މީސް މީޑިއާގައި ވަކި ހިއްޕާލި ފޮޓޯއެއްގެ ވާހަކަދައްކާލަމާ ހިނގާށެވެ. އެ ފޮޓޯއިން ފެންނަނީ މި ދިވެހިންގެ ކިބައިގާ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ މިޒަމާނުގައި ގިނަ ބަޔަކު ވަރަށް "ދަށުދަރަޖައިގެ" ކަމެއް ކަމަށް ގަބޫލު ކުރެއެވެ. ނަމަވެސް ހަގީގަތަކީ އެއީ އެއް ނޫނެވެ.

އެކަކު އަނެކަކަށް އެހީތެރިވާން ވާނެއެވެ. އެ ނަމޫނާ މުޅި ދުނިޔެއަށް ދައްކާ، އެހެން މީހުންނަކީވެސް އެފަދަ ބަޔަކަށް ހަދަން މަސައްކަތްވެސް ކުރަން ވާނެއެވެ.

ނަމަވެސް މިއަދު ދިވެހިންގެ ތެރޭގައި އެ ސިފަ ވަނީ ނެތި ގޮސްފައެވެ. ވަކިން ހާއްސަކޮށް ބިދޭސީއެއް ނަމަ، އެ މީހަކާއި ދޭތެރޭ ކަންތައް ކުރަނީ ބޭނުން ގޮތަކަށެވެ. ހަދަނީ ހަދާނެ އެއްޗެކެވެ. ކިޔަނީ ކިޔާނެ އެއްޗެކެވެ. މަލާމާތާއި ފުރައްސާރަ، ދިވެހިންގެ ފަރާތުން އެ ނިކަމެތި އިންސާނުންނަށް ދެމުން ގެންދާ އަނިޔާގެ ވާހަކަވެސް ދެއްކިދާނެއެވެ.

މިފަދަ ކަންކަން ހުއްޓާލަންވެއްޖެއެވެ. އެ ފޮޓޯއިން ފެންނަ ކަހަލަ ނަމޫނާ ޒުވާނަކަށްވަމާ ހިނގާށެވެ.

ފޮޓޯއިން ފެންނަނީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ފުލުހުންގެ ވަޒީފާއާ ގުޅުނު ޒުވާނެކެވެ. ގއ.ކޮލާމާފުއްޓަށް އުފަން މުހައްމަދު އަލީފް އަހުމަދުއެވެ.

އެ ފޮޓޯއިން ފެންްނަނީ އަލީފް ބިދޭސީއަކަށް އެހީތެރިވާ މަންޒަރެވެ. އޭނާ އެ ބިދޭސީ މީހާއަށް އެހީތެރިވީ އެ މީހާ ދުއްވަމުންދިޔަ ބައިސްކަލުގެ ޗޭނުގަނޑު ނެއްޓުމުން، އެ އަޅުވާދޭށެވެ.

އަލީފް ބުނިގޮތުގައި، އޭނާއަކީ އަބަދުވެސް މީހުންނަށް އެހީތެރިވެވޭތޯ ބަލާ މީހެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި، އޭނާ ޑިއުޓީގައި ޕެޓްރޯލް ކުރަން ހުއްޓާ، އެހީތެރިކަމަށް ބޭނުންވެފައި ހުރި އެ ބިދޭސީ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނީއެވެ.

"އެއީ ޑީއުޓީގައި އުޅެނިކޮށް، ލައިސަންސް ނަގާ ސަރަހައްދުގެ މަގުމަތީގައި ބައިސްކަލެއްގެ ޗޭނު ނޭޅުވިގެން ބިދޭސީއަކު އުޅެނިކޮށް އުޅެނިކޮށް، އޭނާއަށް އެހީތެރިވެދިނީ، ކުރަން އެނގޭ މަސައްކަތަކަށް ވާތީ". އަލީފް ބުންޏެވެ.

