އަންހެނުން ރޭޕު ކުރުމަކީ ވަރަށް ބޮޑު ޖަރީމާއެކެވެ. އެއީ ހުރިހާ އަންހެނުންނަށާއި މުޅި އިންސާނީ ދަރިފަސްކޮޅަށް ވެވޭ ނާއިންސާފެއްވެސްމެއެވެ. އެހެންނަމަވެސް، މިކަމުގެ އެތައް ވާހަކައެއް ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ދަނީ އިވެމުންނެވެ. އެގޮތުން، މިއީވެސް އެފަދަ ވާހަކައެކެވެ.

އެމެރިކާގެ މިސޫރީގައި އުޅެމުން ދިޔަ އަންހެނަކު ވަނީ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ރޭޕު ކޮށްފައެވެ.

އުމުރުން އެންމެ ދެ އަހަރުގެ ކުޑަ އަންހެނުން ކުއްޖެއްގެ ކުރިމަތީގައި އޭނާގެ މަންމަ ރޭޕު ކުރިއިރު، ފުލުހުން އެކަން ގަބޫލު ނުކުރެއެވެ. ފުލުހުން ބުނާގޮތުގައި މިއީ އަންހެން މީހާ ހަދަ ހަދައިގެން ދައްކާ ވާހަކައެކެވެ. އަދި މިއީ އެއްގޮތަކަށްވެސް އެކަމުގައި އަސްލެއް އޮތް ކަމެއް ނޫންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ހާތު ނަމަކަށް ކިޔާ މި އަންހެން މީހާ ރޭޕު ކުރި މީހުންނަށް ވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައެވެ. އެފަރާތްތަކަށް ލިބުނު މި ބާރުގެ ސަބަބުން އިތުރު އެހެން މީހަކު ރޭޕު ކޮށްފައިވެއެވެ. އެހެންނަމަވެސް، އެމައްސަލައިގައި އެމީހުން ބެދި، އެމީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ ދުވަސްކޮޅެއްފަހުން ހާތަށް މިކަން ކުރިމަތިނަމަވެސް، އޭނާ ރޭޕު ކުރުމުގައި ބައިވެރިވި މީހުންގެ މައްޗަށް ކުރެވުނު ދެވަނަ ރޭޕުގެ ތުހުމަތާއެކު އޭނާއަށްވެސް ވަނީ އިންސާފު ލިބިގެން ގޮސްފައެވެ.

އެހެންނަމަވެސް، ފުލުހުންގެ ފަރާތުން އެމީހުން މައްސަލަ ނުބެލުމުން އެއްވެސް މީހަކު މަޢާފަށް އެދިފައި ނުވާކަމަށް ހާތު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެ

    މިގައުމުގަ ވެސް ޕޮލިހުން ހަދަނީ ތިހެން

  2. ދދދ

    މިގައުމުގަ ވެސް ޕޮލިހުން ހަދަނީ ތިހެން

  3. މުޙައްމަދު އަޙުމަދު

    އެމެރިކާ އާއި އިންޑިއާ ނަމޫނާއަކަށް ބަލާ ގައުމެއްގެ ފުލުހުން ހަދާ ްްްްްްްްްވާ ެެސް އެހެން ދޯ؟ނީ