މޭރީ ޖީން 2016 ވަނަ އަހަރު ވަޒީފާ އިން ވަކިކުރީ ޖެހިޖެހިގެން ހަ އާދިތައިގައި ގަޑިއަށް ވަޒީފާ އަށް ނުނިކުމެގެންނެވެ. އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ މިއާމީގެ ހޮޓަލެއްގައެވެ. އުމުރުން މިހާރު 60 އަހަރު ވެފައިވާ މޭރީ އަބަދުވެސް ގަބޫލު ކުރަނީ އަޅުކަންކޮށް ހެޔޮ އަމަލު ކުރުމުގައި ދެމި ހުންނަނަމަ އެކަމުގެ ބަދަލު ކޮންމެވެސް ދުވަހަކުން ލިބޭނެއެވެ.

ހޮޓަލްގެ ވަޒީފާ ގެއްލުނީ އޭނާ އަޅުކަން ކުރަން އާދީއްތަ ދުވަހު ދާން ޖެހުމުންނެވެ. ވަޒީފާ ގެއްލުމުން ދެން އޭނާ މަސައްކަތް ކުރަމުން އައީ ޖަނަވާރުން ފެން ވަރުވާ ސާފުކޮށްދޭ ތަނެއްގައެވެ. ނަމަވެސް އޭނާ ވަނީ އޭނާ ކުރިން ވަޒީފާ އިން އަދާކުރި ހޮޓަލާއި ދެކޮޅަށް ދައުވާ އުފުލާފައެވެ.

މޭރީ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ އިއްޔެ ވަނީ އޭނާ އާއި އެއްކޮޅަށް ނިމިފައެވެ. އިއްޔެ ކޯޓުން ޙުކުމް ކުރީ މޭރީ ވަޒީފާ އިން ވަކިކޮށްފައި ވަނީ 1964 ވަނަ އަހަރުން ފެށިގެން އެމެރިކާގައި އަމަލު ކުރަމުން އަންނަ މަދަނީ ޙައްޤުތަކުގެ ޤާނޫނާއި ހިލާފަށް ކަމަށެވެ.

އެހެންކަމުން މަދަނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 21 މިލިއަން ޑޮލަރު މޭރީ އަށް ދިނުމަށާއި ވަޒީފާ އިން ވަކި ކުރި ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް މުސާރައިގެ ގޮތުގައި 35000 ޑޮލަރު ދިނުމަށާއި އަދި ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 500000 ޑޮލަރު ދިނުމަށް ކޯޓުން ވަނީ ހޮޓަލުގެ މައްޗަށް ޙުކުމް ކޮށްފައެވެ.

މޭރީ ވަޒީފާ އަދާކުރަމުން ގެންދިޔައީ މަޝްހޫރު ހިލްޓަން ގްރޫޕުން ހިންގަމުން އައި ހޮޓަލެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖޭމްސް ބޮންޑް

  ފިލްމެއް ހަދަން ފެންނަނީ ތި ކަމައް ހޮލީވުޑުން

 2. އެނގޭތަ

  ހިލްޓަން މީހުންނަށް ހުންނާނީ ރާކަނި މަސް ކެވިފަ. ކުޑަވެސް ބުއްދިއެއް ހުރިމީހަކު ނަމަ އެނގޭނެ އެއްވެސް މުވައްޒަފަކު ގަސްތުގައި ގަޑިނުޖެހޭނެ ކަމާއި، ކޮންމެ ހަފްތާއަކު އެއްދުވަހެއްގައި ކަމެއް ތަކުރާރު ވުމުގެ ސަބަބެއް އޮންނާނެކަން. އެ ސަބަބަށް ނުބަލައި އެ މުވައްޒަފުގެ ޒާތީ ދިރިއުޅުމަށް އިހްތިރާމް ނުކުރުމުގެ ނަތީޖާ ތިޔަ ފެނުނީ. ގިވް ރެސްޕެކްޓް އެންޑް ގެޓް ރެސްޕެކްޓް. ހިލްޓަން

  • ސީދިބޭ

   އެގޭނތަ. ހާދައަވަހަކަށް ތިޔަ ރާކަނި މަސްކާންދިނީ. އަނެއްކާ ކުޅިކޮށް ހަދާފަތަ

 3. އަތޮޅޭ

  މޭރީ ޖީން ހުސްކޮށްތޯ ބަލާލަންބޭނުން.... މަވަރަށް ލައިކްވޭ މޭރީއާ ކޮންމެހެން ޑޮލަރު ބޮޑިއަކަށް ނޫން މަމިއުޅެނީ މުސްކުޅިވީމަ އެޑޮލަރުތަށް ބަލަހައްޓާދޭން