އަލީފް ބުނިގޮތުގައި، އޭނާ އެ ބިދޭސީ މީހާއަށް އެހީތެރިވުމުން، "ޝުކުރިއްޔާ" އޭ ބުންޏެވެ. އަދި އަބަދުވެސް އެކަހަލަ ކަންތައް ކޮށްދޭކަމަށްވެސް އަލީފް ބުންޏެވެ.

އަލީފްގެ އެކޮށްދިން ކަންތަކަށް އެތައް ހާސް ދިވެހިންނެއް އޭނާއަށް ދަނީ ތައުރީފް ކުރަމުންނެވެ. އަލީފްކޮށްދިން އެ ކަމަކީ މިއަދު މުޅި ރާއްޖެ ފަހުރުވެރިވާ ފަދަ ކަމެކެވެ. މުޅި ފުލުހުންގެ މުވައްސަސާވެސް އަލީފްއަށްޓަކައި ފަހުރުވެރިވާނެއެވެ.

މިއީ ދިވެހި ފުލުހުންގެ ފަރާތުން މިފަދަ މަންޒަރެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެތައް ފަހަރެއްގައިވެސް ފުލުހުންގެ ފަރާތުން މިފަދަ މަންޒަރުތައް ފެނިއްޖެއެވެ. ދިވެހިން ބޭނުންވަނީ، ދިވެހިން ދެކެ ލޯބިވާ އަދި އެންމެންނަށް އިހުތިރާމް ކުރާ ދިވެހި ފުލުހުން އެ މުވައްސަސާގައި ތިބުމެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މާމިގިލީ މީހާ

    ތިގޮތައް ކަންތައްތައް ކޮއްދޭތީ ބަންގާޅިން ނުލަފާ ވަނީ.. ބަލަ އަހަރުމެންގެ ގައުމޭ ހަލާކުވަނީ ބަންގާޅިންގެ ސަބަބުން. ރާއްޖޭގެ އާބާދީއަށް ވުރެ ގިނައީ ބިދޭސީން.. ހާއްސަކޮއް ބަންގާޅީ ކާޅުތައް. މުސްކުޅިން ބުނޭ ބަންގާޅީ ކާޅެއް އޮޅެއްނުވާނޭ. އެއީ ހަމަ ތެދެއް..

    • ރާއްޖެ

      ތިއީ ރޭސިސްޓެއް

    • ?

      .ގޮތެއް ފޮތެއްނެތް ތަނެއްދޮރެއް ނޭނގޭ ޖާހިލެއް

      1
      1
  2. ޙުއްބުލް ވަތަން

    ޢެއީ ލާމަސީލު ނަމޫނާ މިސާލެއް! އެއީ ފަޙުރުވެރި ދިވެހި ދަރިއެއް
    ނަމުނާ ފުލުހެއް
    އަލީފް އަށް ޓަކައި އަހަރުމެން ވަރަށް ފަޙުރުވެރިވަން ސާބަހޭ ދަރިޔާ،

    ޢުފަލުން ރޮވޭވަރުގެ ކަމެއް ތީ؟?

  3. މަހޭ

    ތިކަހަލަ މަދު ފުލުހަކު އުޅެނީ. ދެން އުޅެނީ އިންސާނުންނަށްވުރެން މަތީގަ އުޅޭ ބޭފުޅުން. ކުަރީދުވަހަކު ދެކުނިން ހަމަ ދިވެހި ފުލުހެއް ޔުނީފޯރމްގަ ހުރީވެސް، ބަންގްލަދޭޝް މީހަކަށްވީތީވެ މީހަކާ ދިމާލަށް ހެޓަކަށް އަޅާލީ. ގަވައިދާ ހިލާފަށް ދިޔަޔަސް އޭނައަށްވެސް އޮތް އެމީހާ ގާތުގައި ރީތިކޮށް ބުނެވެން، އެކަމު ވަރަށް ހަޑިކޮށް އެމީހާއާއި އެފުލުސްމީހާ މުހާތަބުކުރީ.

  4. Anonymous

    ގުޑްޖޮބް ބްރޯ ، ކުރިއަށް ދިވެހި ޤައުމު.

