މިއީ އަހަރެން ކުރު ޗުއްޓީއެއްގައި ރަށަށް (އައްޑޫ ސިޓީ) އަށް ގޮސް ހުއްޓާ ދިމާވި ހާދިސާއެކެވެ. އަހަރެން މި ވާހަކަ ކިޔާދޭން ބޭނުންވަނީ ޖިންނިންނަކީ އިންސާނުން ފަދައިން އުޅޭ އެއްޗަކަށްވެފައި، ބައެއް މީހުން އެކަން ޤަބޫލުނުކޮށް ޖޯކު ޖަހަމުން އަންނާތީ، އެ މީހުންނަށް އެކަން ހާމަކޮށްދިނުމަށެވެ. އެއީ އަހަރެންގެ ހަމަލޮލަށް އެ ބިރުވެރި މަންޒަރު ފެނިފައިވާތީއެވެ.

އެއީ މިދިޔަ ސެޕްޓެމްބަރު މަސް ތެރެއެވެ. އަހަންނާއި އަހަރެންގެ އަނބިމީހާގެ ކޮއްކޮ އެރޭ އެކެއްވެސް ޖެހި ފަހުން މަރަދޫއާއި ދިމާލަށް ސައިކަލުގައި ދިޔައީ އެއްޗެއް ބަލައެވެ. އަހަރެންގެ ގެ ހުންނަނީ މަރަދޫގައެވެ. އަހަރެންގެ އަނބިމީހާގެ ގެ ހުންނަނީ ހިތަދޫގައެވެ.

އަހަންނާއި ކޮއްކޮއާއި ދެމީހުން އެއްކޮށް ބަލައިދިޔަ އެއްޗެއް ހިފައިގެން އެނބުރި ހިތަދޫ އާއި ދިމާލަށް މިސްރާބު ޖަހައިގެން ދުއްވާފައި ދިޔައީ އޮލަ ވާހަކައެއްގައި ތިބެގެންނެވެ. އެރޭ ސައިކަލް ދުއްވަން އިނީ ކޮއްކޮއެވެ. ލިންކް ރޯޑަކީ މާބޮޑު އަލިކަމެއް އޮންނަ ތަނެއް ނޫނެވެ. ނަަމަވެސް ހަނދުވަރު ދީފައިވުމުން މަގުމަތި ކޮންމެވެސް ވަރަކަށް ފެންނަ ވަރުވެެއެވެ. އަހަރެމެން ދެމީހުން ވާހަކައިގައި ތިއްބާ ކުއްލިއަކަށް ހަންކެނޑެ ބުރިޖާއި ދިމާލުން ކަޅުކުލައިގެ އެއްޗެއް އަންނަތަން އަހަންނަށް ފެނުނެވެ. ފުރަތަމަ އަހަރެން ހީކުރީވެސް އެއީ ބުރިޖުމަތިން ހުރަސްކޮށްފައި ދިޔަ މީހެއް ކަމަށެވެ.

އަހަންނަށް އެ މީހާ ފެނުމުން، އަހަރެން ކޮއްކޮ ކައިރިންވެސް ކުރިމަތިން އެ އަންނަ މީހާ ފެނެތޯ ސުވާލުކޮށް ހެދީމެވެ. އޭނާވެސް އެމީހާ ފެންނަ ކަމަށް ބުނުމުން އެކަމާއި މާބޮޑު ފަރުވާލެއް ނުބަހައްޓާ ކުރިއަށްދަނިކޮށް ކުއްލިއަކަށް އެ މީހާ ގެއްލުނީއެވެ. އޭނާ ފެނުނީ ބުރިޖުގެ މެދެއްހާ ހިސާބުންކަމުން، އަހަރެމެން ހުރަސްކޮށްފައި ނޫނީ އޭނާއަށް ދެވޭނެ އިތުރު މަގެއް ނުވެސް ނެތްއިރުއެވެ. ހަދާނެގޮތް ހުސްވެ އަހަރެމެން ދެމީހުންވެސް ބިރުން "ފިއްކަނޑައިގެން" ނުގޮސް ތިބީ ކިރިޔާއެވެ. ލޯކުރިމަތިން ފެނުނު އެމަންޒަރަކީ ހަޤީޤަތެއް ނަމަވެސް އެކަން ޤަބޫލުކުރަން އަހަރެމެންނަށް ވީ ދަތިކަމަކަށެވެ.

