ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް އިންތިޚާބުވެ ވަޑައިގަތުމަށްޓަކައި ކުރެއްވި އިންތިޚާބީ ދަތުރުފުޅުތަކުގައި އެންމެނަށް ވެސް ފާހަގަވި އެއްކަމެއް އޮވެއެވެ. އެއީ ރައީސް ޞާލިޙް ސެލްފީ ނެގުމަށް ހުންނަ ކުޅަދާނަކަމެވެ. ކޮންމެ ރަށަކަށްވެސް ވަޑައިގެން ރަށުގެ ކުދި ބޮޑު އެންމެނާއެކު ސެލްފީ ނަންގަވާ ހެއްދެވިއެވެ. މިއާއެކު، ރައީސް ޞާލިޙްއަކީ ރާއްޖޭގެ އެންމެ ގިނަ މީހުންނާއިއެކު ސެލްފީނެގި، "ސެލްފީ އެކްސްޕާޓް" ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ.

ރައީސް ޞާލިޙްގެ ވެރިކަމަށް މިހާރު 2 މަސް ވެފައިވާއިރު، އަދިވެސް ސެލްފީގެ ކަންތައް ކުރައްވަނީ ހަމަ ކުރިއެކޭވެސް އެއްގޮތަކަށް ކަމަށް އެނގުނީ "ރަން އިން ލާމު" ގައި ބައިވެރިވުމަށް ރައީސް ޞާލިޙް މިއަދު ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅުންނެވެ.

ރައީސް ލާމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ވަގުތު އިމޭޖްސް: މުޙައްމަދު ސަނީޙް

ރައީސް ޞާލިޙަށް މަރުޙަބާ ދެންނެވުމަށް އިސްކަންދަރު ވައިގެ މަރުކަޒަށް މިއަދު ގިނަ ބަޔަކު ޖަމާވެފައި އޮތް އިރު އަޅުގަނޑު ވެސް އަތުގައި އޮތް ކެމެރާ ނަގާ ރައީސް ޞާލިޙް ވަޑައިގަންނަތަނަށް ދިޔައީ ރީތި ފޮޓޯ ކޮޅެއް ނެގޭތޯއެވެ. ނަމަވެސް ގިނަ ބަޔަކު ސަލާމް ކުރާތަނަށް ބޮޑިވެފައި އޮތުމުން އެކަންވާ ގޮތެއް ނުވިއެވެ. މިހެންވެ ކައިރީއިން ރަޙްމަތްތެރިއެއްގެ އަތަށް ކެމެރާ ދިނުމަށްފަހު ފޮޓޯ ކޮޅެއް ނަގައި ދިނުމަށް ބުނެ، ތަންކޮޅެއް ދުރުގައި ކަން ހިނގާ ގޮތް ބަލަން ހުރީމެވެ.

ރައީސް ލާމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ވަގުތު އިމޭޖްސް: މުޙައްމަދު ސަނީޙް

"މިއާ އަފޭންގެ ސެލްފީ ރައީސް އެއްނަން. އަދަ ޖެހޭޅަ ކޮންމެހެންވިސް ސެލްފީއެއް ނަގައިލެވޭތޯ ބަލާން (ވަޑައިގަތީ ސެލްފީ ރައީސް އެއްނު. މިއަދު ކޮންމެހެންވެސް ސެލްފީއެއް ނެގޭތޯ ބަލަން ޖެހޭނެ.)" ރައީސް ސަލާމް ކުރަމުން ދިޔަ ސަފުގެ ތަންކޮޅެއް ފަހަތުގައި ހުރި މީހަކު ބުނި އަޑު އިވުނެވެ.

ހަމަ ރަނގަޅަށްވެސް ސެލްފީ ރައީސެވެ. ރައީސް ޞާލިޙަށް މަރުޙަބާ ދެންނެވުމަށް މުޅި މަގު ފުރާލާފައި އޮތްއިރު، ރައީސް އާ ސަލާމްކުރި ހަމަ ކޮންމެ ދެ މީހަކުން އެކަކު ރައީސް އާއެކު ސެލްފީއެއް ނަގަން ބޭނުންވެއެވެ. މިއަދު ވިއްސަކަށް މިނެޓް ވަންދެން ކައްދޫގައި ރައީސް އެއްވެފައިތިބި މީހުންނާ ސަލާމްކުރިއިރު، މީގެ ތެރެއިން ރައީސް އާއެކު ސެލްފީއެއް ނުނަގާ މީހަކު މަދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ސެލްފީ ކުމާރު

  2. ޔަގީންކަމެކޭ

    ޖޭޕީން ނެރޭ ކެންޑިޑޭޓުން 87 ދާއިރާ އަށް ނެރެފިނަމަ އެމްޑީޕީ އަށް ވާނެ ވަރަށް ބޮޑު ގެއްލުމެއް ސަބަބަކީ ގާސިމް އިބްރާހިމް އަކީ އޭނާ ކުރާ ކަމެއް ގަޔާވެގެން ވަރަށް އެގްރެސިވް ކޮށް ކުރާ މީހަކަށް ވާތީވެ އެމްޑީޕީ މިފަހަރު މަޖްލީސް އިންތިޚާބުގައި ފެއިލްވާނެ ކަމަށް ޕްރެޑިކްޝަންސް ތަކުން ދައްކަނީ ސަބަބަކީ އެމްޑީޕީގެ ޕްރައިމަރީގައި ހޮވުނު މީހުންނަކީ އެއީ އާންމުންގެ ތާއީދު ތިބި މީހުންނޫނޭ މާލެ ދާއިރާ އަށް ހޮވުނު ބޯދިގޭ މެންނަށް ނުދޭނެ ބަޔަކު ވޯޓެއް އެއީ

  3. އަދުރޭ

    ރައީސް އަކީ ރަމްޒީ މީހެއް. އާންމުންގެ ތެރެއަށް ދައްކާފައިވާ މޫނެއް. ބާރުތައް އޮތީ އެހެން މީހެއްގެ އަތްމަތީގައި. އެކަން އެއްބަސްވުމަށް އިހްތިރާމް ނުކުރުމުން އެނގޭ.