ރަނގަޅު މަސްދަރު ތަކުން ޚަބަރުތައް ނުގެނެސްދީ ފޭކް ޚަބަރުތައް ގެނެސްދޭ ސައިޓްތަކުން ސަލާމަތްވާނެ ގޮތް ހޯދުމަށް މަސައްކަތް ތަކެއް ފަށާފައިވާކަމަށް މައިކްރޯސޮފްޓުން ހާމަކޮށްފިއެވެ.

މައިކްރޯސޮފްޓުން ބުނެފައިވަނީ މޯބައިލް ފޯންތަކާއި ކޮންޕިއުޓަރ، ލެޕްޓޮޕް އަދި ޓެބްލެޓްގައި މައިކްރޯ ސޮފްޓްގެ ބްރައުޒާއެއް ކަމަށްވާ މައިކްރޯސޮފްޓް އެގްއިން ގިނަ ބަޔަކު ޚަބަރު ކިޔަމުން އަންނަ ކަމަށެވެ. އަދި ޚަބަރުތަކަށް ޚާއްސަކޮށްގެން ހާދަފައިވާ ނިއުސް އެޕްލިކޭޝުންވެސް ގިނަ ބަޔަކު ޚަބަރު ކިޔަމުން އަންނަ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިގޮތަށް ޚަބަރު ކިޔާއިރު، ފޭކް ޚަބަރުތައްވެސް ގިނަ ބަޔަކު ކިޔަމުން އަންނަ ކަމަށް މައިކްރޯ ސޮފްޓްއިންވަނީ ހާމަޮކޮށްފައެވެ.

މައިކްރޯސޮފްޓުން އިތުރަށް ބުނެފައިވަނީ މިކަން މިގޮތަށް ވިޔަ ނުދިނުމަށް މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ސޭފް ބްރައުޒިންގ އެއް ތައްޔާރު ކުރަމުން އަންނަ ކަމަށާއި މިއެކްޓެންޝަން އާއެކު ފޭކް ޚަބަރުތައް ދެނެގަނެވި މީހުންނަށް އެޚަބަރުތައް ފޮރުވޭނެ ކަމަށް މައިކްރޯސޮޕްޓްއިން ހާމަކުރެއެވެ.

މައިކްރޯސޮފްޓުން ބުނެފައިވަނީ ފޭކް ޚަބަރުތައް ދެނެގަތުމަށްޓަކައި ޔޫޒަރ ރޭކްކިންގް އަދި މަޝްހޫރު ނޫސްވެރިން ލިޔާ ޚަބަރުތަކަށް ބެލެވޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު