ކެންސަރަށް މަގުފަހިވާ ކެމިކަލެއް ވެސް ހިމެނޭ ގޮތައް އިތުރު ކެމިކަލްތަކެއް ކުޑަކުދިން ބޭނުން ކުރާ ނެޕީން ފެނިފައިވާ ކަމަށް ފުރާންސްގެ ސިއްހަތާއި ބެހޭ ގައުމީ އެޖެންސީ އަންސެސް އިން ބުނެފިއެވެ.

އަންސެސް އިން ކުރި ތަހުލީލްތަކަށް ފަހު އެޖެންސީ އިން ބުނީ ސިއްހަތައް ނުރައްކާވާ މިންވަރަކަށް ކުޑަކުދިންގެ ނެޕީގައި ނުރައްކާތެރި ކެމިކަލްތަކެއް އެބަހުރި ކަމަށެވެ. މިއީ ދުނިޔޭގައި ވެސް ނެޕީ އިން މިފަދަ ކެމިކަލްތަކެއްގެ އަސަރު ފެނުނު ފުރަތަމަ ފަހަރެވެ.

ނަމަވެސް ފްރާންސްގެ ސިއްހަތާއި ބެހޭ ވަޒީރު އެގްނެސް ބްޒީން ވިދާޅުވީ "މިއީ މިވަގުތުން ވަގުތައް ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއް ނޫން" ކަމަށެވެ.

"އަހަރެމެން ޖެހޭނެ ކުދިން ނެޕީ ޖައްސަން. ނެޕީ ޖެއްސުން މިހާރުން މިހާރަށް ހުއްޓާލާކަށް ނުޖެހޭ. 50 އަހަރު ވެއްޖެ އަހަރެމެން ކުދިންގެ ގައިގަ ނެޕީ ޖައްސައިގެން އުޅޭތާ." ހެލްތު މިނިސްޓަރު އޭއެފްޕީ އަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ފްރާންސްގެ ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެންވާރް މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ ނެޕީ އުފައްދާ ކުންފުނިތަކުން ނުރައްކާތެރި ކެމިކަލްތައް ނެތި ނެޕީ އުފެއްދުމުގެ ޕްލޭނެއް 15 ދުވަސްތެރޭގައި ހުށަހަޅަން އަންގާފައި ވާނެ ކަމަށެވެ.

މި ޕްލޭން އެކުލަވާލާ މިހާރު ނެޕީ އުފައްދާ ގޮތް ބަދަލު ކުރަން ހަމަސް ދުވަހުގެ މުހުލަތެއް ކުންފުނިތަކަށް ސަރުކާރުން ދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނުރައްކާތެރި ކެމިކަލްތަކެއްގެ އަސަރު ފެނުނީ ތަފާތު ބްރޭންޑްތަކުގެ 4000 އަށް ވުރެ ގިނަ ނެޕީ ބޭނުން ކޮށްގެން ކުރި ދިރާސާ އަކުންނެވެ. މިދިރާސާ ކޮށްފައި ވަނީ ތިން އަހަރުން ދަށުގެ ކުދިންގެ ނެޕީ ބޭނުން ކޮށްގެންނެވެ. ދިރާސާގައި ބޭނުން ކޮށްފައި ވަނީ ހަމައެކަނި ފްރާންސްގައި ވިއްކާ ބްރޭންޑްތަކުގެ ނެޕީއެވެ. ވަކި ބްރޭންޑެއްގެ ނެޕީއެއް އިސްތިސްނާ ނުވެ ހުރިހާ ބްރޭންޑެއްގެ ނެޕީން ވެސް ވަނީ ކެމިކަލްތަކުގެ އަސަރު ފެނިފައެވެ.

ފްރާންސްގެ ސިއްހަތާއި ބެހޭ އެޖެންސީގެ ރިޕޯޓް ނެރުމުން ގިނަ ބަޔަކު ގެންދަނީ އެމީހުން ނިސްބަތްވާ ގައުމުތަކުގެ ސިއްހަތާއި ބެހޭ އެޖެންސީތަކުން މިކަމާއި މެދު އަމަލު ކުރަންވީ ގޮތެއް ބުނެދިނުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގަމާާރު

  ތީ މީގެ ސާދަ ސަތޭކަ އަހަރު ކުރީން މަމެންނަށް އެނގޭ ކަމެއް

  • Anonymous
  • އަހަރެން

   ފުރައްސާރައެއް ތިކޮށްލީ...

  • ?

   އަސްތަޤްފިރުﷲ

  • ކަމާލު

   ދެން ކަލޭ ނެޕީ ޖަހައިން އޮންނަން ވީނު.

  • ޑޯކިންގ

   އެއް އައިޕީއަކުން ކޮށްފައި ހުރި ކޮމެންޓަކާ ހާދަ ވައްތަރޭ؟ އަދިވެސް ބައި މަދީ ދޯ؟ ކެކެކެކެ