ފިލްމީ ތަރިންނާއި، ކުޅިވަރު ކުޅުންތެރިން އަދި އެހެނިހެންވެސް ސެލެބްރިޓީންގެ މެދުގައި ރާއްޖެއަކީ މަޤުބޫލު މަންޒިލެކެވެ. ސަބަބަކީ، މީސްކޮޅު މަދުވުމާއި، ބޭނުންވާ ޕްރައިވަސީ އެމީހުންނަށް ލިބުމެވެ. ޕަޕަރާޒީންނާއި ސަޕޯޓަރުންގެ އުނދަގުލުން، ވަގުތުކޮޅަކަށް އެކަހެރިވެ، ހަމަހިމޭންކަމާއެކު ހޭދަކޮށްލުމެވެ. އެހެންކަމުން، މިފަދަ ތަރިން، މީހުން ދިރިއުޅޭ ރަށްތަކަށް ދިއުމަކީ އެއްގޮތަކަށްވެސް ކޮށް އުޅޭ ކަމެއް ނޫނެވެ.

އެހެންނަމަވެސް، ހޮލީވުޑުގެ މަޝްހޫރު ފަންނާނު އަދި ވިޔަފާރީގައިވެސް ކުރިއަރަމުން އަންނަ ލިންޒީ ލޮހާން މުޅިން ތަފާތެވެ. އަގުބޮޑު ރިސޯޓެއްގައި، އެހެން މީހެއްގެ އުނދަގުލެއް ނެތި، ހަމައެކަނި އިންސްޓްގަރަމް އަށް ފޮޓޯކޮޅު އަޅައިގެން ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި އޭނާ ކުރީ މުޅިން ތަފާތު ކަމެކެވެ.

ލިންޒީ އާއި އޭނާގެ ކޮއްކޮ އަލިއާނާ ލޮހާން ވަނީ އެމީހުންގެ ޗުއްޓީގެ ތެރެއިން އެއް ދުވަހަކު، ބ. ދޮންފަނަށް ޒިޔާރަތް ކޮށްފައެވެ. އެރަށަށް ޒިޔާރަތް ކޮށް އެމީހުން ވަނީ އެރަށުގެ ދިވެހިވަންތަ ދިރިއުޅުން ނުވަތަ ޖަޒީރާ ދިރިއުޅުން މުޅި ދުނިޔެއަށް ހިއްސާ ކޮށްފައެވެ.

https://www.instagram.com/p/BtBcPedhmJl/

ދޮންފަނުގައި ހޭދަކުރި ވަގުތުތަކުގެ ތެރެއިން އެމީހުން ނަގާފައި އެތައް ފޮޓޯއެއް، އިންސްޓަގްރަމް ގައި އެކި ގޮތްގޮތަށް ހިއްސާކޮށްފައިވެއެވެ. ދޮންފަނު ސްކޫލާއި، ގެއެއްގެ ތެރޭގައި ރޯނުގައި އަންނައުނު ހިއްކަން އަޅާފައިވާ މަންޒަރު އިންސްޓަގްރަމް އަށް ދޫކޮށްލާފައިވެއެވެ.

https://www.instagram.com/p/BtB162ej3aE/

ހަމައެހެންމެ، އެރަށުގެ ބައެއް ތަންތަނުގައި، އެކަނި އަދި އެރަށު ކުދިންނާއެކު ނަގާފައިވާ ފޮޓޯތައްވެސް އިންސްޓްގްރަމް ގައި ހިއްސާ ކޮށްފައިވެއެވެ.

https://www.instagram.com/p/BtBTu8vj8Vv/

ދިވެހިވަންތަ ހިތްގައިމު ދިރިއުޅުން އެމީހުން ތަޖުރިބާ ކޮށްލީ، ޕަޕަރާޒީންގެ އުނދަގުލެއްވެސް ނެތިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނުރަބޯ

    ޖަޒީރާ ދިރިއުޅުމެއްނޯންނާނެއެވެ. އޮންނާނީ ދިވެހިންގެ ދިވެހިވަންތަ ދިރިއުޅުމެވެ. ދިވެހިރާއްޖެ އަށް ނިސްބަތް ކޮށް ޖަޒީރާރާއްޖެއޭ ކިޔުމަކީ “ދިވެހިރާއްޖެ” މިރީތި އަދި އަމިއްލަ ނަމަށް ކުރެވޭ ބޭއިންސާފެކެވެ. ވީމާ އެމްޑީޕީގެ އިސްމީހުންނާ މެންބަރުން އެއީ ޖަޒީރާ ރާއްޖޭގެ ޖަޒީރިއަނުން ނަށް ވިޔަސް ދިވެހިންނަކާ އެކަމަކާ ނުބެހެއެވެ.

