ބޭންކެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއް އޭނާ، އެތަނުގައި މަސައްކަތް ކުރާނެ އެންމެ ފަހު ދުވަސް ފާހަގަކޮށްފައި ވަނީ ވަރަށް ތަފާތުކޮށެވެ. އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހުންނަށްވެސް އޭނާ އެގޮތަށް ކަންތައްކޮށްފާނެ ކަމަށް ހީވެސް ނުކުރެއެވެ.

ނަމަވެސް އޭނާއަކީ ތަފާތު މީހެއްކަން ސާބިތުކޮށްދީފައި ވަނީ އެންމެ ފަހު ދުވަހު އޮފީހަށް ދިޔަ ގޮތުންނެވެ. އެ ބޭންކްގައި މަސައްކަތް ކުރި އެންމެ ފަހު ދުވަހު އޭނާ ދިޔައީ ސްޕައިޑާމޭން ގޮތަށް ހެދުން އަޅައިގެންނެވެ.

ބްރެޒިިލްގައި ހުންނަ ބޭންކެއްގައި މަސައްކަތް ކުރަމުންދިޔަ އެ މުވައްޒަފަށް އޮފީހުގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، އޭނާ ބޭންކްގެ ފްރޮންޓް ޑެސްކުގައި މަސައްކަތް ނުކުރާކަން ނަސީބެކެވެ. އެހެންނަމަ ގިނަ ބަޔަކު ބިރުގަންނާނެއެވެ. ސަބަބަކީ ބޭންކްފަދަ ތަންތަން ފަޅަން އާއްމުކޮށް އެ މީހާއަކީ ކާކުކަން ނޭގޭ ގޮތަށް ހެދުމަށް މިފަދަ ހެދުންތައް ބޭނުންކުރާތީއެވެ.

އޭނާ އެގޮތަށް ހެދުން އަޅައިގެންގޮސް އެދުވަހުގެ މަސައްކަތް ނިންމާލިއިރު،އޭނާއާ ދިމާލަށް އެއްޗެއް ކިޔާނެ މީހަކު ނުވިކަމަށްވެސް ވެއެވެ. އޭނާ ބޭންކް ތެރޭގައި އުޅުނީ އެއީ އެންމެންގެ ބޮސް ހެންނެވެ.

ކިޔުންތެރިންގެ ހިޔާލު