އާދަޔާ ޚިލާފު ސައިޒުތަކަށް ހުންނަ އެއްޗެއްސަށް އަބަދުވެސް ސަމާލުކަން ލިބިއެވެ. ވަކީން ޚާއްޞަކޮށް، އާއްމު ސައިޒަށްވުރެ ދެތިން ގުނައެއް ސައިޒު ބޮޑެތި އެއްޗެއްސަށް އެތައް ބައެއްގެ ސަމާލުކަން ލިބޭގޮތްވިއެވެ. ހަމަ އެބީދައިން މި ކެބެޖަށްވެސް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ.

އުމުރުން އެންމެ ނުވަ އަހަރުގެ ލިލީ ރިއެސް ވަނީ އޭނާގެ ގޭގެ ގޯތިތެރޭގައި ބޮޑު ކެބެޖެއް ނުވަތަ ބޮނޑި ކޮޕީ ގަހެއް ހައްދާފައެވެ. އާއްމުކޮށް ފިހާރަތަކުން ގަންނަން ލިބޭވަރަށްވުރެ އެތައް ގުނައެއް ބޮޑު މި ކެބެޖަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ.

އެމެރިކާއަށް އުފަން، އެޤައުމުގެ ސްކޫލެއްގައި ތައުލީމު ޙާޞިލު ކުރަމުންދާ ލިލީ މި ކެބެޖު ހައްދާފައިވަނީ އޭނާ ގްރޭޑް ތިނެއްގައި ކިޔަވަމުންދިޔައިރު ފެށި ޕްރޮގުރާމެއްގެ ތެރެއިންނެވެ. އެއީ ދަރިވަރުން ތަރުކާރީ ހެއްދުމުގެ ޕްރޮގުރާމެކެވެ.

ލިލީގެ މަންމަ، މެގަން ރިއެސް ބުނި ގޮތުގައި މިއީ އެހާ ބޮޑުވެދާނެ ކެބެޖެއްކަމަށް އެމީހުން އެއްވެސް މިންވަރަކަށް އުންމީދު ނުކުރެއެވެ. އެހެންނަމަވެސް، ބަލަން ތިއްބާ ފެނުނީ ހަމަ ކުއްލި އަކަށް ބޮޑުވަމުން، ބޮޑުވަމުން ދިޔަ މަންޒަރުކަމަށް އޭނާ ބުންޏެވެ.

މި ކެބެޖު ލިލީގެ އާއިލާއަށް އެއްކޮށް ނުކެވުމުން ބާކީ ބައި ދިނީ މުސަޅަށެވެ. މި ޕްރޮގުރާމުގައި މިހާ ބޮޑު ކެބެޖެއް ހެއްދުމުން އިނާމެއްގެ ގޮތުން އޭނާއަށް ވަނީ 1000 އެމެރިކާ ޑޮލަރު ލިބިފައެވެ. އެއީ 15،500 ދިވެހި ރުފިޔާއެވެ.

ލިލީ ބުނި ގޮތުގައި މި ކެބެޖު ހެއްދުމަށް ވަކި ޚާއްޞަކަމެއްވެސް ނުކުރެއެވެ. ތަފާތު ވައްތަރުގެ ގަސްކާނާ މީހުން ބޭނުން ކުރިކަމުގައިވެސް، އޭނާ އެކަން ކޮށްފައި ނުވެއެވެ. ކުރިހާވެސް ކަމަކީ އެކަށީގެންވާވަރަށް ފެން އެޅުމާއި، އިރުގެ އަލި، ރަނގަޅަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާބަސް

    މުސަޅައް ދިނީ ގާތް އަވައްޓެރިޔަކަށް ދިންނަމަ ސާބަސް

  2. ދޮންބެ

    ކަލޭމެން ތީ ބޯ ގޯސް ބައެއް

  3. ލޮޑަރު

    15.50 ގެ ރޭޓް ގަ ދޯ ޑޮލަރު މާރުކުރީ