އަނބިމީހާ ދެކެ އެންމެ ލޯބިވާ ފިރިން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ މިސުވާލަށް އެކި މީހުން ދޭނީ އެކި ޖަވާބެވެ. ބައެއް މީހުން ބުނާނީ އަނބިމީހާ ދެކެ ހަޤީޤީ ލޯބިވާނަމަ އަނބިމީހާ ބުނާ ހުރިހާ ކަމެއް ފިރިމީހާ ކުރާނެއެވެ. ނަމަވެސް ބައެއް މީހުން ބުނާނީ އަނބިމީހާ ބުނާ ހުރިހާ ކަމެއް ފިރިއަކު ކުރާނަމަ އެފިރިއަކު އެހެރީ އަނބި ދަށުވެފައެވެ.

ކޮންމެއަކަސް އެއްވެސް މީހަކު ފާޑުނުކިޔާ ގޮތަކަށް އުޅުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

މިފަހަރު މިއޮތީ އަނބިމީހާ ބުނެގެން ފިރިއަކު ނިންމި ބޮޑު ނިންމުމެއް ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

އެމެރިކާގެ އިލިނޮއިސްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކު މިވަނީ އޭނާ ވަޒީފާ އަދާކުރަމުން އައި ހޮސްޕިޓަލްގެ ވަޒީފާ އިން އިސްތިއުފާ ދީފައެވެ. އިސްތިއުފާ ދިން ސަބަބަކީ އޭނަ ވަޒީފާ އިން އިސްތިއުފާ ދިނުމަށް އަނބިމީހާ އެދުމެވެ.

އެފަދަ ބޮޑު ނިންމުމެއް ނިންމަން އަނބިމީހާ، އޭނާގެ ފިރިމީހާ ކައިރިން އެދުނީ ހޮސްޕިޓަލްގައި މާގިނަ އަންހެން ނަރުހުން އުޅުމެވެ.

ޑޮކްޓަރުގެ އިސްތިއުފާ އާއި ގުޅިގެން ހޮސްޕިޓަލުން މުވައްޒަފުންނަށް ފޮނުވި މެމޯ މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.

ބައެއް މީހުން މިމައްސަލައިގައި ޑޮކްޓަރަށާއި އޭނާގެ އަނބިމީހާއަށް ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އަނެއް ބަޔަކު ގެންދަނީ ޑޮކްޓަރުގެ ދިފާއުގައި ވެސް ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަ

    ކިހިނެއް އޭނގެނީ ލޯބިވާތީ ކަމެއް.. ވެދާނެއެއްނު ގެއަށް ނުވަދެވޭ ވަރށް އެއްޗެހި ކިޔާތީ ހިތް ދަތިވެގެން ކަމަށް ވެސް.. ?