ރޮބީ ގަރެވާލް ޑައިރެކްޓްކޮށްފައިވާ ފިލްމު ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ)ގެ ޓީޒާ ޓްރެއިލާ އާންމުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ވަނީ އެ ފިލްމުގެ ޓީޒާ ވަނީ ޔޫޓިއުބްގައި އާންމުކޮށްފައެވެ. މިފިލްމުގެ ލީޑް ބަތަލް ޖޯން އަބްރަހަމް ފެނިގެން ދާނީ ޖާސޫސް ކުރާ އޭޖެންޓެއްގެ ގޮތުގައެވެ. ވަރަށް އަނިޔާވެރި މަންޒަރުތަކެއް ދައްކުވައިދޭ މި ފިލްމުގެ ޓީޒާ ޓްރެއިލާ ވަނީ ގިނަ ބެލުންތެރިންގެ ޝައުގުވެރިކަން ވެސް ހޯދާފައެވެ.

"ރޯ" ގެ ޓީޒާ އަށް ކޮމެންޓްކުރި ބައެއް ފިލްމަށް ފާޑުކިޔާ މީހުން ބުނަނީ އެ ފިލްމަކީ ވަރަށް ކަމުދާ ފިލްމަކަށް ވާނެ ކަމަށެވެ. އަދި ޖޯން ގެ ކޮންމެ ފިލްމަކުން އޭނާގެ ތަފާތުކަން ދައްކަމުން އަންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުނައެެވެ.

މި ފިލްމުގައި ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ މޯނީ ރޯއީއެވެ.

ޖެކީ ޝްރޮފް، ސުޗިތުރާ ކްރިޝްނަމުރްތީ އަދި ސިކަންދަރު ކޭރް ފަދަ ތަރިން ނަކީ ވެސް މި ފިލޮމުން ފެނިގެން ދާނެ ތަރިންނެވެ.

މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.