އިނގިރޭސިވިލާތުގެ ބީބީސީގައި މަސައްކަތް ކުރާ މަޝްހޫރު ޕްރެޒެންޓަރެއްގެ އޮޕަރޭޝަނެއް، އިމަޖެންސީކޮށް ރާއްޖޭގެ އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފިއެވެ. އޮޕަރޭޝަން ކޮށްފައިވަނީ ބީބީސީ5 ލައިވްގައި މަސައްކަތް ކުރާ ޒަންނާ ވެން ޑިޖިކްގެ އޮޕަރޭޝަނެކެވެ.

"ޑެއިލީ މެއިލް" އިން ބުނެފައިވާ ގޮތުން ޒަންނާ ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށެވެ. ވަރަށް ގިނަ ދުވަހު ރާއްޖޭގައި ހުރުމަށް އޭނާ އައިސްފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔައީ ނިޔާމަ ޕްރައިވެޓް އައިލެންޑްގައެވެ.

ފިޓްނަސްގެ ދާއިރާގައިވެސް ހަރަކާތްތެރިވާ ޒަންނާ އޭޑީކޭ އަށް ގެނެސް ފަރުވާ ދޭން ޖެހުނީ ބަނޑުގައި ރިއްސަން ފެށުމުންނެވެ. މި ހަފްތާގެ ކުރީކޮޅު އޭނާ އޭޑީކޭ އަށް ގެންގޮސްފައިވާއިރު، ޑޮކްޓަރުން ބެލުމަށްފަހު އެމަޖެންސީގައި ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

ޒަންނާގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އޮޕަރޭޝަން ކޮށްފައިވަނީ ވޮލްވިއުލަސް ނުވަތަ ގޮހޮރު ޓްވިސްޓުވުމުގެ ސަބަބުންނެވެ. އަދި އޮޕަރޭޝަނުގެ ތެރެއިން އޭނާގެ އެޕެންޑިކްސްވެސް ނެގިކަމަށް ހާމަކޮށްފައިވެއެވެ.

އިންސްޓްގަރްމް މެދުވެރިކޮށް އޭނާއަށް ދިމާވި ކަންތައްތައް ވަނީ ހިއްސާކޮށްފައެވެ. އޮޕަރޭޝަނުގެ ފަހުން ފެން ބޯން ނުދޭކަމަށާއި އަދި އެކަމުގެ ސަބަބުން ކަރުތެރެ ހީވަނީ ހަނަފަސް ސަހަރާއެއްހެންކަމަށްވެސް ބުނެފައިވެއެވެ. ހަފްތާއެއްގެ ތެރޭގައި ހިނގަން ހުއްދަ ލިބޭނެކަމަށާއި އަދި ދެ ހަފްތާގެ ތެރޭގައި އެނބުރި ޤައުމަށް ދެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، އެތައް ދުވަހެއް ވަންދެން ކަސްރަތާ ދުރުގައި ހުރުމަށް ޑޮކްޓަރު އަންގާފައިވާއިރު ދެ މަސް ދުވަހުގެ ޗުއްޓީވެސް ކުރުކޮށްލަން ޖެހިފައިވާކަމަށް ޒަންނާ ބުނެފައިވެއެވެ.

ޒަންނާއާއެކު މި ދުވަސްތައް ހޭދަކުރަމުން ދަނީ އޭނާގެ ބެސްޓް ފްރެންޑް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރެން

