މިޔަރަކީ މޫދުގައި ދިރިއުޅޭ މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާއިލާ ބޮޑު އެއް ބާވަތެވެ. އިންސާނުންނަށް އަދި ހޯދިފައި ނުވާ އެތައް ބާވަތެއްގެ މިޔަރު އުޅޭކަމަށް ބެލެވޭއިރު، ހޯދިފައިވީނަމަވެސް، މިއިން ޒަމާނަކު މީހެއްގެ ލޮލަށް ނުފެންނަ އެތައް ބާވަތެއްގެ މިޔަރުވެސް އުޅެމުންދެއެވެ.

އެގޮތުން، އެތައް ދުވަހެއް ފަހުން، މިޔަރު އާއިލާގެ އެންމެ ތަފާތު އެއް މިޔަރު، ވަރަށް ފަހުން ވަނީ ފެނިފައެވެ. އެއީ ހަށިގަނޑުން މަޑިއަކާ ވައްތަރު ގޮތެއް ހުންނަ އެންޖަލް ޝާކް އެވެ.

ޒޫލޮޖިކަލް ސޮސައިޓީ އޮފް ލަންޑަން އިން އެތައް ދުވަހެއް ވަންދެން ކުރި މަސައްކަތުން މި މިޔަރު ފެނިފައިވަނީ އިނގިރޭސިވިލާތުގެ ވޭލްސްގެ ކައިރިންނެވެ. އެސަރަޙައްދުގައި އެންޖަލް ޝާކް އުޅޭކަމުގެ މައުލޫމާތު ދީފައިވަނީ އެސަރަޙައްދުގައި މަސްވެރިންކަން ކުރާ ފަރާތްތަކުންނެވެ.

މިޔަރުގެ އެންމެ ދުވަސްވީ އެއް ބާވަތަކީ އެންޖަލް ފިޝް ކަމަށްވާއިރު މިއީ ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްކަން ފާހަގަކޮށްލެވެއެވެ. ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މި ބާވަތުގެ މިޔަރު ދުނިޔެއިން ނެތި ދިއުމަކީ މުޅި މިޔަރުގެ ދަރިފަސްކޮޅަށްވެސް ލިބޭ ގެއްލުމަކަށް ނޫނީ ނުވާނެއެވެ.

ވޭލްސްގެ ކައިރިން މިޔަރު ފެނުނުކަމުގައިވިޔަސް، މިއީ އެސަރަޙައްދުގައި އުޅެމުންދާ މިޔަރެއްކަން އަދި އެނގިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނެޓު

  އަހަރުމެން ރަށު ފަޅުތެރޭގަ ވަރަށް ގިނައިން އުޅޭ އެއްޗެއްމީ

 2. މާމިގިލީ މީހާ

  ފ އަތުޅު ހިމިތީ ފަޅު ތެރޭގައި ބައިވަރު އުޅޭ ތިކަހަލަ މިޔަރު.

 3. ކާފަ

  މަޑިޔަކީވެސް މިޔަރު އާއިލާ

 4. ރާމީ

  ތިކަހަލަ މިޔަރު ބައިވަރު ފެނޭ މަމީ ފީނަށް އުޅޭ މީހެއް މޫދަށް ނުދާ ކުދިންނަށް ނުފެނި ދާނެ ފަހަރެއްގަ

 5. ތެދު

  ފ ހިމިތީގެ ރަށްޔިތުން ތި ހިމާޔަތް ކުރަން ޖެހޭ

  • ބުނަން

   ފ ހިމިތީ އަކީ ފަޅުރަށެއް

 6. ރާވެރިބެ

  މިހިރި ކޮމެންޓްތަށް ބަލާލީމާ ގަބޫލުކުރެވެނީ މީ ރާއްޖޭގައި ވަރަށް ގިނަ ބާވަތެއްކަން. ތިޔައިގެ ފޮޓޯގަނޑެއް ނަގާ "ލޮސް އެންޑް ފައުންޑް" ޖަހާ ސޯޝަލް މީޑިއާގައި ޝެއަރ ކޮށްލަންވީނު.