ޓައި އެޅުމަކީ ގިނަ މީހުން އެހާ ކުރަ ހިތްވާ ކަމެއް ނޫނެވެ. މިގޮތުން ކަރަށް އުނދަގޫވެ ކަރަށް ތަދުވާކަމުގެ ޝަކުވާ އަކީ އެފަދަ އެތައް ބަޔަކު ކުރާ ޝަކުވާއެވެ.
މި ޒަމާނުގައި ޓައި އެޅުމަކީ އަސްލު ހަގީގަތުގައި އެކަމުގެ އެންމެ ބޭނުމެއް އޮންނަ ކަމެކެވެ. އެއީ މީހާ ރަސްމީގޮތަކަށް ހުރުމަށް ނުވަތަ "އޮފިޝަލް ލުކް''އެއް ދިނުމުގެ ބޭނުމުގައެވެ.
ދަންނަމުތޯއެވެ. އެންމެ ފުރަތަމަ ޓައި އެޅީ 17 ވަނަ ގަރުނުގައި ކްރޮއޭޝިއާގެ ކުލީ ސިފައިންތަކެއްގެ ޔުނިފޯމާއިއެކު، އެބައި މީހުންނެވެ. އޭރުގައި އެއީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި ހިމެނުނު އެއްޗެކެވެ. އެ ޒަމާނުގައި އެ ގޮތަށް ޔުނިފޯމް ފަރުމާ ކުރެވުނުއިރު، އޭރު ޓައިގެ އެއް ބޭނުމަކީ ޔުނިފޯމުގެ ޖެކެޓްގެ މަތި އެއްސުމަށް ކަމަށް ބެލެވިފައި ވެއެވެ.

މި ކުލީ ސިފައިންނަކީ 30 އަހަރުގެ ދިގު ހަނގުރާމައެއްގައި ފަރަންސޭސިވިލާތުގެ ރަސްގެފާނު ލޫއީ ބޭނުންކުރެއްވި ބައެކެވެ.
އެހައި ހިސާބުން ޓައި ވަނީ ޔޫރަޕްގައި ފެޝަނެއްގެ ގޮތުގައި ނަން މަޝްހޫރު ވާޏް ފަށާފައެވެ. މިގޮތަށް 200 އަހަރު ވެގެންދިޔައިރު ބައެއް ކަހަލަ ކުދި ކުދި ބަދަލުތައް ޓައި ގެ ޑިޒައިނަށް އައިސްފައިވާކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ޓައި އެޅުމަކީ ބައެއް ކަހަލަ ސިއްހީ ގެއްލުންތަކެއްވެސް ކުރިމަތިކުރުވަފާނޭ ކަމެއްކަމަށް ބުނެވެއެވެ. ޓައި އެޅުމުގެ ސަބަބުން ކަރުގެ އަދި ކޮނޑުހުޅު ފަދަ ތަންތަނުގައި ރިއްސާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.