މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ ތަރި ކައިލީ ޖެނާ އިތުރު ދަރިއަކަށް ބަނޑު ބޮޑުވެއްޖެ ކަމަށް މިދިޔަ ހަފްތާގައި ވަނީ އަޑު ފެތުރިގެން ގޮސްފައެވެ. މިހާރު ވަނީ ކައިލީ ބަލިވެ އުޅޭ ކަމުގެ އަޑުތަށް އަނެއްކާވެސް ގަދަވާން ފަށާފައެވެ.

ކައިލީ ވަނީ އިއްޔެ އޭނާގެ ލޯބިވެރިޔާ ޓްރާވިސް އާއި އެކު ނަގާފައިވާ ފޮޓޯއެއް މަޝްހޫރު މީސް މީޑިއާ ނެޓް ވޯކް އިންސްޓަގްރާމް އަށް ލާފައެވެ.

ކައިލީ އިންސްޓަގްރާމް އަށް ލި ފޮޓޯގެ ކެޕްޝަންގައި ހޭޝްޓެގް ޖެހުމަށް ފަހު ކައިލީ ލިޔެފައިވަނީ "ބޭބީ 2" މިހެންނެވެ. މިއާއި އެކު ކައިލީގެ ފޭނުން ވަނީ ސުވާލުތަކެއް ކޮމެޓުތަކެއްގެ ޒަރީޔާއިން ކައިލީއާއި ކުރިމަތި ކުރުވާފައެވެ. ކައިލީ އަންކާ ބަލިވެ އިނީ ތޯ؟ އަހާފައިވެއެވެ.

މި ސުވާލުތަކަަށް ކައިލީ ވަނީ އަނެއްކާވެސް ސާފު ޖަވާބެއް ދީފައެވެ. ކައިލީ ވަނީ އޭނާ ދެވަނަ ދަރިއަކަށް ބަޑުބޮޑު ނުވާކަމަށް ބުނެފައެވެ.

އިއްޔެ ކައިލީ ކުރި ޕޯސްޓަށް 63 މިލިއަން މީހުން ވަނީ ލައިކްސް ދީފައެވެ.

ކައިލީ އިތުރު ދަރިއަކަށް ބަނޑު ކަމަށް އަޑު ފެތުރިފައިވާއިރު ކައިލީ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު "ސްޓޯމީ" މިދިޔަ އަހަރު ވިހާފައެވެ. ކައިލީ ވިހާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ.