ފުޅާމިނުގައި 820 ފޫޓް ހުރި ގިނި ހިލައެއް މާދަމާ ދުނިޔެ ހުރަސް ކުރާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

2013 ވަނަ އަހަރު ހޯދި މި ގިނި ހިލަ މާދާމާގެ ވަގުތެއްގައި ގަޑިއަކު 36,000 މޭލު ބާރު މިނުގައި ދުނިޔެ ހުރަސް ކުރާ އިރު، މި ގިނި ހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ނާސާއިން ބުނެއެވެ.

މި ގިނި ހިލަ ދަރުކުރާނީ ދުނިޔެއާއި 4 މިލިއަން ކިލޯމީޓަރު ދުރުންނެވެ. މި ގިނަހިލައިގެ ސަބަބުން ދުނިޔެއަށް އެއްވެސް ގެއްލުމެއް ނުލިބޭނޭކަމަށް، ސައިންސްވެރިން ބުނެފައިވެއެވެ.

މި ގިނި ހިލަ ދުނިޔެއާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު ދުނިޔޭގެ ދިރުންތަށް ނެތިކޮށްލާ ވަރުގެ ބޮޑު ގިނިހިލައެއް ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އޮންނަނީ ކޮންމެ 10،000 އަހަރުން އެއް ފަހަރުއެވެ.

ޖައްވުން އަންނަ މިފަދަ ބޮޑެތި ގިނިލިހަތަށް ދުނިޔެއަށް ވެއްޓެނީ އާންމު ގޮތެއްގައި 50 އާއި 60 މިލިއަން އަހަރާއި ދެމެދުގެ މުއްދަތެއްގައެވެ. ސައިންސްވެރިން ބުނީ މިފަދަ ގިނި ހިލައެއް ކައިރިވާކަން އެނގިއްޖެ ނަމަ އިންޒާރު ދޭން އޮންނާނީ އެންމެ 22 މަސް ކަމަށެވެ.

ނާސާއިން ނުރައްކާތެރި ގިނިހިލައިގެ ގޮތުގައި ލޭބަލް ކުރަނީ ބޮޑުމިނުގައި 459 ފޫޓަށް ހުންނަ ގިނިހިލަތަކެވެ. އެއަށްވުރެ ކުޑަ ގިނިހިލައެއް ދުނިޔެއަށް ވެއްޓުނަސް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ނުލިބޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެންމެ ފަހުން މިފަދަ ބޮޑު ގިނި ހިލައެއް ވެއްޓިފައި ވަނީ މީގެ 66 މިލިއަން އަހަރު ކުރިންނެވެ. އެފަހަރު ދުނިޔެއިން ސާރު (ޑައިނަސޯގެ) އަސަރު ފޮހެލިކަމަށްވެއެވެ. އެފަހަރު ގިނި ހިލަ ވެއްޓުނީ މިހާރުގެ ގޮތުން ބުނާ ނަމަ ގަލްފް އޮފް މެކްސިކޯއަށް ކަމަށް ސައިންސްވެރިން ބުނެއެވެ.

ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައިވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޥަކި ގަޑިޔެއް ނޭގެ ތަ

  2. އެސްމަތި

    ތިޔަބުނާ ގިނިހިލައެއް 66މިލިޔަން އަހަރު

    ކުރިން ވެއްޓުނުކަން އެނގެނީ ކިހިނެކޯ.....

    ދުނިޔޭން ޖިންނި ސައިތާނުން ވަލުޖަންގައްޔަށް

    ވަދެ ފިލީ ކީއްވެގެނޯ.. ކަނޑުމަތި އަޅަނީ

    ކީއްވެގެނޯ... ޢަޖއިބު.....

  3. ޙެލު

    Inshallah nothing will happen to earth