ދަތްތައްކަން އެޕޮއިންޓްމެންޓެއް ލިިބޭތޯ 18 މަސް ދުވަސްވަންދެން މަސައްކަތް ކުރަމުންދިޔަ 62 އަހަރުގެ މީހަކު ރުޅި އައިސްގެން އެންމެ ފަހުން އަމިއްލައަށް ދަތް އުފުރާލައިފިއެެވެ.

އިންގްލޭންޑްއަށް ނިސްބަތްވާ ޑޭވިޑް ވުޑްހައުސް ނަމަކަށް ކިޔާ އެ މީހާ ދަތްދައްކާ ސާޖަރީއެއް ހަދަން ވެގެން އިނގިރޭސިވިލާތުގެ ސިއްހީ އިދާރާގެ ޑެންޓިސްޓް ޑިޕާޓްމެންޓްގައި އެދިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވިއިރު ވެސް އޭނާއަށް އެޕޮއިންޓްމެންޓެއް ނުލިބުނެވެ.

އެންއެޗްއެސް ޑެންޓިސްޓްއިން ބަލިމީހުން ގާތުގައި ބުނެފައި އޮންނަނީ އާޖެންޓްވެއްޖެނަމަ އެ މީހުންގެ ހެލްޕް ލައިންއަށް ގުޅުމަށެވެ. އެހެން ނަމަވެސް ވުޑްހައުސް ގުޅާފައެއް ނުވެއެވެ. އޭނާގެ ދަތުގައި ރިއްސާތީ އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.

އެހެންވެ ވުޑްހައުސް އަމިއްލައަށް ދަތް ނެގީއެވެ. އޭނާ ބުނީ، އެ ދަތް އިންނާތީ ވަރަށް ތަދުވާ ކަމަށާއި، ނަމަވެސް އެ ދަތް ނެގުމުން މިހާރު ތަދު ވަރަށް ބޮޑަށްގޮސްފައިވާކަމަށެވެ.

އެ ދަތަކީ ވަރަށް ބޮޑަށް ހެލެން ފަށާފައިވާ ދަތެކެވެ. އޭނާ އެ ދަތް ނެއްޓުމަށް ބޭނުންކޮށްފައި ވަނީ ނަރުކެނޑިއެކެވެ.

އެންއެޗްއެސް ޑެންޓިސްޓް ބުނިގޮތުގައި، އެތަނުގެ އެޕޮއިންޓްމެންޓަކަށް އެދި 48000 އަށްވުރެ މީހުން އަދިވެސް ކިއުގައި އެބަތިއްބެވެ. އަދި އެތަނުގެ ޑެންޓިސްޓަކަށް ދެއްކުމަށް މީގެ ތިން އަހަރު ކުރިން ރެޖިސްޓަރކޮށްފައި ތިބި މީހުން އެބަތިބިކަމަށްވެސް އެ ތަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙެލޭދަތް

    ދަތުގައި ރޮދިކޮޅެއް އައްސާފަ އަނެއްކޮޅުގައި ކާށިކޮޅެއް އައްސާ ފައްޖެހިއެދުގައި ޢޮށޯއްނަނިކޮށް ކުކުލު ހިލޭ ދަތް ލުއްސާލަދީފާނެ

    • ލީމް

      ދެރައީ ކުކުޅެއް ގަންނަންވެސް މިހާރު ބޮޑު ޚަރަދެއް ދާނެތީ.

  2. ސމީ

    ނަންވާނީ އައިޖީެމްއެޖް