މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ގުޅުން ރަސްމީކޮށް އިއުލާނު ކުރި ހިސާބުން ފެށިގެން އެތައް ބަޔަކު ގެންދިޔައީ އެދެމަފިރިންނަށް ދަރިއަކު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. ޕްރިންސް ހެރީ އާއި މޭގަންގެ ހުރިހާ ހަރަކާތްތައް ބަލަން ތިބި އެތައް ބަޔަކު ބޭނުންވެފައި ވަނީ އެއާއިލާ ވީއެންމެ އަވަހަކަށް ފުރިހަމަ ވާށެވެ.

މޭގަން އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރ 15 ވަނަ ދުވަހު އެވެ. ކައިވެންޏަށް ފަސް މަސް ދުވަސްވީ ފަހުން މޭގަން ބަލިވެ އިންކަން އިއުލާން ކުރިއިރު ކުރިއަށް އޮތީ ދެހަފްތާ ދުވަހުގެ ބުރަ ދަތުރެކެވެ.

ކޮންމެއަކަސް އެދަތުރު ނިމި މިހާރު މޭގަން ވިހަން ތައްޔާރުވަމުންދާ ޚަބަރު މީޑިއާތަކުން ގެނެސްދިން ނަމަވެސް ކޮންސްޕިރަސީ ތިއަރީތައް އުފައްދާ މީހުން ބުނަނީ މޭގަންގެ ބަނޑު ހަގީގަތުގައި ބޮޑު ނޫން ކަމަށެވެ. އެއީ "ފޭކް" ދައްކާލުމެއް ކަމަށް ބައެއް މީހުން އެބަ ބުނެއެވެ.

މިވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި މޭގަން ބޭނުން ވަނީ ސަރަގޭޓް ކޮށް ކުއްޖަކު ހޯދާށެވެ. އެއީ އެހެން މީހެއްގެ ބަނޑުގައި ތިމާގެ ދަރި ބޮޑު ކުރުމެވެ. މިކަން ކުރުމަށްޓަކައި މޭގަން ވަނީ މޮޅު ޑްރާމާއެއް ކުޅުވާފައި ކަމަށް އެމީހުން ބުނެއެވެ.

މޭގަން ކުރިން ކައިވެނި ކޮށްގެން އުޅުނު މީހާ ކައިރީ ވެސް އޭނާ ދުވަހަކު ވެސް ބަލިވެ އިންނަން ބޭނުން ނޫންކަމަށް ބުނެފައިވާ ކަމަށް ކޮންސްޕިރަސީ ތިއަރީތައް އުފައްދައިގެން އުޅޭ މީހުން ބުނެއެވެ.

https://twitter.com/XYogui_MonsterX/status/1084966620265672705

https://twitter.com/NiamhftHemmings/status/1084858715554152448

މޭގަން އިނީ ހަޤީޤަތުގައި ބަލިވެ ނޫންކަމަށް ބައެއް މީހުން ބުނަމުން ދަނީ މޭގަންގެ ބައެއް ފޮޓޯތަކަށް ބެލުމަށް ފަހުއެވެ. އެމީހުންގެ ވާހަކަތަކަށް ބާރުލިބޭ އިތުރު އެއްވެސް ހެއްކެތް ނެތެވެ.