ދުނިޔޭގެ އެންމެ ކާމިޔާބު އެއް ސުޕަރހީރޯ ފިލްމު ސީކުއެލް އަކީ "ބެޓްމޭން" އެވެ. އެއީ އެކި އުމުރުގެ މީހުންގެ މެދުގައި މަޤުބޫލު ކެރެކްޓާއެކެވެ. 2021 ވަނަ އަހަރު، ބެޓްމޭންގެ އައު ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު ބެޓްމޭންގެ ރޯލުން، އެރޯލު ކުޅެމުން އައި ބެން އެފްލެކް ނުފެންނާނެކަމަށް އޭނާ ބުނެފައިވެއެވެ.

ބެން އެފްލެކް މިހެން ބުނެފައިވާއިރު، މި ރޯލުން ދެން ފެނިގެންދާނީ ކާކުކަމާމެދު މަޝްވަރާތައް ކުރެވެން ފެށިއެވެ. ބަހުސްތައް ފެށުނެވެ.

މިކަމުގައި އެތައް ބަޔަކު، ސުވާލުތަކެއްގެ ތެރޭގައި ތިއްބާ، ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ، ނިކް ޖޮނާސް ވަނީ އޭނާ އެރޯލު ކުޅެން ބޭނުންވާކަމަށް ބުނެފައިވެއެވެ. ލަވަކިޔުންތެރިޔާ ނިކް ޖޮނާސް މިހެން ބުނެފައިވާއިރު މިކަމާ ގުޅިގެން ބުނާނެ އެއްޗެއް ނޭނގޭކަމަށް ފޭނުން ބުނެފައިވެއެވެ.

ބެޓްމޭން

ބެޓްމޭންގެ ރޯލު އަދާކުރަން ބޭނުންވާކަމަށް ނިކް ބުނެފައިވަނީ، މި ރޯލުން ދެން ފެންނަން އެންމެ އެކަށީގެންވަނީ ކޮން ފަންނާނެއްތޯކަމަށް ބުނެ، މަޝްހޫރު މީސް މީޑިޔާ އެކައުންޓަކުން ކުރި ޕޯސްޓަކަށް ކޮމެންޓް ކުރަމުންނެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ޖޯކު ޖަހާފައެވެ. އެގޮތުން، ބައެއް ފަރާތްތަކުން ބުނެފައިވަނީ ބެޓްމޭން ފަދަ ކެރެކްޓާތަކަށް ވުމަށް ހުރިހާ ފަރާތްތަކުންވެސް ކުޑައިރު ބޭނުންވާކަމަށެވެ.

ހަމައެހެންމެ، މި ކެރެކްޓާ އަށް ނިކް ކަމުނުދާކަމަށް އެތައް ފަރާތަކުންވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްހައްހާ

    މިކަހަލަ ޅަ ވިސްނުން ހުންނަމީހުން ދޯ މިއުޅެނީ ހައްތަހާވެސް