ޗައިނާގެ ރައްޔިތެއްކަމުގައިވާ ގެންގ ޝުއައީ އަކީ އާދައިގެ މީހެއް ނޫނެވެ. އޭނާއަކީ އެޤައުމުގައި އުފައްދާ އެންމެ ތަފާތު އުފެއްދުންތަކުގެ ފަހަތުގައި ހުރި މޭސްތިރިޔާއެވެ. މޮޅު ޚިޔާލުގެ ވެރިއެކެވެ. މަސް ކޮށާ ވަޅިއަކަށްވެސް ބޭނުން ކުރެވޭ ފޯނު ކަވަރާއި، ބުރަކަށި ކަހަން ބޭނުންކުރެވޭ ކަނޑިއަކީ އޭގެތެރެއިން ބައެކެވެ.

އެހެންނަމަވެސް، އޭނާގެ އެންމެ ފަހުގެ އުފެއްދުމަކީ ވަރަށް ތަފާތު އުފެއްދުމެކެވެ. އެއީ، ފާޚާނާއެއް ހިމެނޭ ސައިކަލެކެވެ. ވަރަށްވެސް ތަފާތު އެއްޗެކެވެ.

ގެންގ ބުނާ ގޮތުގައި މި އުފެއްދުންތައް އުފެއްދުމަށް އޭނާ މާ ގިނަ ވަސީލަތްތަކެއް ބޭނުން ނުކުރެއެވެ. ފަސޭހައިން ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން އޭނާ އުފެއްދުންތައް އުފައްދާއިރު، ދެން ބޭނުން ކުރަނީ ވެލްޑިންގ ކުރުންފަދަ ވަސީލަތްތަކެވެ.

އޭނާއަށް މިހާރު އެތައް ބައެއްގެ ސަމާލުކަން ލިބި، ބޮޑު ޗައިނާއާއި ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް އޭނާ މަޝްހޫރުވެފައިވާއިރު، މޮޅެތި އުފެއްދުންތައް އުފައްދާ މަންޒަރުތައް އޭނާ ދަނީ ލައިވް ސްޓްރީމްގެ އެހީގައި ދުނިޔެއަށް ދައްކަމުންނެވެ. އެހެންނަމަވެސް، މި ލައިވް ސްޓްރީމްތަކުގެ ތެރެއިން އޭނާ ވަރަށް ލަދުވެސް ގަނެއެވެ.

މީގެއިތުރުންވެސް، އޭނާ ބުނި ގޮތުގައި ކޮންމެ ރެއަކުވެސް ވަރަށް އަވަހަށް ނިދަން އޮއްތިކަމުގައިވިޔަސް، ދަންވަރުވުމުގެ ކުރިން ނުނިދެއެވެ. ސަބަބަކީ މި ގޮތަށް އުފައްދާނެ އެއްޗަކާމެދު ވިސްނާ ފިކުރު ކިރެވޭތީކަމަށް، ރޮއިޓަރސް އަށް ދިން ބަސްީގަތުމެއްގައި އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު