ނުވަ ކިލޯމީޓަރުގެ ދިގު ރާސްތާއެއްގައި، ކޮނޑުމަތީގައި އުފުލައިގެން އުމުރުން ދުވަސްވީ މީހަކު ކްލިނިކާ ހަމައަށް ގެންގޮސްފިއެވެ. ހިތްވަރުގަދަ ބަޔަކު ވެގެން މިކަން ކޮށްފައިވަނީ، އަވަށްޓެރި އިންޑިޔާގެ އިރުއިތުރު ސަރަޙައްދުގައި ސްނޯވއިން މަގުތައް ފުރާލާފައިވާ ސަރަޙައްދެއްގައެވެ.

އިންޑިޔާގެ ހިމާޝަލް ޕްރަދޭޝްގައި މިކަން ހިނގާފައިވާއިރު ސްނޯވގެ ސަބަބުން އެސަރަޙައްދުގެ ބައެއް އަވަށްތަކުގެ މަގުތަކުގައި ވެހިކަލްތައް ދުއްވުމަށްވަނީ ނުކުޅެދިފައެވެ. އެހެންކަމުން، އެމްބިއުލާންސްތަކަށްވެސް ތަންތަނަށް ދިއުން ވަނީ އުނދަގޫވެފައެވެ.

"އޭޝިއަން ނިއުސް އިންޓަނޭޝަނަލް" އިން ބުނެފައިވާ ގޮތުގައި ނުވަ ކިލޯމީޓަރުގެ ރާސްތާއެއްގައި އުފުލައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ބަލި މީހަކީ އުމުރުން 70 އަހަރުގެ މީހެކެވެ. އިއްޔެ، އެމީހާ ކްލިނިކަކާ ހަމައަށް ލަކުޑިން ހަދާފައިވާ އައްޓެއްގެ މަތީގައި ބާއްވައިގެން ގެންގޮސްފައިވާއިރު، ބަލީގެ ސަބަބުން އެމީހާއަށް ހިނގާ އުޅެން ވަނީ ދަތިވެފައެވެ.

އެސަރަޙައްދުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި މަގުތަކުން ސްނޯވ ކަހާ، ކުރިއަށް އޮތް ތިން ދުވަހެއްގެ ތެރޭގައި މަގުތަކުން މީހުންނަށް ދަތުރުކުރެވޭވަރު ކުރާނެއެވެ. އަދި ވަކިން، އެކަހެރިކޮށް ހުންނަ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލިކޮޕްޓަރުތައްވެސް ތައްޔާރީ ޙާލަތަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.