މޭގަން މާކެލް އަލަތު ދަރިފުޅު ވިހަން ތައްޔާރު ވަމުން އަންނަ އިރު އޭނާއަށް ލިބޭ ސަމާލުކަން ވެސް ވަނީ އިތުރުވެފައެވެ. މޭގަންގެ ކޮންމެ ހަރަކާތެއް އެތައް މިލިއަން ބަޔަކު ދަނީ ބަލަމުންނެވެ. މޭގަން އާއި ހެރީ އަށް ލިބެން އުޅެނީ އެއްމާބަނޑު ދެކުދިން ކަމަށް ވެސް ބައެއް މީޑިއާތަކުން އެބަ ބުނެއެވެ. ނަމަވެސް މިފަހަރު މިއޮތީ މޭގަން އަށް ލިބެން އުޅެނީ ކިތައް ކުދިންތޯ ބަލަން ކުރެވޭ ބަހުސްގެ ވާހަކައެއް ނޫނެވެ.

މިއޮތީ މޭގަން އިއްޔެ ލަންޑަންގެ ނޭޝަނަލް ތިއޭޓާއަށް ކުރި ޒިއާރަތުގެ ފޮޓޯތައް އެންމެންނަށް ރީތި ވެގެން މޭގަންގެ ވާހަކަ ދައްކާ ޚަބަރެވެ. މޭގަން ބަލިވެ އިންތާ މިހާރު ހަމަސް ވެފައި ވާއިރު މާބަނޑު އަންހެނެއްގެ ހެދުމުގައި އެންމެ ރީއްޗަށް މޭގަން ފެނުނީ އިއްޔެ ކަމަށް ބައެއް މީހުން މީސް މީޑިއާގައި ބުނެފައި ވެއެވެ.

މޭގަން މާކެލް

1728 ޕައުންޑް (ތިރީސް ފަސްހާސް ދިވެހި ރުފިޔާ) ގެ އަގުހުރި ހެދުމުގައި މޭގަން ނޭޝަނަލް ތިއޭޓަރަށް ކުރި ޒިޔާރަތުގައި ބައެއް ކުދިންނާއި ބައްދަލު ކުރިއެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ބައެއް ކުދިން ވެސް ހިމެނެއެވެ. މޭގަން ވަނީ އިއްޔެ ތިއޭޓަރުގައި ބައެއް ކުދިންގެ ހުށަހެޅުންތައް ވެސް ބަލާލާފައެވެ.

މޭގަން މާކެލް
މޭގަން މާކެލް
މޭގަން މާކެލް
މޭގަން މާކެލް
މޭގަން މާކެލް

އުމުރުން 37 އަހަރުގެ މޭގަން ވިހާނެ ދުވަސް އަދި ޝާހީ އާއިލާ އިން އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ކޮންކަމެއް ބަލަންވީ؟ އިނގިރޭސި ދައުލަތުން ހުރިހާ ޚަރަދެއް ބަލަހައްޓާ ބައެއް މި ޝާހީ ޢާއިލާގެ މީހުންނަކީ.

  2. ރާނީ

    ކީއްކުރަން ތިހާ ބައިވަރު އަންގޮޓި އެޅީ؟ ?

  3. ފާތުން

    ތި ހެދުން މަ ފަހައިދޭނަން 1000ރ އަށް ވުރެ އަގުހެޔޮ ކޮށް.