ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ދޮގު ހަދާ އޮޅުވާލުމުން ގިނަ މީހުން ދެރަވާނެއެވެ. ގިނަ މީހުން އެކަމާ ރުޅިވެސް އަންނާނެއެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކަށް އެރުޅި ކޮންޓްރޯލް ކުރަން ނޭނގި، އިތުރު އެހެން ކަންކަން ކުރަން މަގުފަހިވެއެވެ.

އައި ރުޅީގެ ސަބަބުން މި މީހާ ބޭނުންވީ ލޯބިވެރިޔާ ލަދުގަންނަވާލާށެވެ. އެއީވެސް، އެންމެންގެ ތެރޭގައެވެ.

އެގޮތުން، އޮސްޓްރޭލިޔާގެ މެލްބަންގެ އެއަރޕޯޓެއްގައި މީހަކު ވަނީ ލޯބިވެރިޔާ އަންނަ ވަގުތާ ދިމާކޮށް ބޮޑު ބޯޑެއް ހިފައިގެން، އެންމެންގެ ތެރޭގައި ހުރެފައެވެ. މަތިންދާބޯޓުން ފައިބައިގެން އެމީހާ ޓާމިނަލުން ނިކުތް އިރު މި ބޯޑު ހިފައިގެން ހުރިއިރު، އޭގައި ލިޔެފައިވަނީ އޭނާ އަށް އޭނާގެ ލޯބިވެރިޔާ ދޮގު ހަދާ އޮޅުވާލާ ލަނޑު ދީފައިވާކަމަށެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް ވަނީ މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި އާއްމުވެފައެވެ. އަދި އެތައް ބަޔަކު ވަނީ މި ފޮޓޯތަކާ ގުޅިގެން ކޮމެންޓުކޮށް، ޚިޔާލު ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ހަމަ ހަގީގަތުގައިވެސް މިކަމުގެ ސަބަބުން ލޯބިވެރިޔާ ލަދުގަތްތޯ ބަލަން ބޭނުންވެއެވެ. ހަމައެހެންމެ، މިކަމުގެ ނަތީޖާ އަކީ ކޮބައިތޯ ބަލަން ބޭނުންވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް، ފޮޓޯގައި ހުރި މީހާ، މިކަމާ ގުޅިގެން ފަހުން އެއްޗެއް ބުނެފައިނުވާކަމަށް ނޫސްތަކުގައިވެއެވެ.

މިކަން ހިނގާފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު