓަނެޓް ނުލިބޭ އާބާދީ ތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ފޭސްބުކް އިން 60 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ.

އެފްރިކާ އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދެވިއްޖެނަމަ ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ. އެހެންކަމުން އެއީ ކުންފުނީގެ ފައިދާ އެތައް ގުނައެއް އިތުރު ވާނެ ކަމެކެވެ.

ދުނިޔޭގެ އެންމެނަށް އަތްފޯރާ އަގެއްގައި އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލް އިން ވެސް ވަނީ މަޝްރޫއެއް ފަށާފައެވެ.

ފޭސްބުކް އިން ބުނީ އެ ކުންފުނީގެ މަގުސަދަކީ ދުނިޔޭގައި އިންޓަނެޓް ނުލިބޭ 5 ބިލިއަން މީހުންނަށް އިންޓަނެޓް ފޯރުކޮށްދިނުމެވެ.

ފޭސްބުކް އިން ވަނީ 2014 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހެޔޮ އަގެއްގައި އިންޓަނެޓް ފޯރުކޮށްދިނުމަށް "އިންޓަނެޓް ޑޮޓް އޯގް" ގެ ނަމުގައި ކެމްޕެއިން އެއްވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޯކާބެ

    ތީ މިގައުމަށް ވެސް ބޭނުން އެއްޗެއް މީވެސް އިންޓަނެޓް އަތްފޯރާ ފަށަށް ވުރެ މާ އަގުބޮޑު ގައުމެއް މީހުން ގެ ޖީބްތައް ހުސް ކުރާ ގައުމެއް

    • އަލީ

      އަސްލުވެސް ދޯ.

  2. ދފ

    ސަރުކާރުން މިޕްރޮގްރާމްގައި ބައިވެރިވެ މަސްވެރިކަން ކޮށް އުޅޭ ސަރަހައްދު ބެލުމުގެ މުހިއްމުކަން ބޮޑު.
    މާރކް ޒުކާބަށް ދޭންޖެހޭނީ އެއްމެ ރަށެއް

  3. ނިމުމަކަށްއަންނަނީ

    ތިޔައީ ފައްކާ ކަމެއް. މިހާރު މިއޮތީ ކޮންމެކަމެއް ވިޔާފާރިޔަކަށްހަދާ މަދުބަޔަކު ތަނަވަސްވާ ސިސްޓަމެއް. ތިކަންކުރުންމުން އިންޓަނެޓް ވަޔަފާރިކުރުން ނިމުމަކަށް އަންނާނެ.

  4. ނުރަބޯ

    އަމިއްލަ ސަބްމެރިން ކޭބަލެއް އަޅައިގެން އިންޓަރނެޓް ގެ އަގު ވަރަށްބޮޑުތަން ހެޔޮކޮށްދިނުން އެއީ ރައީސް ޔާމީންގެ ވަޢުދެކެވެ. އެހެންނަމަވެސް ރައްޔިތުންގެ ތެރެއިން އަމިއްލައެދުން ބޮޑުބަޔަކު ރައްޔިތުންނަށް އެ ފުރުސަތު ލިބުނަނުދިނީއެވެ.