ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި އޭނާގެ އަނބިމީހާ ވިކްޓޯރިއާ ބެކަމް ކުދިންނާއި އެކު ދިރިއުޅެމުން އަންނަ ގެ މީޑިއާގެ ސަމާލުކަމަށް އައިސް އެގެއާއި ބެހޭ ބައެއް މައުލޫމާތުތައް މީޑިއާ އިން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ހުޅަނގުގައި ހުންނަ މިގެއަކީ 31.5 މިލިއަން ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ 642 މިލިއަން ރުފިޔާ) ގެ އަގުހުރި ގެއެކެވެ.

ބެކަމްގެ ދެމަފިރިންނަށް ލިބިފައިވާ އުމުރުން ހަތްއަހަރުގެ ހާޕާ އާއި 13 އަހަރުގެ ރޯމިއޯ އާއި 16 އަހަރުގެ ކްރޫޒް އަދި 19 އަހަރުގެ ބްރޫކްލީން ވެސް ދިރިއުޅެމުން އަންނަނީ މިގޭގައެވެ.

ޑޭވިޑް ބެކަމް ދިރިއުޅެމުން އަންނަ ގެ
ޑޭވިޑް ބެކަމް ދިރިއުޅެމުން އަންނަ ގެ

ބެކަމްގެ ދެމަފިރިން މިގެ ގަނެފައި ވަނީ 2013 ވަނަ އަހަރު އެވެ. ގެ ގަތުމަށް ފަހު މަރާމާތުތައް ކޮށް ބައެއް ބޮޑެތި ބަދަލުތައް ގެންނަން އަށް މިލިއަން ޕައުންޑް (163 މިލިއަން ރުފިޔާ) ހޭދަކުރި ކަމަށް ވެއެވެ.

ހަ ކޮޓަރި ހިމެނޭ ގޭގައި ޖިމަކާއި ސިނަމާއެއް ވެސް އެބަހުއްޓެވެ. ގޭގައި ހުރި ފަރުނީޗަރާއި ބަދިގޭގައި ބޭނުން ކުރާ ހިފައި ގެންގުޅޭ ސާމާނުގެ އަގު ވެސް ގުނަން ޖެހެނީ އެތައް ހާސް ޕައުންޑަކުންނެވެ. ހަމައެކަނި ކޮފީ މެޝިންގެ އަގު ވެސް 2700 ޕައުންޑަށް އަރައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ބައިލައްކަ ރުފިޔާ އެވެ.

ޑޭވިޑް ބެކަމް އާއިލާ ދިރިއުޅެމުން އަންނަ ގޭގައި ނަގާފައިވާ ބައެއް ފޮޓޯ
ޑޭވިޑް ބެކަމް އާއިލާ ދިރިއުޅެމުން އަންނަ ގޭގައި ނަގާފައިވާ ބައެއް ފޮޓޯ

ވިކްޓޯރިއާ އާއި ބެކަމް އެންގޭޖްވީ 1998 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. ދެމީހުން ކައިވެނި ކުރީ 1999 ވަނަ އަހަރުގެ ޖުލައި 04 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮފުބާ

    އެންމެ ފަހުން އެބުރި ދިއުންވަނީ އެކަލާންގެ ހަޒްރަތަށް

    5
    1
  2. ހަމަ

    ކިތައްމެ އަގުބޮޑު ގެއެއްގައި އުޅުނަސް ހަމަ މަރުވާނެ...

    3
    1
  3. ރަށްދު9

    ނުބަލާނެދޯ ލީގުތަކުގަޖެހީ ކިތަށް ގޯލްކަމެއް

  4. ބެކަމް

    ކައްވަޅުގަ އެކަނި، އަނދިރީގަ، އެންމެ ނިކަމެތި މީހާ އާއި

    އެއްތަނެއްގަ

    7
    1