  5. ރަށުމީހާ

    ފުލުހުންގެ ކަރާމަތާއި، ޢިއްޒަތާއި، ޤަދަރާއި އަދި އަގު ވައަްޓާލީ ހަމަ ސިޔާސީ އެކި ފަރާތްތައް! ވަކިން ޚާއްސަކޮށް އެމް.ޑީ.ޕީ ގެ ވެރިންގެ ފަރާތުން 2004 އިން ފެށިގެން! މިއަދު މިޙަޤީޤަތް ދިވެހިންނަށް ވަނީ ކަށަވަރު ވެފައި! މިކަމެއް އޮޅުވައެެއް ނުލެވޭނެ!

  6. ބބބ

    ޝުކުރިއްޔާ އަލީފް އައި ސެލިއުޓް ޔޫ

  7. ތުނބުޅި

    ތުބުއްޅާ އަކަށް އެހީވީމަދޯ ތިހާވަރެއް ތިޔަ އަރުވާލީ. އިންސާނުންނީ އެކަކު އަނެކަކަށް އެހީވާން ޖެހޭ މީހުން.

  8. Fareedha

    ފުލުހުން އެހީނުވަނީ ކީ ނޫން ދިވެހިން ބަލައިނުގަންނަނީ

  9. Anonymous

    ދަންނަ ކުއްޖެއް އަލީފް އަކީ. ވަރަށް ރަނގަޅު ކުއްޖެއް.

  10. ަިަިަައިޓްސް މީ

    ވަރަށް ރަނގަޅު... ما شاء الله‎

  11. ވަރުވާ

    ފުލުހުންނަކީ، އަބަދުވެސް ކޮންމެ އިންސާނަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާބައެއް. އެތެރެއެއް، ބޭރެއް އެމީހުން ނުބަލާނެ. އެކަމަކު، ދހިވެހީން ބަޔަކު ދެކެނީ އެއީ ޢަދާވާތްތެރިންކަމަށް. ދިވެއްސެއްނަމަ ޝުކުރިއްޔާއޭވެސް ވަރަށް ނުބުނާނެ.

  12. ...

    ޢަޅޭ... އަލީފް މަށާ އިނދެބަ ޕުލީޒް. ?

  13. މުޙައްމަދު

    ތުންބުޅި އައް ކީއް ކިތައްމެ ވަރެއް އަރުވާލިޔަސް

  14. ލުލް

    މަށާ އިންނަންވީ އެއްނު

  15. އާއްމު މީހާ

    އަދި ކިރިޔާ "ޕްރޮޓެކްޓް އެންޑް ސާރވް" ގެ "ސާރވް" މި ފެންނަނީ. އުފާވެރި ހަބަރެއް.

  16. ޝަޒްނާ

    އަދާކުރަން ޖެހޭ ޒިންމާ އަދާނުކޮއް ދެން ކިތަންމެ ޕަބްލިސިޓީ ސުޓަންޓު ޖެއްސިޔަސް ރައްޔިތުންގެ އިތުބާރެއް އިހުތިރާމެއް ނުލިބޭނެ.. ފުލުސް އޮފީސް އުވާލާފަ މުޅިން އައު ފުލުސް އިދާރާއެއް އުފައްދަން އެބަޖެހޭ..

  17. ކަލޭ

    ?????????????????????????????

  18. ކަލޭ

    ?????????????????

  19. ކަލޭ

    ވަރަށް ރަނގަޅު... ما شاء الله‎

  20. އަހުމަދު އަދީބު

    ދިވެހި ފުލުހުންނަކީ ރަނގަޅުބައެއް އެމީހުންގެ އަގުވައްޓާލީ ރީނދޫ ގުރޫފް

  21. ޖކސޖކ

    ފޭސްބުކުގަ ފޮޓޯ ޝެއަރ ކުރީމަ އިނގިއްޖެ މީ ލައިކުހޯދަން ކުރި ކަމެއްކަން

    1
    3
  22. އަލީ

    މިހާރު ދެން މީހަކަށް ހެޔޮހިތުން ފެންތައްޓެއް ދިނަސް ޖެހޭ ފޮޓޯނަގާ ފޭސްބުކަށް ލާން ؟

    2
    1