ކަނޑު އަޑީގައި ފީނާ މީހުން ބޮޑަށް އަޅައިގަންނަ ތަނަކަށް ބަހްރައިން ހެދުމަށް އެ ޤައުމުގެ ކަނޑުއަޑީގެ 100،000 އަކަފޫޓުގެ ސަރަހައްދެއްގައި ޕާކެއް އެޅުމަށް ނިންމައިފިއެވެ.

މި ޕާކު ބިނާ ކުރުމަށް އެ ޤައުމުން ވަނީ ދިގުމިނުގައި 70 މީޓަރު ހުރި މަތިންދާ ބޯޓެއް އެ ސަރަހައްދުގެ ކަނޑު އަޑިއަށް ފައްތާފައެވެ. މި މަސައްކަތް ކުރެވެމުން ދަނީ އެ ޤައުމުގެ ސުޕްރީމް ކައުންސިލް ފޯ އެންވައިރޮންމެންޓް އާއި ބަހްރެއިން ޓޫރިޒަމް އެންޑް އެކްސްހިބިޝަން އޮތޯރިޓީ (ބީ.ޓީ.އީ.އޭ) އާއި ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެންނެވެ.

ބަހްރެއިންގެ ނޫސްތަކުން ހާމަކުރާ ގޮތުގައި މި ޕާކުގައި ޕަރލް މަރޗެންޓް ހައުސްގެ އިތުރުން މަސްނޫއީ މުރަކައާއި އަރޓް ސްކްލަޕްޗަރސް ވެސް ހިމެނިގެން ދާނެއެވެ. އަދި ހޫނު މޫސުން އައުމުގެ ކުރިން މި ޕާކް އެއްކޮށް ފުރިހަމަކޮށް ނިމޭނެ ކަމަށްވެސް ނޫސްތަކުން ހާމަކުރެއެވެ.

މި ޕާކް އުފެއްދުމަށް މަސައްކަތް ކުރާ މީހުން ބުނެފައި ވަނީ މިއީ ވަރަށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އުފައްދާ ތަނެއްކަމަށާއި، މަސައްކަތުގެ ސަބަބުން ކަނޑުއަޑީގެ ދިރުންތައް ޕްރޮމޯޓް ވެގެން ދާނެ ކަމަށެވެ.

މެރިން ސްޕެޝަލިސްޓް އެއް އަދި މެރިން އިކޮލޮޖީ އިން ޕީއެޗްޑީ ނަންގަވާފައިވާ އެޑްރިއަނަ ހިއުމޭންސް ވިދާޅުވެފައި ވަނީ މަސްނޫއީ މުރަކައިން ތިމާވެއްޓަށް އަސަރު ނުކޮށް ނުދާނޭ ކަމަށެވެ.

" މިހާރު ބޮޑަށް ތަޢާރަފުވެފައި ވަނީ މަސްނޫއީ މުރަކަ، ފަތުރުވެރިންނަށް ބޮޑަށް ޒިޔާރަތް ކުރަނީވެސް މިފަދަ ސަރަހައްދުތަކަށް" ހިއުމޭންސް ބުނެފައި ވެއެވެ.

އަދި ހަމައެހެންމެ ފަތުރުވެރިންނަށް އެންމެ ރައްކާތެރި ސަރަހައްދު ތަކަށްވެސް ވެފައި ވަނީ މިފަދަ ސަރަހައްދުތަކެވެ.

ބަހްރެއިންގެ ޓޫރިޒަމް އެންޑް އެކްސްހިބިޝަން އޭޖެންސީ އިން ބުނެފައި ވަނީ އެއަރ ކްރާފްޓް ކަނޑު އަޑިއަށް ފައްތާފައި ވަނީ އެ ފުރިހަމައަށް ތައްޔާރު ކުރުމަށްފަހުގައި ކަމަށެވެ. ބަހްރެއިން އިން މީގެ ކުރިންވެސް ވަނީ އެއަރ ކްރާފްޓް ކަނޑުއަޑިއަށް ފައްތާފައެވެ.

ކިޔުންތެރިންގެ ހިޔާލު