އަޖޭ ދެވްގަންގެ ތާނާޖީ: ދަ އަންސަންގް ވޮރިއާ ގެ ބަތަލާގެ ރޯލުން އަޖޭގެ އަންހެނުން ކާޖޮލް ފެނިގެން ދާނެ ކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ރިޕޯޓް ކޮށްފިއެވެ.

މި ފިލްމުގައި ކާޖޮލްގެ ރޯލާއި ކާޖޮލް ހިމެނޭކަން ކުރިން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް، ހަބަރުތައް ބުނާ ގޮތުގައި ފިލްމުގައި ކާޖޮލް ކުޅެނީ އަޖޭގެ އަނބިމީހާގެ ރޯލެވެ. އަދި މުމްބާއީގައި ހުންނަ ފިލްމް ސިޓީގައި ސިއްރުން ކާޖޮލް ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދާ ކަމަށް މީޑިއާތަކުން ބުނެއެވެ.

މި ފިލްމު ވެގެން ދާނީ ކާޖޮލް އާއި އަޖޭ އޮން ސްކްރީނުން ނުވަ އަހަރު ފަހުން ފެނިގެންދާނެ ފިލްމަށެވެ. އެންމެ ފަހުން މި ދެމަފިރިން އެކީ ފެނިގެން ދިޔައީ 2010 ވަނަ އަހަރު ނެރުނު "ތޫންޕޫރު ކާ ސުޕާހީރޯ"އިން އެވެ.

ފިލްމުގެ ނެގަޓިވް ރޯލުން ފެނިގެން ދާނީ ސައިފް އަލީ ޚާންއެވެ.

މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު މިފިލްމް ރިލީސް ކުރާށެވެ.