އެމެރިކާގެ އަންހެނެއް ކަމަށްވާ ވިންޑީ ވިލްސަން އަށް އެހެން އަންހެނުން ތަޖުރިބާ ނުކުރާ މުޅިން ތަފާތު ކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ޓެކްސަސްގައި ދިރިއުޅެމުން އަންނަ ވިންޑީ ބަލިވެ އިންތާ ގިނަ ދުވަހެއް ނުވެ އޭނާގެ ބަނޑުގައި އޮތީ އެއްމާބަނޑު ދެކުދިންކަން އެނގިއްޖެއެވެ. އެކުދިން ވިހާނެ ދުވަހަކަށް ވިންޑީގެ ދެމަފިރިން ދިޔައީ ވަަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ވިންޑީގެ ބަނޑުގައި ރިއްސައިގަތީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ޒެއިދު ވްމެންސް ހެލްތު ސެންޓަރަށް ގޮސް ވިންޑީ ދެއްކުމުން މާގިނަ އިރެއް ނުވެ ވިހައިފިއެވެ. ނަމަވެސް ވިހެއީ އެންމެ ކުއްޖެކެވެ. އާއްމު ގޮތެއްގައި އެއްމާބަނޑު ހުރިހާ ކުދިން ވެސް މިނެޓް ކޮޅެއްގެ ތެރޭގައި އުފަންވި ނަމަވެސް ވިންޑީއަށް ތަޖުރިބާ ކުރަން ޖެހުނީ ތަފާތު ކަމެކެވެ.

ވިންޑީގެ ފުރަތަމަ ދަރިފުޅަށް ދިން ނަމަކީ އެލިޔާނާ ވިލްސަން އެވެ. އެލިޔާނާ އުފަންވި ފަހުން ވެސް ދެވަނަ ކުއްޖާ އުފަން ނުވުމުން ވިންޑީ ބޭނުންވީ ސިޒޭރިއަން ހަދާށެވެ. ނަމަވެސް ޑޮކްޓަރުން ލަފާ ދިނީ ދެވަނަ ކުއްޖާ ވެސް ވިހަންދެން ބާއްވާށެވެ.

"ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އަހަރެންގެ ހިތުތެރޭގައި އޮތް. އެއީ މިފަދަ ކަމެއް މީހަކަށް ދިމާވި ވާހަކައެއް ވެސް އަހަރެންނަށް އަޑުއިވިފައި ނުވުމުން." ވިންޑީ ބުންޏެވެ.

ވިންޑީ ދެން ބަނޑުގައި ރިއްސައިގަނެ ވިހާފައި ވަނީ ފުރަތަމަ ދަރިފުޅު އުފަންވިތާ ބަރާބަރު ހަފްތާއެއްވީ ދުވަހު އެވެ. ދެވަނަ ދަރިފުޅަށް ދިން ނަމަކީ ޖެވެލީނާ ވިލްސަން އެވެ.

ވިންޑީއަށް ލިބުނީ އެއްމާބަނޑު ދެއަންހެން ކުދިންނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް އެކުދިން އެކަކު އަނެކަކާއި ހިއްސާ ކުރި ނަމަވެސް އުފަން ދުވަހު އެއް ދުވަހެއްގައި ފާހަގަ ކުރުމުގެ ނަސީބެއް އެކުދިންނަކަށް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ތީ އެއްވެސް ކަމެއް ނޫނެއްނު. މިރަށުގައި އެއްކުއްޖަކު ވިހޭތާ އެއްދުވަސް ފަހުން އަނެއް ކުއްޖަކު ވިހެއީ

    • އާދަނު

      ތީގައި ނެތެއްނު މޮޅުކަމެއް. މިރަށުގައި ކުއްޖާ ވިހޭތާ ބައިގަޑީއިރު ފަހުން ވިހޭ ބޭބީ އަނެއްކާ ވިހެއީ. ހަގަޑިއިރު ނުވާ ކުޑަކުއްޖަކު ވިހޭ ވާހަކަ މިކިޔަނީ.

  2. ާައަލީ

    މިރަކިއުލަސް އިންސިޑެންޓް