ބައެއް މީހުންނަށް ކިތަންމެ ގިނައިން ޗުއްޓީ ލިބުނުކަމުގައިވިޔަސް، އެއިން ނުފުދޭނެއެވެ. ހަފްތާ ބަންދު ދެ ދުވަހުން ނުފުދޭ އެތައް ބައެއް އުޅެމުންދެއެވެ. ހަފްތާ ބަންދަށް ފަހު އެނބުރި މަސައްކަތަށް ނިކުންނަންވުމުން ޝަކުވާ ކުރާ އެތައް ބަޔަކުވެސް އުޅެއެވެ.

އެހެންނަމަވެސް، އެފަރާތްތަކަށް އުފާވެރި ޚަބަރެއް ލިބެން އުޅޭކަހަލަ އަޑުތަކެއް ދަނީ އިވެމުންނެވެ. ސަބަބަކީ ދުނިޔޭގެ ބާރުގަދަ ބަޔަކު މި ވާހަކަ ދައްކަމުން ދިއުމުންނެވެ. އެއީ ވޯލްޑް އިކޮނޮމިކް ފޯރަމުގެ ތެރެއިން އެކި ޤައުމުތަކުގެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންނާއި ސޯސިއޯލޮޖިސްޓުން އަދި ސައިކޯލޮޖިސްޓުން މި ވާހަކަ ދައްކާފައިވާތީއެވެ.

ފޯރަމުގެ ތެރެއިން ވާހަކަ ދައްކާފައިވާ ސައިކޮލޮޖިސްޓެއްކަމުގައިވާ އެޑަމް ގްރެންޓް ބުނެފައިވާ ގޮތުން ގިނަ ދިރާސާތަކުންނާއި އެކްސްޕެރިމެންޓްތަކުގެ ހާމަވެފައިވަނީ، މަސައްކަތް ކުރާ ވަގުތު މަދުވެއްޖެކަމުގައިވާނަމަ ކަންކަމަށް ސަމާލުކަން ދިނުން އިތުރުވެ، އުފެއްދުންތެރިކަން އިތުރުވެގެންދާކަމުގައެވެ.

އެޑަމް ގްރެންޓްގެ ވާހަކަތަކަށް، އިކޮނޮމިސްޓް އަދި ތާރީޚު އިލްމުވެރިޔާ ރަޓްގާ ބްރެގްމަން ވަނީ ތާއީދު ކޮށްފައެވެ. އޭނާ ބުނެފައިވަނީ ކުރީ ޒަމާންތަކުގައި ވިސްނާފައިވަނީ ވީހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތް ކޮށް، ރަނގަޅަށް މަސައްކަތް ނިންމުމަށްކަމަށެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމަށް ހުށަހެޅި ބައެއް ދިރާސާ ކަރުދާސްތަކުގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތުގެ މާހައުލުގެ ސްޓްރެސް ދަށްވެ، މަސައްކަތުން ލިބޭ ހިތްހަމަޖުން، މަދު ވަގުތުކޮޅެއްގައި މަސައްކަތް ކޮށްގެން ލިބޭނެއެވެ. ފޯރަމުގައި ފާހަގަކޮށްފައިވަނީ ތިން ދުވަހު އަރާމުކޮށް، ހަތަރު ދުވަހު މަސައްކަތް ކުރުމަށެވެ.

މިހެން މި ވާހަކަ ދެކެވުނަސް، މިކަން ހަގީގަތަކަށް ވާނީ ސަރުކާރުތަކުން މިކަން ކުރަން އެއްބަސްވެގެންނެވެ. ނުވަތަ ކުންފުނިތަކުން މިކަމަށް އިޖާބަ ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސެންތާރާ

  ތީދެން އަހަރުމެންނަށްވެސް ގަބޫލުކުރެވޭނެ ކަމެއްނޫން.

 2. ޝިއޫ

  ރާއްޖޭގައި ރަސްމީގަޑި 8 ގަޑިއަށް ( ހެދުނު 7ން ހަވީރު 3ށް ) ހަދާފަ ހުކުރު ، ހޮނިހިރު ، އާދީއްތަ ބަންދުކުރަން ފެނޭ!

  • ޝާއި

   ތިއީ ވަރަށް ރަގަނޅު ހިޔާލެއް..

 3. Nishy

  ތިންދުވަހު މަސައްކަތްކޮށްފަ، ހަތަރުދުވަހު އަރާމްކުރީމަ ރަގަޅުވާނެ?

 4. މަގޭ ޚިޔާލު

  މަށަށް ފެންނަނީ މުވައްޒަފުންގެ މުސާރަ ތަންކޮޅެއް ކުޑަކޮށްލާފައި އެ ކުޑަ ކޮށްލި މުސާރައަށް އެހެން އިތުރު މުވައްޒަފުން ނަގަން. ދެން މަސައްކަތް ހަމަ ހަމަކޮށް ބަހާލާފަ މަސައްކަތު ވަގުތު ކުޑަ ކޮށްލީމާ ހުރިހާ މުވައްޒަފުންނަށްވެސް އަމިއްލަ މަސައްކަތްކުރަން އިތުރު ފުރުސަތު ލިބި ގައުމީ އުފެއްދުންތެރިކަން އިތުރުވާނެ. އޭރުން ޓެކްސް ފައިސާގެ ގޮތުގައިވެސް ދައުލަތަށް ޑަބަލް ފައިސާ ވަންނާނެ. އަދި މުވައްޒަފުންނަށްވެސް އަމިއްލަ މަސައްކަތުން ފުދޭވަރެއްގެ އާމްދަނީއެއް ލިބޭނެ.

 5. އުނބު

  ދިވެހި ރާއްޖޭގެ ރިސޯޓު ތަކުގައި އުޅޭ މުވައްޒިފުން އުޅެނީ ހަފްތާއަކު އެއްދުވަސް ނުލިބިގެން ގިނަފަހަރައް.

 6. Anonymous

  އަރާމުކުރަކަށް ނޫން މިތާ މިއުޅެނީ. މީ ދާދި މަދު ދުވަސއކޮޅެެއް. ޢާހިރަތައް ރެޑީވެ ދުނިޔެއަށް އައި މަގުސަދު ހާސިލުކުރަން. މީ މާތާއޫދުކުރާކަމެއްނޫން.

 7. Anonymous

  ކުރަންޖެހޭ މަސައްކަޔްތަކަށް އެޖަށީގެންބާ މިންވަރަށް ވަގުތުނުލިބިގެން އުޅޭއިރުވެސް ކަމެއްނުކޮށް އަރާމުކުރަންތަ އަދިވެސް ވީ. ޢެއްގޮތަކުން ރަނގަޅު. ޢާއިލާއަށް ވަގުތު ލިބޭނެ ދޯ ބޮޑަށް މިހެން ހެދީމަ