ވައިފައި އަކީ މިހާރު ހުރިހާ ތަނެއްގައިވެސް ބޭނުންކުރާ އާއްމު އެއްޗެކެވެ. ގެއިން ފެށިގެން ގޮސް އޮފީސްތަކާ ހަމައަށްވެސް ވައިފައި ބޭނުންކުރާއިރު، ބޮޑު ސަރަޙައްދަކަށް ވައިފައި ފޯރުކޮށްދެވޭވަރުގެ ކުރިއެރުންތައް ދުނިޔެ ވަނީ ހޯދާފައެވެ.

މިހާރު ސައިންސްވެރިން މަސައްކަތް ކުރަމުން ދަނީ ވައިފައިގެ އެހީގައި އިތުރު ކުރިއެރުންތައް ހޯދުމަށެވެ. އެއީ ވައިފައިގެ އެހީގައި ކަރަންޓު އުފެއްދޭވަރަށް ކަންކަން ތަރައްޤީކޮށް، މިކަން ހަގީގަތަކަށް ހެދުމަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިކަމަށް އެފަރާތްތަކުން މަސައްކަތް ކުރަމުން އަންނައިރު، މިކަން ހަގީގަތަކާ ހަމައަށް ހެދުމާ ހަމައަށް ވަނީ އާދެވިފައެވެ. އެފަރާތްތަކުން ބުނާގޮތުގައި މިކަމަށްޓަކައި ބޭނުން ކުރަން ޖެހޭނީ ކުޑަ ކުޑަ ޑިވައިސް އެކެވެ. މިއަށް އެފަރާތްތަކުން ދީފައިވާ ނަމަކީ "ރެކްޓަނާ" އެވެ.

މި ރެކްޓަނާ މަސައްކަތް ކުރާ ގޮތަކީ، އޭސޯީ ވޭވްސްތައް ޑައިރެކްޓް ކަރެންޓް ވޯލްޓޭޖް އަށް ބަދަލު ކުރުމެވެ. ސެމީކޮންޑަންޓަކާ އެއްގެ އެހީގައި ވައިފައި ވޭވްސްތައް ވަޔަރލެސް އެނާޖީ އަށް ބަދަލުކޮށްލާނެއެވެ.

މިކަން ކުރުމުގައި ހަރަކާތްތެރިވާ ސައިންސްވެރިންގެ ޓީމުން ބުނެފައިވާ ގޮތުގައި މި ޓެކްނޮލޮޖީ އަކީ ބޮޑެތި ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކަށް އެހީއެކެވެ. ހަމައެހެންމެ، ޑޮކްޓަރުންނަށް ބޭނުންވާ މެޑިކަލް އާލާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްވެސް މިއީ ރަނގަޅު ވަސީލަތަކަށް ވާނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކޮންމެއަކަސް މިއީ ޓެކްނޮލޮޖީގެ ގޮތުން ވަރުގަދަ އިންޤިލާބެއްކަމަށް ބެލެވެއެވެ.