  2. މާލަސް

    މިއީ ދިވެހިންގެ އަޤީދާ ބަލިކަށިކޮށްލުމަށް ވަރަށްބޮޑަށް ރޭވިގެން ހިންގާ ޖަރީމާއެއް. އޮރިޔާން ހާލުގައި ޣައިރު މުސްލިމުން ދިވެހިންގެ ގެ ތަކުގައި އުޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. މިއީ ބަޔަކު މީހުން ރާވައިގެން ދިވެހިން ލާދީނީ ކަންކަން ތަޢާރަފުކުރުމަށް ހިންގާ ކަމެއް. މިފަދަ އަމަލުތަކުގެ ސަބަބުން ގެ ތަކުގެ ހުރުމަތް ކެނޑި، ނައިޓް ކުލަބުތަކާއި އެއް ދަރަޖައަށް ގެ ތަކުގެ ހާލަތު ބަދަލުވެދާނެ.

    • ގަމާރުމޯލްޑިވިއަން

      ސައުދީ އަށްދޭ.މީ އަލަށްތަ.ރާއްޖޭގެ ރަށްތަކށް ޓޫރިސްޓުން ދާ ތާ ވީ އަހަރެއް އެނގޭތަ

  3. މުހައްމަދު

    ހޫން އަދިވަރަށް ކަމުދާނެ އޮރިޔާމުން ތިބެވޭނަމަ އޭރުން އަދި މާޖަޒީރާވަންތަވާނެ ރަށްފުށުގެ ތަރަށްގީ ގެވާހަކަ ހުއްޓުވާފަ ވައްކަންކުރަންފަސޭހަވާނެތާ ޖަޒީރާގެ އަޑުގަދަ ކޮށްލިވަރަކަށް ނޫނޭވާ މަކަރާހީލަތް އެބަހުރި ވަގުންގެ ދެންވެސް ބޮނޑިބަތްކޭމީހުންތިބޭތި އަތްޖަހަން މިހާރު މިދަނީ އަނެއްކާ 1980 ގައި ރާއްޖެ އޮތްހިސާބަށް ނާތަހުޒީބުގެތެރެޔަށް ސިޓީގެ ލަގަބުދީފަ ޖަޒީރާވަންތަކުރުން ހެހެހޭ

  4. އި

    އެމީހުންގެ ހިތުގަވާ އެއްޗެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. މާތްﷲ އަޅަމެން އަބަދުވެސް ރައްކާތެރިކޮށްދެއްވަވާށި އާމީން

    • ބޭބީ

      މާތްﷲ ދެނެވޮޑިގެންވާނީ ހިތްތަކުގައި ވާއެއްޗެއް. ކަލޭގެ ދެލޯނެތީތަ އެމީހުން ރޯއޮރިޔާމާ ދިވެހިންގެ އަޤީދާ ހަލާކުކުރަން ދިވެހން ތެރެއަށް ވަދެގެން ދާތަނެއް. ހާދަ ޖާހިލޭ އަދިވެސް މިދިވެހިން.

      • އި

        ކީއްވެ ޖާހިލަށްތިގޮވަނީ ހުދު އަޅުގަނޑު އުޅެނީ މޫނު ވެސް ފަރުދާކޮށްގެން. މާތްﷲ ހަޒުރަތަށްދުޢާ ކުރެވޭނީ ރައްކާތެރިކަމަށް އެންމެހާނުބައިކަމަކުން. އަލްހަމްދު ލިﷲ މާޝާﷲ ދެލޯ އެބަހުރި

  5. ނަގޫރޯޅި

    ބައެއްގެ އެދުމަކައް އެއްދުވަހުގެ ދައްކާލުމެއް، އެކަމުވެސް ސުކުރިއްޔާ. ހަގީގަތަކީ ކިރިޔާ ލިބޭމީހަކުވެސް ރާއްޖެއަންނަނީ ތިކަހަލަ ޗުއްޓީއެއް ހަދާކައްނޫން. ރިސޯޓު ދޫކޮއް ޖަޒީރާ ރައްތަކުގަ ޗުއްޓީ ހޭދަކުރަން އަންނަނީ ލާރިނެތް މީހުން، ރިސޯޓައްދާނެ ފެންވަރުނެތީމަ.