ޔަގީނުންވެސް ކުރިމަތިން މީހެއްގެ ސިފައިގައި ހުރި އެއްޗެއް އައިތަން އަހަރެމެން ދެމީހުންވެސް ދެކުނީމެވެ. ވިދުވަރެއްހެން އެ އެއްޗެއް ގެއްލުނުތަން ފެނުނީ ކޮއްކޮ އާއި އަހަންނާއި ދެމީހުންނަށެވެ. އެހެންކަމުން އެއީ ހީވި ހީވުމެއްކަމުގައި ވެސް ނިންމޭކަށް ނެތެވެ.

ބިރުގަނެފައި ހުރިވަރުން ކޮއްކޮ އެވަގުތު ސައިކަލު ދުއްވާލީ ބާރަށެވެ. ފަހަތް އެނބުރި ބަލާލުމެއް ނެތި، ނުރައްކަލެއް ކުރިމަތިނުވެ ސަލާމަތް ވެވިދާނޭ ކަމުގެ މާބޮޑު އުންމީދެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް ނަސީބު ނިޔާކުރިގޮތުން ރަށަށް އައި މަގުމަތީގައި އިތުރު ނުރައްކަލަކާއި ކުރިމައްޗެއް ނުވެއެވެ.

ގެއަށް ދެވުމާއި އެކު އަހަރެމެން އެ ވާހަކަ އާއިލާގެ އެހެން މީހުންނާއި ޙިއްސާ ކުރީމެވެ. އެކަމަކީ އާކަމެއް ނޫންކަމާއި އެއީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ ކަމެއް ކަމުގައިވާއިރު، ފަޅު ރަށްތެރެއިން ދަންވަރުގެ ވަގުތުތަކުގައި ދަތުރުކުރާ މީހުންނަށް ޖިންނީންގެ ފަރާތުން ގޯނާލިބި ޖިންނި މޮޔަވުންފަދަ ހާދިސާތައް ކުރިން ހިނގާފައިވާ ކަން އަހަރެމެންނަށް އެނގުނީ އެމީހުންގެ ފަރާތުންނެވެ. އޭގެ ފަހުން ދަންވަރުވުމުން ފަޅުރަށް ހުރަސްކޮށް ލިންކުރޯޑުން ދަތުރުކުރާ އަހަރެން ފިސާރި ބިރުގަނެއެވެ. އަހަންނަށް ދިމާވިފަދަ ކަންކަން އަހަރެން ދަންނަ އެހެން ބައެއް މީހުނަށްވެސް ދިމާވެފައިވުމުން، އެ ސަރަޙައްދުގައި ހިނގަމުން ދަނީ ނާމާން ކަމެއްކަން އަހަންނަށް ޔަޤީން ކުރެވޭތީއެވެ.

ބައެއް މީހުން ބުނާގޮތުގައި، މީގެ އަހަރުތަކެއް ކުރިން ހަންކެނޑެ ބުރިޖާއި ދިމާލުގައި މީހަކު ވަނީ ދަންޖައްސާ އިހާނެތި ގޮތަކަށް މަރާލެވިފައެވެ. އޭގެ ފަހުން އެ ސަރަހައްދުން ގޮތްނޭގޭ އެއްޗެއް، ނުވަތަ ޖިންނިއެއް ފެންނަ ކަމަށް އަޑު ފެތުރިފައި ވެއެވެ. ހަންކެޑެ ބުރިޖު ހުންނަނީ ގާތްގަނޑަކަށް އެ ފަޅުރަށް ފެށޭ ހިސާބުން މަރަދޫ އާއިވީކޮޅުގައެވެ. އެ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ އެކްސިޑެންޓުތައްވެސް ހިނގާފައިވާ ސަރަޙައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފުނަމާ

    ބުރިޖުމަތިންފެނުނީ ވެރިކަންކުރި އަނިޔާވެރި ޖައްބާރުވެރިޔެއް.

    17
    88
    • ފެހެންދޫ މީހާ

      ސޯލިހު ވާހަކަ ދޯ ތިިބުނީ

      89
      37
      • ހަހަހަ

        ސޯލިހަށްވުރެ ބޮޑަށް ވައްތަރުވެދާނެ އަންނި ކިޔާ ބެއްޔާއާއި.

