ނަގާފައި ހުރި ލޯންތައް ނުދެއްކިގެން، ފުލުހަށް މައްސަލަ ޖެއްސީ ގޭންގެއްގެ މެންބަރުންތަކެެއް އިންޒާރުދެމުން އަންނަ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެންމެ ފަހުން ފުލުހުން އައީ އެ މީހާ ބަލާގެއަށެވެ. ފުލުހުން އޭނާގެ ގެއަށް އައިސް އޭނާ ހައްޔަރުކޮށްގެން ގެންދަން އުޅުމުން، އޭނާގެ މަންމައަށް ހާޓް އެޓޭކެއް ޖެހިގެން މަރުވެފައެވެ.

އިންޑިއާގެ މުމްބާއީގައި މި ހާދިސާ ހިނގިއިރު، ފުލުހުން ބުނެފައިވާގޮތުގައި، އެ ފިރިހެން މީހާ ފެށި ޕްރޮޖެކްޓެއް ނިންމުމަށްޓަކައި އޭނާ ވަރަށް ގިނަ މީހުންގެ އަތުން ފައިސާ ހޯދިއެވެ. އަދި އެ ލޯންތައް އޭނާއަށް ނުދެއްކި، އޮފީސްތަކުންނާއި، އެކި މީހުން އޭނާގެ ގެއަށް އަންނަމުން ދިޔައެވެ.

އެ މީހުން ގެއަށް އަންނާތީ އޭނާ ފުލުހަށް މައްސަލަ ޖެއްސިއެވެ. އެކަން ބެލުމަށް ހާއްސަ ފުލުހުންގެ ބްރާންޗަކުން ފެށިއެވެ.

ފުލުހުން އެ މައްސަލަ ބެލިބެލުމުން އެނގުނުގޮތުގައި، އޭނާއަށް އިންޒާރުދިން ކަމަށް ބުނެ ގުޅާފައި ވަނީ، އެ މީހާއާއެކު މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އެވެސް އެ މީހާ ބުނެގެން ކަމަށްވެސް ވެއެވެ.

އަދި އުޅެނީ ފައިސާގެ މައްސަލަތަކެއްކަންވެސް ވަނީ އެނގިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ީީީީީސުދމލކދ

    އައި ތޯޓް އަދީބް މަންމަ ކަމަށް