ރާއްޖެ މަޝްހޫރު މޮޑެލް އީމް ނިޒާމަށް ދިމާވި ހިތްދަތި ދުވަސްތަކުގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާ ކުރުމުން އެތައް ބަޔަކަށް ޝޮކެއް ލިބުނެވެ. އޭނާގެ ދިރިއުޅުމުގައި އެހާބޮޑު ހަނގުރާމައެއް ކުރަމުންދިޔަކަން އެއްވެސް މީހަކަށް ގަބޫލެއް ނުކުރެއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ސްޓޯރީ އަށާއި، އަދި އެ ނޫންވެސް އެއްޗައްސަށް ލަމުން ގެންދިޔައީ ރައްޓެހިންނާއެކު ހޭދަކުރާ އުފާވެރި ވަގުތުތަކުގެ ފޮޓޯތަކެވެ. ހަޔާތުގައި ފޮރުވިފައިވާ އުނދަގޫ ފަޅިއެއް އާންމުންނަށް ދައްކާފައެއް ނުވެއެވެ.

އީމް ކެންސަރާ ބެހޭ ގޮތުން ހިއްސާ ކުރި ޕޯސްޓުން އެނގޭ ގޮތުގައި މިދިޔަ ހަ މަސް ދުވަހު އޭނާ އުޅުނީ ވަރަށް ހާލުގައެވެ. މިދިޔަ ހަ މަސް ދުވަހު ދިރިއުޅުމުގައި އޭނާ ކުރި ހަނގުރާމައިގެ ވާހަކައާއެކު އެތައް ބައެއްގެ ހިތުގައި ހަމްދަރުދީ އުފެދޭނެ ކަން ޔަގީނެވެ.

އީމް ބުނީ، އޭނާއަށް ޖެހިފައި ވަނީ ކެންސަރު ބަލިކަން ކުރިން ހީވެފައި އޮތް ކަމަށެވެ. އަދި އެއިރުން ފެށިގެން އުޅެމުންދިޔައީ ވަރަށް ބަލިކޮށްކަމަށްވެސް ބުންޏެވެ. ނަމަވެސް އޭނާ އުޅެމުންދިޔައީ މަސައްކަތުގައެވެ. އޭނާ އާންމުންނަށް ދެއްކީ އޭނާގެ މަސައްކަތުގެ ފަޅިއެވެ.

"ޑޮކްޓަރުން އާދޭސް ކުރަމުންދިޔަ އަހަރެންގެ ބަލި ހާލަށް ބެލުމަށް. އަހަރެން ބަޔޮޕްސީވެސް ހެދިން. އަދި އިތުރު ފަރުވާވެސް ހޯދިން.ﷲ އިރާދަފުޅުން އަހަރެން މިހާރު ރަނގަޅު". އީމް ބުންޏެވެ.

https://www.instagram.com/p/Bs9maCUgjVB/?utm_source=ig_share_sheet&igshid=oddu6ltc7j86

އީމް ބުނީ، ހުރިހާވެސް އެއްޗަކީ ﷲގެ ހަޒަރަތުގައި ދުއާ ދަންނަވައި، އަޅުކަން ކުރުން ކަމަށެވެ. އަދި އޭނާ ކޮންމެ ރެއަކު ރަހުމާން ސޫރަތް ކިޔަވާކަމަށްވެސް ބުންޏެވެ.

އީމް ވަނީ، އޭނާ އެބަލިން ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރި އާއިލާ މީހުންނަށާއި، ރައްޓެހިންނަށް ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައިއޭނާ އޮޕަރޭޝަންކޮށްގެން އުޅުނުއިރު، އެހީތެރިވި މީހުންނާއި، އޭނާގެ އާއިލާ މީހުންނަށް ފަށްފަށުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އީމްގެ އިންސްޓާގްރާމް ޕޯސްޓަށް އެތައް ބަޔަކު ރިއެކްޓް ކޮށްފައިވާ އިރު، އޭނާއަކީ އެތައް ބައެއްގެ ފާޑުކިޔުންވެސް ލިބިފައިވާ މީހެކެވެ. އޭރުވެސް އޭނާ ކެންސަރުގެ ވާހަތައް ކިޔާދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮންބެ

    އުޅުން އިސްލާހް ކުރުމަށް ލިބުނު ފުރުސަތެއް. ﷲ އަށް އުރެދިފާވެސް މުސީބާތެއްޖެހުމުން ދުޢާކުރަން މިޖެހެނީ އެއްކަލަ އުރެދުނު ފަރާތަށްކަން ހަނދާނުގައި ބަހަށްޓަންޖެހޭ.

  2. ހަހުރަ

    ދެންވެސް ވީ ކަމަނާގެ އައުރަ ނިވާކުރާކަށް ނޫންތޯ؟

  3. ާަަައަބުދުﷲ

    ފުރުސަތައް ފަރުވާބަހަންޓާނެކަމައްއުންމީދުކުރަ
    ދެދުނިޔޭގެ ބާންޖަވެރިކަމަށް އެދެން

  4. ބުނެލަން

    ދެންވެސް ހިޖާބު އަޅާބަލަ ދޯ؟؟؟

  5. އިބޫ ސާލިހް.

    އެހެން ވާނީ ހިސާބަށް ވުރެ ރަނގަޅަށް އުޅެންޏާ. އޮރިޔާމުން ހެދެވިހާ ނުބައިގޮތް ގޮތަށް އުޅެންޏާ ވާނެ ތިހެން ވެސް.