ފިލްމު ޕޯސްޓަރުތަކަށް ޖެހުމަށް އިންޑިއާގައި ކިރު ވަގަަށް ނެގުން އާންމުވެ އިންޑިއާގެ ފުލުހުން މި މައްސަލަ ބަލަން ފަށައިފިއެވެ.

އިންޑިއާގެ ޓެމިލްނާޑޫގެ އެކި ހިސާބުތަކުގައި ފިލްމުތަކުގެ ނަސީބު ރަނގަޅު ކުރުމަށް ކަމަށް ބުނެ ދާދި ފަހުން ވަނީ ޖުމްލަ ދިހަ ހާސް ލީޓަރުގެ ކިރު ވަގަށް ނަގައިފިއެވެ. މިއީ އިންޑިއާގެ ޓެމިލް ނާޑޫގައި ވަރަށް އާންމުކޮށް ކޮށްއުޅޭ ކަމެކެވެ.

އެޤައުމުގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ބުދުތަކަށާއި ފިލްމު ޕޯސްޓަރުފަދަ ތަކެއްޗަށް ގެރީގެ ކިރު އެޅުމަކީ ނަސީބު އިތުރުވާ ކަމަށެވެ.

ފަހަކަށް އައިސް އިންޑިއާގެ ޓެމިލްނާޑޫގައި ކިރު ވަގަށް ނެގުން އިތުރުވެފައި ވަނީ މަޝްހޫރު ތަމަޅަ އެކްޓަރު ސިލަމްބަރަސަން، އޭނާގެ ފިލްމުގެ ވިޔަފާރި އިތުރު ކުރުމަށް، އެ ފިލްމުގެ ޕޯސްޓަރަށް ފީފާތައް ފުރައި ކިރު އެޅުމަށް އޭނާގެ ފޭނުންގެ ގާތުގައި އެދުމާ ގުޅިގެންނެވެ.

އޭނާގެ މި އެދުމާއިއެކު ދެ ދުވަހެއްގެ ތެރޭގައި ޓެމިލް ނާޑޫގެ އެކި ސަރަހައްދު ތަކުން ކިރު ވިއްކާ ފިހާރަތަކުން ޖުމްލަ ދިހަ ހާސް ލީޓަރަށް ވުރެ ގިނަ ކިރު ވަގަށް ނަގާފައިވާކަން ވަނީ ރިޕޯޓްކޮށްފައެވެ.

އިތުރަށް ކިރު ވަގަށް ނެގުމުގެ ކަންތައްތަކެއް ފިލްމު ރިލީޒް ކުރުމާ އެކު ހިގާފާނެ ކަމަށް ބެލެވޭތީ، ކިރު ވިއްކާ ފަރާތްތަކަށް ފުލުހުން ހިމާޔަތް ދިނުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އެވެސް ކިރު ވަގަށްނަގައިގެން.. ދެން ކިހާ ނަސީބު ރަނގަޅުވާނެ.. ގަމާރުވިޔަސް ގަމާރު ބައެއްމީ އިންޑިޔާމީ..

 2. ޖިންނި

  މިވަރުބަޔަކާއި ގުޅެން ސެކިއުލަރ އެމް ޑީ ޕީ މި އުޅެނީ

 3. ޢިންސާފް

  ޖާހިލު ގަމާރު ނާތަހުޒީބު ކަމެއް ހުރިޔާ އިންޑިޔާމީހޫން އެކަން ކުރާނެ ދެރައީ ރާއްޖޭގެ ބައެއް މީހުން އިންޑިޔާއައް އަޅުދާސްވެގެން އުޅޭތީ

 4. ހެހެ

  ގެރި އިންޑިއާ

 5. Anonymous

  ގެރި ކިރު ޖެހީމައެއްނޫނޭ ރަނގަޅީ. ގެރީގެ ކުޑަކަމުދާ ތަކެތި ޖަހަން ޖެހެނީ. އޮޅިގެން އެއުޅެނީ.