ޒަމާނަށް އައިސްފައިވާ ކުރިއެރުމާއި ތަރައްޤީއާއެކު ގިނަ ކުދިން މިހާރު ވިހަނީ ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް، ބައެއް އެހެން ސަބަބުތަކާ ގުޅިގެން އެހެން ތަންތަނުގައިވެސް ވިހައެވެ. މަގުތައްމައްޗާއި އެފަދަ އެހެން ތަންތަން އޭގެތެރޭގައި ހިމެނެއެވެ. މި އަންހެން މީހާ ވިހެއީ ލިފްޓެއްގެ ތެރޭގައެވެ - އެވެސް ހޮސްޕިޓަލެއްގެ ލިފްޓެވެ.

ސޭމް އަދި އޭނާގެ އަންހެނުން ޖެންނާގެ ދަރިފުޅު، ހޮސްޕިޓަލުގެ ލިފްޓުތެރޭގައި ވިހާފައިވަނީ ލޭބަރ ރޫމަށް ގެންދިޔަ މަގުމަތީގައެވެ. މިކަންވީ ގޮތް އެމީހުން ކިޔައިދީފައިވެއެވެ.

އުމުރުން 33 އަހަރުގެ ޖެންނާ، އިނގިރޭސިވިލާތުގެ ރޯޔަލް ސްޓޯކް ޔުނިވަރސިޓީ ހޮސްޕިޓަލަށް ގެންދިޔައިރު ދިޔައީ ވިހަންވެގެން ވަރަށް ގަދައަށް ބަނޑުގައި ރިއްސަމުންނެވެ. ހޮސްޕިޓަލުގެ ލޭބަރ ރޭމަށް ގެންދަވަން ވަރަށް އަވަހަށް މަސައްކަތް ކުރަން އޭނާ ލިފްޓަށް އެރުވިތާ، އޭނާ ވަނީ ވިހާފައެވެ. އެވަގުތު ވަރަށް ބިރުގަތްކަމަށްވެސް ސޭމް ބުނެފައިވެއެވެ. އެހެންނަމަވެސް، ވަރަށް އަވަހަށް ހޮސްޕިޓަލް މުވައްޒަފުން އައިސް ހަމައަކަށް އެޅުވިކަމަށް ބުނެފައިވެއެވެ.

އެމީހުން ހީކޮށްގެން ތިބީ އެމީހުންނަށް ލިބޭނީ ފިރިހެން ކުއްޖެއްކަމަށެވެ. އެހެންކަމުން، އެމީހުން ކުރިޔާލާ ހޯދީވެސް ފިރިހެން ނަމެކެވެ. އެހެންނަމަވެސް، ހީކުރި ގޮތާ ޚިލާފަށް އަންހެން ކުއްޖަކު ލިބުމުން އަންހެން ނަމެއް ހޯދަން އަވަސް ކުރަން ޖެހުނެވެ.

އެހެންކަމުން، އެމީހުން ނިންމީ ލިފްޓާ، ކުއްޖާގެ ނަމާ ގުޅުވާށެވެ. އެމީހުން ދިން ނަމަކީ އެއްލާ-ރައޭ އެވެ. އެއްލާ ގުޅުވާފައިވަނީ "އެލަވޭޓަރ" އާއެވެ. ރައޭ އަކީ ސޭމްގެ ކާފަގެ ނަމެވެ.

މި މަހުގެ އަށްވަނަ ދުވަހު އުފަންވި އެއްލާގެ ޞިއްޙަތުވެސް ވަރަށް ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހ

    މާޝާﷲ