    އަހަރެން އޭޑީކޭ އަށް ދިޔައީ ދަތެއްގަ އަޅާފަ އިން ފުޓުނި ނެއްޓިގެން ދަތުގަ ފުޓުނި އަޅަންށެވެ. އަދި އެދަތުގެ ހިރުގަނޑު ކުޑަކޮށް ދުޅަވެގެންނެވެ. ޑޮކްޓަރުކައިރީގައި މިވެގެން އުޅޭގޮތް ބުނީމެވެ.ކޮސެލްޓޭޝަނަށްފަހު ޓޮކްޓަރުބުނީ ހުރިހާ ދަތެއްގަ މައްސަލަ އުޅަެކަމަށް. ފަނިކައިފަ ޔޯލަ. އަހަރެން ހައިރާންވެފަ ބުނީމެވެ. ތިހެނެއް ނުވާނެއޭ. ފެންނަފެނުމަށް ދަތްތަށް އަހަނަށް ފެންނަނީ ކުޑަކޮށް ކަޅު ރެދުލާފަ ހުރި ތަނެވެ. މިހާރު ފަރުވާ ނުކޮށްފިނަމަ ފަހުން ހުރިހާ ދަތެއްގެ ދުވަސް ދާނެކަމަށް ޑޮކްޓަރު ބުންޔެވެ. ދެން އަހަރެން ހަދާނެގޮތް ހުސްވެ ޓުރީޓްމަންޓް ނަގާދިނުމަށް އެދުނީމެވެ. 3000 ހާ ރުފީޔާ ޕޭކުރަން ޖެހުުނު ކަމުގައި ވިނަމަވެސް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ފަރުވާ ދޭންފެށުމާއެކު އަހަރެން މަރުވި ކަހަލަ އެވެ. ެެެެެެެެ އެޅިވޭނެއްގެ ސަބަބުންނެވެ. ގަދަފަދަ ކަމާއެކު ޓޮކްޓަރު ބެލީ އަވަސް ކުރެވޭތޯ އެވެ. އަހަރެން ރޯ ރުއިމަކަށް ފަރުވަލެއް ނުދީ އަވަސް ކުރެވެތޯއެވެ. ތަދުވެގެން ކެއް ނުކުރެވިގެން ތެދުވީމެވެ. ޑޮކްރުބުނީ އެތެރެ ހަލާކުވެފަ ހުރިލެއް ފުން ކަމުން ތަދުވަނީ ކަމަށެވެ. އަހަރެން ކެއް ކުރީމެވެ. 8 ދަތުގަ ފުޓުނި އެޅާ ނިމުމުނު އިރުމަފަކީރު ހަލާކުވެއްޖެއެވެ. އނގަޔަށް ހީވަނީއެއްޗެއް ލައްވާފަ އިންނަ ހެންނެވެ. އޭގެ އަނެއްދުވަހުދަތްތަކަށް ތަދުވާތީ ނުކެވެއެވެ. ނިދާ ހޭލާވަގުތު އެހާވޭން އަޅައެވެ. ރޭނގަޑު ރިއްސާތީ އިރުއިރު ކޮޅަކާ ހޭލެވެއެވެ. އަހަރެންގެނިކަމެތި ކަމުގެސަބަބުން އަހަރެން އިތުރަށް ޑޮކްޓަރަށް ނުދާން ނިންމާ ޕެއުންކިލާ އަކުން ފުއްދަލީމެވެ. ފަރުވާދިނުމަށްފަހު ހިރުގަނޑު ދުޅަވެފަ ހުރީމަ ބޭހެއް ދިނުމަށް އެދުމުން ޑޮކްޓަރު ބުނީ ދެތިން ދުވަހަކު ދަތް އުނގުޅާލީމަ ރަނގަޅު ވެދާނެކަަމަކށް. ތީކީ މައްސަލަ އެއް ނޫންކަމަށް.މެމޯ ހިފައިންގެން ނިކުމެގެން އައީމެވެ. އަހަރެން ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް މިތާ ނުބުނެވޭނެއެވެ. ދުވާލެއްގެ މައްޗަށް އެތަށް ޕޭޝުންޓެއް ބަލާ ފަރުވާދީ ޑޮކްޓަރު ހުންނަނީ ވަރުބަލި ވެފައެވެ. އހްލާސް ތެރިކަމެއް ނެތެވެ. އޯގާތެރި ހިދުމަތެއް ނުދެވެނީ ފައިސާގެ ދަހިވެތި ކަމުގައި ހަލާކުވެފަ ހުރީމަ އެވެ. ސިއްހީ ހިދުމަތުގެ ހާލެވެ. ކުރާނީ ކީއްހެއްޔެވެ. އަހަރުމެންނަށްޓަކައި އޮތީ ގިޔާމަތްދުވަހެވެ. އަނިޔާގެ ބަދަލު އެދުވަހުން އަހަރެން އެ ޖައްބާރު ރަހުމު ކުޑަ ޓޮކްރުގެ ކިބައިން ،އިންސާފުގެ މައިދާނުގައިބޭނުމެވެ. ޢަނިޔާގެ ބަދަލު ދުނިޔެމަތީގައިވެސް ހިފޭނެކަން ނޭނގެނީހެވެ. އަހަރެން މިއަދު ކާއެއްޗެއްގެ މީރުރަހަ މަހްރަުމްވިފަދައެވެ. ޙަރުއެކަޗެއްވެސް ނުކެވެއެވެ. މިއަށްވުރެ ބޮޑު އަނިޔާއެއް މީހަކަށް ނޭނގި ކިތަށް މިހުންނަށްދީފާނެބާއޭ ހިތަށް އަރަްެއެވެ.

  2. ނީރާ

    ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ މިހާރު އޭޑީކޭ ހޮސްޕިޓަލުގެ ދަތުގެ ކަންތައް ކުރަނީ ވަރަށް ފަރުވާ ކުޑަކޮށް އަވަހަށް މަސައްކަތް ނިންމަން ގަދަފަދަ ކަމާއެކު އެއްވެސް އޯގާތެރި ކަމެއް މިހާރު ނުޙުރޭ ލާރިޔާ ހެދި މޮޔަވެފަ ތިބެނި