އައިފޯންއަކީ ދިވެހިންގެ ތެރޭގައިވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފޯނެކެވެ. އައިފޯން އެކްސް އެސް، އެކްސް އެސް މެކްސް، އަދި އެކްސް އާރ މިދިޔަ އަހަރުގެ ތެރޭގައި ނެރުނުއިރު، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އައިފޯންގެ އިތުރު ފޯންނަކަށެވެ. އަދި އެފޯންގައި ހުންނާނީ ކޮންކަހަލަ އާ ކަންތައް ތަކެއްތޯވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަހަރު ނެރޭ އައިފޯންގައި 3 ކެމެރާ ހުންނާނެ ކަމަށް ބްލޫމްބާގްއިން ނެރުނު ރިޕޯޓެއް މިވަނީ ބުނެފައެވެ. މިރިޕޯޓްގައި ބުނެފައިވަނީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯންގައި 3 ކެމެރާ ހުންނާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ފޮޓޯގެ ކްއަލިޓީ ރަނގަޅުވާނެ ކަމަށެވެ. އަދި ޑީޓެއިލްކޮށް ފޮޓޯ ނެގުމުގެ އިތުރުން ފޮޓޯ ނެގުމަށްފަހު އެޑިކް ކުރެވޭނެ ތަފާތު ގޮތެއްވެސް ހުންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިއަންނަ އަހަރު ނެރޭ އައިފޯންގައި ލޭޒަރ ކެމެރާއެއް ހުންނާނެ ކަމަށާއި މިއީ 3ޑީ ކޮށް ފޮޓޯ ނެގުމަށް ޚާއްސަކޮށްގެން އީޖާދު ކުރާ ކަމެއް ކަމަށް މަޢުލޫމާތު ދެއެވެ. މިހާރުވެސް ލޭޒަރ ކެމެރާއެއް އައިފޯންތަކުގައި ފޭޝިއަލް ރިކޮގްނިޝަންއަށް ދަނީ ބޭނުން ކުރަމުންނެވެ. އެއީ ފޭޝިއަލް ރިކްނިޝަންގެ އެހީގައި ފޯން ހުޅުވުމަށެވެ. ނަމަވެސް ފޮޓޯ ނެގުމަށް ބޭނުން ކުރާނީ އެހެން ޓެކްނޮލޮޖީއެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ އިތުރުން ލައިވްކޮށް ފޮޓޯ ނަގާއިރު، 6 ސިކުންތް، ފޮޓޯނެގުމުގެ ކުރިން 3 ސިކުންތް، އަދި ނެގުމަށް ފަހު 3 ސިކުންތްގެ ވީޑިއޯއެއް އައު ފޯންގައި ނަގާނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިހާރު ލައިވް ފޮޓޯގައި ނަގަނީ 3 ސިކުންތުގެ ވީޑިއޯއެކެވެ. މީގެ އިތުުރުން ފޭސް އައިޑީ އަވަހަށް ހުޅުވޭނެ ގޮތެއްވެސް އީޖާދު ކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިކަންތަކުގެ އިތުރުން މާބޮޑު ބަދަލެއް އައިފޯންގެ އިތުރު ފޯންތަކަށް ނާންނާނެ ކަމަށް އެރިޕޯޓްފައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އައިފޯނަކަސް ޔޫފޯނަކަސް ބަލަންވީ ބެޓެރީގެބާރު ގިނައިރު ހިފެހެއްޓޭނެގޮތަކާއި އިރުގެއަލިން ފޯނުގެ ބެޓެރީ ޗާޖުވާނެގޮތެއް އީޖާދު ކުރެވޭތޯއެވެ.

  2. ޢަލީ

    އިރުގެ އަލިން ޗާޖު ކުރެވޭ ފޯނު ހުރެޔޭ