ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރް އެންމެ އަވަހަށް ދެން ފެނިގެންދަނެ ފިލްމްކަމުގައިވާ "ކާބިރް ސިންގ" ފިލްމްގެ ސެޓުގައި މަސައްކަތުގައި އުޅެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

އެ މީހާ މަރުވެފަައި ވަނީ މައިސޫރުގައި ފިލްމް ޝޫޓިންގގެ މަސައްކަތަށް ސެޓް ތައްޔާރު ކުރަން އުޅުމުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، މަރުވި ފިރިހެން މީހާއަކީ ސެޓަށް ހާއްސަ ޖެނެރޭޓަރުގެ މަސައްކަތުގައި އުޅެމުންދިޔަ މީހެކެވެ.

އޭނާ މަރުވީ ޖެރެނޭރޭޓަރު ހެދުމުގެ މަސައްކަތުގައި އުޅެމުންދަނިކޮށް ބޮލަށް އަނިޔާތަކެއްްވެގެންނެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައިވެސް ފަރުވާދިނެެވެ. އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ،

އެ ހަާދިސާގައި މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ރާމް ކުމާރް ނަމަކަށް ކިޔާ މީހެކެވެ. އެ މީހާ މަރުވެފައިވާކަން އާއިލާއަށްވެސް ވަނީ އަންގާފައެވެ. އަދި އެ މީހާގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެެއެވެ.

ހާދިސާ ހިނގާދިޔައީ، އެ ފިލްމްގެ ޝޫޓިންގވެސް ކުރިއަށްދިޔަ ވަގުތެއްގައި ކަމަށް ވެއެވެ. އަދި މިހާރު ޝޫޓިންގ ސަސްޕެންޑްކޮށްފައިވާކަަމަށްވެސް ވެއެވެ. އަދި އެ ވަގުތު ޝާހިދު ކަޕޫޜް ސޫޓިންގގައި ނެތްކަމަށްވެސް ވެއެވެ.