ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ރޭ ގޮސްފައި ދިމާވި ކަމެއްގެ ވާހަކައެވެ. ވަރަށް އަވަސް އަރުވާލާފައި ބައްޕަ ބުނެގެން ބައްޕައާއެކު ޗެކްއަޕް އަކަށް ހޮސްޕިޓަލަށް ދިޔައީމެވެ. އަވަސް އަރުވާލާފައި ދިއުމުން ހަނދާންނެތި އަހަރެންގެ ލޮލުގެ ފެނުން ދިޔައީ ގޭގައި ބާއްވާފައެވެ. މިދައްކަނީ އައިނުގެ ވާހަކައެވެ.

ބައްޕައާއެކު ހޮސްޕިޓަލަށް ގޮސް ކޮންމެއަކަސް ނަންބަރު ނަގާ ގޮސް ގޮޑީގައި މަޑުކޮށްލީމެވެ. ކިއު ނަންބަރު ބަލާލުމަށްފަހު، މިހާރު ޑަކްޓަރ ބައްލަވަމުންދަނީ ކިތައްވަނަ ބަލި މީހާ ބަލާލުމަށް މަތީގައި ހުރި ސްކްރީނަށް ބަލާލީމެވެ އައިނު ނާޅާ އައުމުން ލިބުނު "ވޭން" ރޭކާލީ އަދި މިހާހިސާބުންނެވެ. ލޯ ކުޑަ ކޮށްކޮށްގެންވެސް ސްކްރީންގައި އިންނަންބަރު ފެންނަ ގޮތެއް ނުވިއެވެ.

މިގޮތަށް ބަލަން އިންދާ ކައިރީ އިން ކުއްޖަކު ފޯން ނަގާ ސްކްރީންއަށް ޒޫމް ކޮށްލުމަށް ފަހު ފޮޓޯއެއް ނެގިތަން ފެނުނެވެ، އެކުއްޖާ ކުރާ ކަމެއް ބަލަން ވަރަށް ފަރުވާ ތެރި ކަމާއެކުވެސް އަހަރެން ބަލަން އިނީމެވެ.

"މަންމާ، ދެން ޖެހޭނީ މަންމަ ވަންނަން" އެކުއްޖާ މިހެން ބުނުމާއިއެކު، އެކުއްޖާއަށްވެސް ސްްރީންގައި ލިޔެފައިވާ އެއްޗެއް ކިޔަން ނޭނގޭކަން އެނގުނެވެ. އެއާއެކު އަހަރެންވެސް ފޯން ނަގާ ފޮޓޯ އެެއް ނަގުމަށްފަހު ކިއު ނަންބަރު ބެލީމެބެ.

ޑަކްޓަރަށް ދައްކާ އަވަދިވެގެން ގެޔަށް ގޮސް އަހަރެން ކަންތައް ކުރި ގޮތުގެ ވާޙަކަ ދައްތައާށް ކިޔައިދިނީމެވެ. ނަމަވެސް އޭނާއަކަށް މިއީ އާ ކަމެއް ނޫނެވެ، ދެތިން ރަޙްމަތްތެރިއަކު ގާތުވެސް މިވާޙަކަ އަހަރެން ކިޔައިދިނީމެވެ. ކަންދިމާކުރި ގޮތުން މިއީ އެމީހުންވެސް ޓީޗަރު ބޯޑްގައި ލިޔާ އެއްޗެހި ނުފެނުމުން ކަން ކުރާ ގޮތެވެ. ކޮންމެއަކަސް މިއީ ގިނަ ބަޔަކަށް އެނގޭ ކަމެއް ކަމުގައި ވިޔަސް، އައިނު ނާޅާ ދެވޭ ދުވަހަކު އަހަރެން ފަދަ މިކަން ނޭނގޭ މީހަކު ދެވިއްޖެނަމަ ކިއު ނަންބަރު މިހާރު ބަލަން އެނގޭނެ ކަމަށް ޤަބޫލު ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެތެރެ މީހާ

    ލޮލް

  2. ޕުށް

    މޮޔައިންނަށް އެކަން ނޭނގޭނީ

  3. ނުރަބޯ

    ތިޔައީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އެހެން ނަމަވެސް ބައެއް ތަންތަނުން ކިޔުނަމްބަރ ސްކްރީން އަށް އަރުވާއިރު ކުޑަކޮށް ހުންނަ ބައެއް ސްކްރީން ގައި ހުއްޓަސް ސްކްރީންގެ މެދުތެރޭގައި ހުންނަ ބަޔަކަށް އެއްކަލަ ނަންބަރު ވަރަށް ބޮޑެތި އަކުރު ތަކަކުން އަރާގޮތަށް ހުރެއެވެ. އޭގެ ސަބަބުން ދުރު ނުސާފު މީހާއަށްވެސް ވަރަށް ސާފުކޮށް މި އަކުރު ތައް ފެނެއެވެ. އަނެއްބައި ތަންތަނުން ވަރަށް ކުދި ކޮށް އަކުރުތައް ހުރުމުން ބައެއް ފަހަރު ސްކްރީން ކައިރިއަށްވެސް ދާންޖެހެއެވެ. ދެން ތިޔަ ބުނާގޮތައް ފޯނުން ފޮޓޯނެގުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެހެނީ ތަފާތު ޚިދުމަތްތަކަށް ތަފާތު ނަންބަރު އަރާތީ އަރާ ކޮންމެ ނަންބަރެއް ފޮޓޯނެގުމަކީވެސް މާ ފަސޭހަ ކަމެއް ނޫނެވެ. ކޮންމެއަކަސް ޙައްލަކީ އެފަދަމީހުން ވެސް ޚިދުމަތްހޯދަން ދާނެކަން ދަނެ ޚިދުމަތްދޭ ފަރާތުން ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް މިކަންކަން ހަމަޖައްސާފައި ބެހެއްޓުމެވެ. ނުކުޅެދޭ މީހުންނަށް އެމީހުންގެ ފުރޮޅުލީ ގާޑިޔަލާއެކު މިސްކިތަށް ވަދެވޭގޮތައް މިހާރު ރޭމްޕް (ކަތޭރި) ލާފައި ހުންނަ އުސޫލުންނެވެ.