އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ވަރަށް ފަހުން، އެޤައުމުގެ ބާރުގެ ދަށުގައި އޮންނަ ޖާމޫ އަދި ކަޝްމީރު ސަރަޙައްދަށް ވަޑައިގަންނަވާފައެވެ. ރީތިކަމުން މަޝްހޫރު ކަޝްމީރުގެ ބައެއް ސަރަޙައްދުގައި މޯދީ ވަނީ ވަރަށް ރީތި ފޮޓޯތައްވެސް ނަންގަވާފައެވެ.

އެހެންނަމަވެސް، މިފަދަ ފޮޓޯއެއްގައި މޯދީ އަށް ކުރެވުނު ކަމެއްގެ ސަބަބުން އެތައް ބަޔަކު ދަނީ އޭނާއަށް ޖޯކު ޖަހަމުންނެވެ. އޭނާގެ ވާދަވެރި ފަރާތްތައްވެސް ދަނީ މިކަމާ ގުޅިގެން ޖޯކު ޖަހަމުންނެވެ.

އެތައް ބަޔަކު މޯދީ އަށް ޖޯކު ޖަހަމުންދާ ސަބަބަކީ، ކޯރެއްގެ ތެރޭގައި އުޅަނދެއް ދުއްވާފައި ދަމުން، އަތް ނަގާ ހޫރުވަމުން ދިއުމުންނެވެ. ސަބަބަކީ، އެތަނުގައި އެއްވެސް މީހެއް ނެތުމާއި، މީހެއް ނެތި އެތައް ބަޔަކަށް އަތް ހޫރުވާކަމަށް "އެކްޓް" ކުރަން މަސައްކަތް ކުރުންކަމަށް އެތައް ބަޔަކު ބުނެފައިވެއެވެ.

https://www.instagram.com/p/BtbV8ewlMjz/

ކުރިން ކަޝްމީރުގެ ޗީފް މިނިސްޓަރުކަން ކޮށްފައިވާ ދެ މީހަކު ވަނީ މިކަމާ ގުޅިގެން މޯދީ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ މޯދީ އަށް ކަޝްމީރުގައި އެއްވެސް ތާއީދެއް ނޯންނާނެކަމަށާއި، އެހެންކަމުން އެމަންޒަރު އާއްމުންނަށް ނުދައްކާ، މޯދީ "ލަދަކުން ސަލާމަތް ކޮށްދިނީތީ" ޝުކުރުވެރިވާން ޖެހޭކަމުގައެވެ.

މީގެއިތުރުންވެސް، ކަޝްމީރުގެ އެހެން ބައެއް ފަރާތްތަކުން ބުނަމުންދަނީ މޯދީ ކަޝްމީރަށް ވަޑައިގެންނެވިނަމަވެސް، އެސަރަޙައްދުން އޭނާއަށް އެއްވެސް ތާއީދެއް ނެތްކަމުގައެވެ. އަދި އިސްތިގުބާލަށް މީހުން ނުދާކަމަށްވެސް ބުނެފައިވެއެވެ،

ހަމައެހެންމެ، އެޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ދަނީ މިކަމާ ގުޅިގެން މޯދީ އަށް ޖޯކު ޖަހަމުންނެވެ.

ކަޝްމީރު ސަރަޙައްދުގައި އުޅެމުންދާ މުސްލިމުންނާ ދެކޮޅަށް އިންޑިޔާ ސިފައިން ހިންގާ ކަންތައްތަކަކީ އިންސާނީ ހައްގުތަކާ ހިލާފު ކަންތައްތައްކަމަށް އެތައް ފަރާތްތަކަކުންވެސް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަނަވާރު

    ގެރިއަށް އާއި ޖަނަވާރުތަކަށް އަތް ހޫރަލަނީ. އެއީ އޭނާއަކީވެސް އިންސާނުންގެ ދަރަޖައިން ނައްޓައި ޖަނަވާރުންގެ ކެޓަރީގައި އުޅުމާއި އަޚްލާޤް ހުންނަ މީހަކަށް ވާތީ

  2. ކަލޯ

    ޑިވެހިންގެ ލޯބިވާ މޯދީ
    ޚަޝްމީރުގެ ތޢީދެއް މިހާރު ބޭނުމެއް ނުވާނެ ބަދަލުގައި ޖަޒީރޜާއްޖެ އޮތީ ލިބިފައި.

  3. ޖަޒީރާ މޯދީ

    ކަޝްމީރުގެ ވާހަކަ ނުދައްކާ. ޖަޒީރާ ރާއްޖޭގެ ރައްޔިތުން ތިބީ މޯދީއާ އަވަލާފަ. ޖަޒީރާ ރައްޔިތުންގެ ސިކުނޑިވެސް މިހާރު އިންޑިއާގެ ގެރިތައް ކާލައިފި.

  4. އަޖަައިބު

    ނުފެންނަ ބަޔެކޭ ބުނީމަ ހީވަނީ ލޮލަށް ނުފެންނަ ބަޔެކޭ ކިޔާހެން، ފެންނަން ނެތް ބަޔެކޭ ލިޔުނު ނަމަ

  5. ހުސޭނުބޭ

    އައްދެ! މޯދީގެ އަތަކީ ގެރިއެއްގެ ނަގޫހެން އަބަދު ތެޅިތެޅި އޮންނަ އަތެއް!

  6. އައްޔު

    ސޯސަލް މީޑިއާގައި މޯދީ ވަރެއްނެތްކަމަށްވެސް މީހުންބުނެއުޅޭ ކީއްވެކަމެއް ނޭނގޭމީހުން ގިނައީ ހައްހައް

  7. މޯދީ

    ބަލަ މަ އަތް ހޫރީ ޖަޒީރާ ރާއްޖެއަށް. އެއީ އަހަރެމެންގެ

    އަވަށެއް މިހާރު.