މުޅި ދުނިޔެއިން ވެސް މީހުން ދިރިއުޅޭ އެންމެ ކުޑަ ރަށުގެ ސައިޒު އަންދާޒާ ކޮށްލެވޭ ހެއްޔެވެ؟ ކުޑަ ކުޑަ ގެއެއް އެކަނި ފިޓްވާހައި ވެސް ކުޑައެވެ.

'ޖަސްޓް ރޫމް އިނަފް އައިލެންޑް' ނަމަކަށް ކިޔާ މި ކުޑަކުޑަ ރަށް އޮންނަނީ ނިއުޔޯކްގެ އެލެކްސެންޑާރ ބޭގައެވެ.

ކަނޑުގެ ބޮޑު އައްސޭރިއެއް ވަށައިގެން އޮންނަ އެ ހިސާބުގައި އޮންނަ މި ކުޑަ ކުޑަ ރަށަށް، ދުނިޔޭގެ އެންމެ 'ކުޑަ ރަށު'ގެ ޝަރަފު ދޭން ޖެހުނީ އެ ރަށުގައި ހުންނަނީ އެންމެ ގެއެއްގެ ޖާގަ ކަމަށް ވާތީއެވެ.

މި ރަށާ ބެހޭ މައުލޫމާތު އެންމެ ފުރަތަމަ އާންމުންނަށް ލިބިގެންދިޔައީ 1950 ވަނަ އަހަރުގައި 'ހަބް އައިލެންޑް' ގެ ގޮތުގައެވެ. ނަމަވެސް ފަހުން އެ ރަށުގެ ނަން ބަދަލު ކުރެވި، ޒަމާނީ ގޮތަކަށް ކުޑަކުޑަ ގެއެއް ވެސް ބިނާ ކުރެވިގެން ދިޔައެވެ. އަދި ރަށުގެ މަލަމަތި ރީތިކުރުމުގެ ގޮތުން، ގޭގެ އަރިމައްޗަށް ވާ ގޮތަށް، ގަހާއި ވިނަކޮޅެއް ވެސް އިންދިއެވެ.

ގިނަ ޓުއަރިސްޓުންގެ މަޤުބޫލް މަންޒިލަކަށް މި ކުޑަކުޑަ ރަށް ވެފައިވާތީ، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު މި ކުޑަކުޑަ ރަށަށް ޒިޔާރަތްކޮށް ފޮޓޯ ނަގާ ހަދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިހުންނަ

    މި ރާއްޖޭގަ ތިކަހަލަ ރަށެއް ވަރަށް1 ފަސޭހައިން ހެދިދާނެ. މާލެ އަތޮޅުގަވެސް އެބަހުރި ކުދި ގިރި ގިރި. ވެލި އަޅާފަ ގެއެއް އެޅިމަ ސަޅިވާނެ.

    • ނަވަ

      ވަރަށް ރަނގަޅު ހިޔާލެއް. އޭރުން ދުނިޔޭގައިވާ އެންމެ ހިއްގައިމު ޓުއަރިސްޓް ޑެސްޓިނޭޝަންގައި ... ދުނިޔޭގެ އެންމެ ކުޑަ ރަށްވެސް ހިމެނޭނެ

    • ޢަފީ

      ސިޔާސީ ވެފަ އެހެން ކަމެއް ވާން އެބައޮތްތަ

  2. ލޯރަންސް

    މިރަށް އޮންނީ ސެއިންޓްލޯރެންސްރިވަރގައި، ލޭކްއޮންޓޭރިއޯގައި.

  3. ައަލްހާން

    އަލްހާން އަށް ރަނގަޅުވާނެ ތިކަހަލަ ރަށެއް ދީފަ ވެރިކަން ކުރަން ބަހައްޓަން..