އިންސާނުންނަކީ ﷲ ހައްދަވާފައިވާ މަޚްލޫޤުންގެ ތެރެއިންވެސް ޚާއްސަ ސިފަތަކެއް ލިބިގެންވާ ބައެކެވެ. މީގެ ތެރޭގައިންވެސް އިންސާނުންނަށް ދެއްވާފައިވާ އެންމެ ބޮޑު އެއް ނިޢުމަތަކީ ވިސްނުމުގެ ބާރެވެ. ސިކުނޑިއެވެ.

އިންނާނުންގެ ގުނަވަންތައް އުފެދިފައިވާ ގޮތުން އިންސާނުން އެކަކު އަނެކަކާއި ބަސް މޮށުމުގައި ބޭނުން ކޮށްއުޅެނީ އަޑެވެ. ތުލުން ޚާއްސަ ހަރަކާތްތަކެއް ގެނެސްގެން ލައްވާ ތަފާތު އަޑުތަކަށް ބަހުރަވައޭ ކިޔައެވެ. ނަމަވެސް ބަހުރަވަތަކުން މުޢާމަލާތު ނުކޮށް އިންސާނުންނަށް އެކެއްގެ ސިކުނޑިން އަނެކެއްގެ ސިކުނޑިއަށް މަޢުލޫމާތު ހިއްސާ ކުރެވޭނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ޤަބޫލު ކުރަން ދަތި ވާހަކައެއް ހެއްޔެވެ. ނަމަވެސް މިއީ ކައިރި މުސްތަޤްބަލެއްގައި ވާނެ ކަމެކެވެ. މިހާރު އެކަކު އަނެކަކާއި ވާހަކަ ދެއްކުމުގައި ފޯން ބޭނުން ކުރާ ފަދައިން ވަކިން ޚާއްސަ އާލާތެއް ބޭނުންކޮށްގެން އެކެއްގެ ސިކުނޑިން އަނެކާގެ ސިކުނޑިއާ ބަހުރުވަ ނުވަތަ ނިޝާން ބޭނުން ނުކޮށް މުޢާމަލާތު ކުރެވޭ ޓެކްނޮލޮޖީއެއް އުފެއްދުމަށް ސައިންސްވެރިން މިހާރުވަނީ މަސައްކަތް ފަށާފައެވެ. މިހާރުވެސް ޓްރާންސް ކިއުނެރަލް އިލެކްޓްރިކް ސިމިއުލޭޝަންގެ އެހީގައި މިކަން ކޮންމެވެސް ވަރަކަށް ޙަޤީޤަތަކަށްވަނީ ހަދާފައެވެ.

އިންސާނާގެ ދުވާލެއްގެ މައްޗަށް 50,000 ވިސްނުން ސިކުނޑިން ވިސްނާއިރު، މިއީ މިނެޓްއަށް ބަލާއިރު ކޮންމެ މިނެޓްއަކަށް 35 ވިސްނުމެވެ. ނަމަވެސް މީގެ ތެރެއިން ދުލުން ބޭރު ކުރެވެނީ ނުވަތަ ގަލަމުން ލިޔެވެނީ މަދު މިންވަރެކެވެ. އިންސާނުން ސިކުނޑިން މުޢާމަލާތް ކުރަން ފަށައިފިނަމަ މިކަން އަވަސް ވެގެން ދާނެއެވެ. އަދި މީހުންނަށް އެމީހަކު ބޭނުންވާ އެއްޗެއް ބުނެދުމަށްވެސް ފަސޭހަތަކެއް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    މަ ފަށާނީ ސިކުނޑި ހެކް ކުރުމުގެ މަސައްކަތް.