ދިރިއުޅުމުގެ މައިގަނޑު އަމާޒަކީ ފުދުންތެރިކަން އިތުރު ކުރުމެވެ. އަމިއްލަ ދިރިއުޅުން ތަނަވަސްކޮށް، އަތްމަތި ތަނަވަސްވުމަކީ އެންމެންގެވެސް އުންމީދެވެ. މަންޒިލަކީ ކޮންމެ ގޮތަކުންވިޔަސް ކާމިޔާބެވެ. ބުރަ މަސައްކަތްކޮށް، ލިބޭ ފައިސާކޮޅު ހޯދަނީ އަނބިދަރިންނަށް ކާންދިނުމަށެވެ. ލާނެ، އަންނާނެ ފޭރާން ހޯދުމަށެވެ.

ދުނިޔޭގައި ހީނުކުރާ ފަދަ ކަންކަމުން ވިޔަފާރިތައް ކާމިޔާބުވެފައިވެއެވެ. އެތަކެއް ބަޔަކު، އުނދަގޫ ހާލަތުން މަހުޖަނުންނަށް، ކުއްލިއަކަށްވެސްވެފައިވެއެވެ. މިއޮތީ މެކް ޑޮނަލްޑްސްގެ ވެއިޓަރުކަމުން، މިލިއަނަރަކަށްވުމަށް އިންޑިއާގެ ރުޕޭސް ތޯމަސް ކުރި މަސައްކަތުގެ ވާހަކައެވެ.

ރުޕޭސް ތޯމަސްގެ އުމުރުން 23 އަހަރުގައި އޭނާގެ އެކައުންޓުގައި ހުރި ޖުމްލަ ފައިސާގެ އަގަކީ 795 ޑޮލަރެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ އިންޑިއާގެ ކެރެލާ ސްޓޭޓުގައެވެ. މަސައްކަތް ކުރަމުންދިޔައީ މެކް ޑޮނަލްޑްސްގައެވެ. ގަޑިއިރަކަށް ޖެހެނީ 5.30 ޑޮލަރެވެ.

ރުޕޭސް ތޯމަސް އަދި އޭނާގެ އަންހެނުން އެލެކްސްއަކީ މިއަދު މިލިއަނަރުންނެވެ. ސިއްރަކީ "ޓުކް ޓުކް ޗައި"އެވެ. އިންޑިއާގެ ސައި، މުޅި ދުނިޔެއަށް އޭނާ ދައްކާލީއެވެ. މާ ބޮޑު މަސައްކަތަކެއް ކޮށްގެން ނޫނެނެވެ. އޭނާގެ ފެށުމަކަށްވީ، އިންޑިއާގެ މަގުމަތިން ކުރޮޅި ޑަރައިވަރުން ވިއްކަމުންދިޔަ ސައިތަށި، އެ ހުރި ހިސާބުން ގެންގޮސް ލަންޑަނާއި ޑުބާއީ ފަދަ ބޮޑެތި ގައުމުތަކުގެ ފިހާރަތަކަށް ވެއްދުމެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތިއާ ހަމައަށް އިންޑިއާގެ ޒަމާނީ، ރަހަމީރު "ޗައި" ފޯރު ކޮށްދިނުމަށް ރުޕޭސް ތޯމަސް އުފެއްދީ ބްރޭންޑެކެވެ. އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ "މާކެޓިން"އެވެ. ރުޕޭސް ތޯމަސްގެ އަންހެނުން އެލެކްސްއަކީ ނޯތު އިންޑިއާ މީހަކަށްވާ އިރު، އޭނާއަށް ސައުތު އިންޑިއާއިން ކަމުދިޔައީ "ޗައި"އެވެ.

"ޓުކް ޓުކް ޗައި"ގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް ދައްކައިދެނީ އިންޑިއާގެ ސަގާފީ ސިމްޕަލް ގޮތްގަނޑެވެ. އެ ބްރޭންޑަކީ މިހާރު މިލިއަން ޑޮލަރުގެ ބްރޭންޑެކެވެ. ކޮމްޕެނީއަކީ ދެ މިލިއަން ޑޮލަރަށްވުރެވެސް މަތިން އަގު ކުރެވޭ ކޮމްޕެނީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމް

    މާޝާﷲ