        88
        23
  2. ލއިޓް

    އެހެންވީމާ ލައިޓް

    41
    2
  3. ސަރާ

    ޢެހެންވީމަ ސައިކަލުގަ ނަމަ ވެސް ދަތުރަށްފަށާއިރު ދަތުރު ދުޢާ ކިޔުމާ ގެއިިން ނުކުންނައިރު ކިޔާ ދުޢާވެސް ކިޔަންވީ އެއީވެސް އުޅޭ އެއްޗެއް ކުއްލިޔަކަށް ފެނި ގެއްލުމުން ނޫނީ ކުއްލިިި ޔަކަށް ކުރިމަތިިން ހުރަސް ކެނޑުމުން ލިބޭ ސިހުމުގަ ވެސް އެކްސިޑެންޓް ވެދާނެ ކޮންމެހެންމީހަކުދަންޖައްސާފަ ހުރެގެން ވާކަމެއް ނޫންކަން ނޭގެ އެއެއްޗެތި އުޅެނީކީ

    148
    2
    • އެނޫނަސް

      ނުބައިވެގެންވީ ކަންކަން ކުރުން ގިނަވާ ވަރަކަށް ނާމާންވެ، އެތަކެތި އަތްގަދަ ކުރާނެ އެވެ. މަޖުބޫރީ ޙާލަތެއްގައި ނޫނީ ދަންވަރު ފަޅު ހިސާބުތަކަށް ދިއުން ރަނގަޅެއް ނޫނެވެ. ދަންވަރަކީ ނިދާފައި ތިބެންޖެހޭ ވަގުތެވެ. ތިބުނިހެން ގެއިން ނިކުންނަ އިރު ކިޔާ ދުޢާ އާއި ދަތުރު ދުޢާ ކިޔާނަމަ، ރައްކާތެރިކަން ލިބޭނެ އެވެ.

      92
      2
  4. ވާހިދު

    ރޫހާނީ އެއްޗެއް ފެންނާނީ ކޮންމެވެސް ހަކަލަ ގުޅުމެއް ހުރީމަ. އެހެން ނޫންނަމަ ނުފެންނާނެ ރޫހާނީ އެއްޗެއް އޭގެ އަސްލު ސޫރައިގަ ފެނިއްޖެ މީހަކު ހޭވެރިކަން ހުރުމަކީ ނާދީރު ކަމެއް. ރައްކާތެރި ފިޔަވަޅު އެޅުން އަވަސްކުރޭ! އެއީ އެކަމަށް ހާއްސަ ކުރެވިގެންވާ ޒިކުރު.

    78
    3
  5. ކކކކ

    އާޔަތުލް ކުރްސި، އިޚްލާޤް ފަލަޤް ނާސް. ހެނދުނާ ހަވރުގެ ޒިކުރުތަށް. މީ އައްޑަނަ.

    64
  6. އަޒީމް

    އަހަރެން މިރޭ (12-09-2019 ހުކުރުވިލެރޭ) މިލިޔުން ކިއުމުގެ 50 މިނެޓު ކުރީން ހަންކެޑެ ފުއްޓަރުފަރާތު މަސް ބާނަން އުޅެފަ. އެތަނަށް ދިޔައީ 18:00 އެބުރި އައީ 23:00 ޖެހިއިރު. ނަމަވެސް އެއްވެސ ކަމެއްގެ ހިލަމެއްވެސް ނުވޭ. ނަމަވެސް މީގެ 2005 ވަނަ އަހަރު އަހަރެން އެއްރޭ މީހަކު ހިތަދޫއިން މަރަދުއަށް ސައިކަލުގަ ލާދޭން ދިޔައީމެވެ. އަހަރެން އޭނަ ބާލާފަ އެބުރި ހިތަދުއަށް ދާން އެކަނި 20ކިލޯމީޓަރު ބާރުމިނުގަ ލަވައެއް ކިޔަމުން ދީފައޮތް މިލަހަދުވަރުގެ ހިތްގަމުކަމުން ހިންހަމަޖައްސަމުން ދުއްވާފަ ހަންކެޑެ ބުރިޖުމަތީން ފެބުނު އިރު ފެނުނު މިހަކު އަހަރެންގެ ވައަތްފަރާތުން ގަސްތައްކާރިން ހިތަދޫ އާއިވީކޮޅަށް ގޮސްގޮސް ހުރިހެން. ހިތައް އެރީ އެމީހާ ގޮވައިގެންނޭ ދާނީ. އަބުރާލާފަ ގޮސް އެމީހާ ފެނުނު ހިސާބު ބެލީމެވެ. ނމަވެސް މީހެއްގެ ހިލަމެއްވެސް ނެތެވެ. ދެން ހީކުރެވުނީ އެއީވީ ހީއެއްކަމަށް. ދެން ދުއްވާފަ އަންނަނިކޮށް އާރޭފު ސަރަހައްދުން މަގުގެ ކާރިން ވަލުތެރެއިން ވަރުގަދަ ބޮޑުބޮމެއް ގޮއްވާލި ބާރު އަޑުފައްގަޑެއް އިވުނު ނަމަވެސް އަހަރެން ހީކުރީ ރައްޓެހިންތަކެއް އަހަރެން އަންނަތަން ފެނިގެނ ފިލާތިބެ އަޑެއްގޮއްވާލީކަމަށެވެ. އޭގެ ފަހުދުވަހު ރައްޓެއްސެއްކާރީ މިވާހަކަ ކިޔަދިނުމުން އޭނައަށްވެސް އެކަހަޒާތުގެ ކަމެއް އެއްދުވަހަކު ދިމާވިކަމަށެވެ. ރޭގަނޑު އެކަނި އެހެން ނުދުއްވުމަށް އޭނަބުނި.

    34
    2
  7. އާދަނު

    ފުރަތަމަ ފުރިހަމަ މުސްލިމަކަށް ވުމަށް ޖިންނި ސައިތާނުން ނަކީ އުޅޭ ބައެއްކަން ގަބޫލު ކުރަން ޖެހޭ

    58
    3
  8. ޙަސަން

    ޥަރައް ރީތި ކުރު ވާހަކަ އެއް

    6
    4
  9. ސަޅި

    ޢިބްރަތް ހާސިލު ކުރުން ރަގަޅު ވާހަކައެއް. ބޮޑެތި ޖަރީމާތައް ހިންގާފަ ހުންނަ ތަންތަން ނާމާންވާނެ. އެހިސާބުގައި ރަގަޅު ޖިންނިއެއް ނޫޅޭނެ.

    10
  10. އެންޒި

    ކީކޭ ދެންބުނާނީ.... ތި މާބޮޑު ކަމެެއްނޫނޭ.. ރާއްޖޭ ބައެއް މީހުންނަށް ތިފަދަ ކޮންމެ ކަމަކީ ދެން ވަރަށް ބޮޑުކަމެއް!!! އަހަރުމެން ތި އެއްޗެހި ދައްކާ މަންޒަރު ތަކައް މާ ބޮޑަށް އަޅާލާތީ މައްސަލަޔަކީ... އަހަރެން ގެ ހަޔާތުގަ ވެސް އެބަހުރި ވަރަށް ގާތުން ވެސް ތިފަދަ އެއްޗެހި ފެނިފަ. އަޅައެއް ނުލަން މާ ބޮޑުކަމަކަށް ހަދާގެން ނުވެސް ދައްކަން.. ދުވަހަކުވެސް ގޯނާއެއް ގެެއްލުމެއް ނެތް ދީފަކައެއް..

    3
    6
  11. ޣަދަ

    މި އާޓިކަލް ވަގުތުގަ މާކުރިންވެސް އިން. ސިނަމާލެ ބްރިޖް މަތިން ކުއްޖަކު ފެނުނޭ ކީ ދުވަސްވަރު މި އާޓިކަލް އަހަރެން ވަގުތު ނޫހުން ކީން. އަނެއްކާ ކީއްވެ ހަމަ ސޭމް އާޓިކްލް ޑޭޓް ޗޭންޖް ކޮށްފަ. ލިޔާނެ އެއްޗެއް ނުލިބުނީތަ؟

    6
    2
  12. ަލީ

    އެ ވާނީ ފަތަން ގޮސް ހުރި މީހަކަށް. ދެފަރާތުން އެއޮތީ މޫދު. ޖަންޕެއް ޖެހީމަ ތި ދެމީހުނަށް ހިވީ ގޮތް. ބުރިޖަކީ ޖިންނި ޝައިތާނުން ހުރަށްކުރާ އެއްޗެއް ނުން. އެއށްވުރެން މާ ސަޅިތަންތަން އައްޑުގައި އެބަ ހުރި އެއެއްޗިހި ފޫހިފިލުވަން ދާން. އެހެން ނޫނަސް އެތާ ހުރިއެއްޗެއް ގެއްލުމުން މިމީހުނާ ކޮންކަމެއް.

    1
    3
  13. Anonymous

    ބްރިޖް ފެށޭ ކޮޅާއި ނިމޭ ކޮޅުގައި ދުއާ /ގުރުުާާާާން ޕޯސްޓަރެއް ހަރުކުރުން ބުއްދި..ނޫނީ ގެއިން ނިކުންނމު ކިޔާ ދުއާ ކިޔުން ބުއްދިވެރި..ލައިޓް ހުރަން ފެނޭ