އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މަނީޝާ ކޮރިއަލާއަށް ކެންސަރު ޖެހުނީ 2012 ވަނަ އަހަރުއެވެ. އޭނާއަށް ޖެހުނީ ރަހިމުގެ ކެންސަރެވެ.

ކެންސަރު ބަލީގާ ދުވަސްތައް ހޭދަކޮށް، މިހާރު އޭނާ ވަނީ ބަލިން ސަލާމަތްވެފައެެވެ. ބަލިން ސަލާމަތްވުމަށްފަހު އޭނާ ވަނީ ކެންސަރު ބަލި ހުންނަ މީހުންނަށް ހާއްސަ ނަސޭހަތެއް ދީފައެވެ.

މަނީޝާ ބުނީ، ކެންސަރާ ގުޅޭގޮތުން ވާހަކަދެއްކުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކެންސަރު ބަލި އޭނާގެ ގާތަށް އައީ ޓީޗަރެއް ގޮތަށްކަމަށާއި، އޭނައަށް ރަނގަޅު ފިލާވަޅުތަކެއް ނަގައިދިން ކަމަށެވެ. އެގޮތުން ސިއްހަތުގެ މުހިންމު ކަމާއި ސިއްހަތަށް ބަލަން ޖެހޭކަމާއި، ސިއްހަތް ރަނގަޅު ނޫންނަމަ، ދިރިއުޅުމުގައި މަޖާ ނުކުރެވޭނެކަން އެނގިގެން ދިޔަކަމަށްވެސް ބުންޏެވެ.

އެހެންކަމުން އެންމެ މުހިންމުކަމެއްގެ ގޮތުގައި، ސިއްހަތަށް ބެލުމަށް އޭނާ ވަނީ ނަސޭހަތްދީފައެވެ.

އިތުރަށް މަނީޝާ ބުނިގޮތުގައި، އެ ބަލީގެ ސަބަބުން މީހާގެ ވިސްނުމަށް ބަދަލުތަކެއް އަންނަ ކަމަށެވެ. އަދި ބަލިވެ އުޅުނު ދުވަސްވަރު، ކެންސަރު ބަލިން ރަނގަޅުވެފައިވާ މީހުންގެ ވާހަކަތައް ބަލާ ހަދާކަަން އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުނބުޅި

    އެވަރުންވެސް ބުރުގަލެއް ނޭޅިއެއްނު؟

    • ނައިސް

      100 ކައިގެ ކޮމެންޓެއް. (-:

    • Anonymous

      ކަލެޔަށް ކިޔެއްތަ ވަނީ އޭނަ ބުރުގާ ނޭޅިއްޔާ.