މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ ތަރި ކައިލީ ޖެނާ ކައިވެނިކޮށްފައިވާ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ކައިލީ ޖެނާ މިއަދު ކޮށްފައިވާ ޕޯސްޓްގެ ކެޕްޝަންގައި ޖަހާފައިވަނީ، އޭނާގެ "ފިރިމީހާ" މަތިން މިސްވާ ކަމަށެވެ. ސްޕެނިޝް ބަހުން ކޮށްފައިވާ މިޕޯސްޓްގެ ކެޕްޝަންގައި މިހެން ޖަހާފައިވާއިރު، ކައިލީވަނީ އޭނާގެ ފޮޓޯއެއް މި ޕޯސްޓާއެކު އާއްމުކޮށްފައެވެ.

މިއާއެކު ގިނަ ބަޔަކުދަނީ ކައިލީ ކައިވެނިކޮށްފައިވޭތޯ ސުވާލު އުފައްދަމުންނެވެ. މީގެ ކުރިން އިއްޔެ ކައިލީވަނީ ބޮޑު ވާހަކައެއް ބުނަން ވެފައިވާ ކަމަށް ޓްވިޓަރ މެދުވެރިކޮށް ބުނެފައެެވެ.

"އަހަރެންގެ ފޭނުންނަށް ހިއްސާކުރަން ބޭނުން ވަރަށް ބޮޑުކަމެއް އެބައޮތް. މި އާ ކަންތައް ހިއްސާކުރަން މިހިރީ ކެތްމަދުވެފައި" ކައިލީ ކުރި ޓުވީޓުގައި ވެއެވެ.

މި ޓްވީޓާއި ގުޅޭގޮތުން ކައިލީގެ ގިނަ އަދަދެއްގެ ފޭނުން ބުނެފައިވަނީ ކައިލީ ދެވަނަ ދަރިފުޅަކަށް ބަލިވެއިނީ ކަމަށެވެ.

ނަމަވެސް ފޭނުންގެ މި ހީކުރުން ތަކަށް ކައިލީ ވަނީ ވަރަށް ސާފު ޖަވާބެއް ދީފައެވެ. ކައިލީ ޖަވާބުގައި އިނީ ހިނގައިގެން އުޅެނީ އެފަދަ ކަމެއް ނޫން ކަމަށާއި އޭނާ ހިއްސާ ކުރަން އުޅެނީ ސީކްރެޓް ޕްރެޖެކްޓެއް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު