އަޑު ނީވެއެވެ. ވާހަކަދެއްކުމުންވެސް ވަނީ މަހުރޫމްވެފައެވެ. ނަމަވެސް މި ޒުވާނާއަކީ ހިތްވަރުގަދަ ޒުވާނެކެވެ. މުޅި ދުނިޔެއާ އޭނާ ކުރިމަތިލައިފިއެވެ. އޭނާގެ ނުކުޅެދުންތެރިކަމަކީ ހުރަހެއް ކަމަށް ނުދެކި މުޅި ދުނިޔެއަށް އެކަން ސާބިތުކޮށްދީފިއެވެ.

މިއީ އުމުރުން 21 އަހަރުގެ އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނިސްބަތްވާ އިސްމާއިލް މަހްފޫޒް ހާޝީމްއެވެ. އޭނާއަކީ އަޑު ނީވޭ އަދި ވާހަކަނުދެއްކޭ މީހެކެވެ. ނަމަވެސް އެކަން އޭނާގެ ގާތް މީހުންނަށް ނޫނީ ނޭނގޭނެއެވެ. އޭނާ އުޅެނީ އެހެންމީހުންނެކޭ އެއްފަދައިން ރަހުމަތްތެރިންނާއެކު ބޭރުގައެވެ. ރަހުމަތްތެރިންނާއި އާއިލާ އޭނާއަށް ވަރަށް ރަނގަޅެވެ. އޭނާ ބާކީކޮށެއްނުލައެވެ.

އެއް އިރެއްގައި އޭނާ ވަޒީފާއަށްވެސް ދިޔައެވެ. މިއަދު އޭނާ ވަޒީފާއެއް ނެތި އުޅެމުންދިޔަ ނަމަވެސް، އޭނާވަނީ، އޭނާގެ ހުރި ގާބިލިއްޔަތުކަމުގައި އެތައް ވަޒީފާއެއްގައި އުޅެފައެވެ. ތައުލީމީ ފެންވަރު ރަނގަޅު ނޫން ނަމަވެސް އޭނާއަށް އިނގިރޭސި ލިޔަން އިނގެއެވެ. ފަރިތަކަމާއެކު އިނގިރޭސިން މީހުންނާއި ޗެޓްކޮށް ހަދައެވެ.

އުފަންވިއިރުވެސް ބީރު

އުފަންވި އިރު ވެސް މަހްފޫޒަށް އަޑެއް ނީވެއެވެ. ވާހަކަވެސް ނުދެއްކެއެވެ. އާއިލާގައި ތިބި ހަތް މެންބަރުންގެ ތެރެއިން ހަތަރު މީހުންނަކީ އަޑު އިވުމާއި ވާހަކަދެއްކުމުން މަހުރޫމްވެފައި ތިބި މީހުންނެވެ. މަންމަ އާއި ބައްޕައާއި އަދި އެ ދައްތަގެ މިފަދަ އުނިކަމެއް ނުހުރެއެވެ. މީގެ އަހަރުތަކެއް ކުރިން ބައްޕަ ވަނީ ނިޔާވެފައެވެ.

މަހްފޫޒް

ސްކޫލަށް ދިޔައިން

މަހްފޫޒް ބުނިގޮތުގައި، އޭނާގެ ނުކުޅެދުންތެރިކަމެއް ހުއްޓަސް އޭނާ ކިޔަވަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަމަށް ހުރަސް އެޅިގެން ދިޔައީ، ޓީޗަރުންނަށް އޭނާއާ ވާހަކަދައްކަން ނޭނގުމުންނެވެ.

"އަހަރެން ސްކޫލަށް ދިއުން ހުއްޓާލީ ގްރޭޑް 5 ގައި އުޅެނިކޮށް. ރަށުގައި ޓީޗަރުންނަށް ނޭނގޭ އަހަންނާއި ވާހަކަދައްކަން. އަހަންނަށްވެސް ނޭނގެ އެއްވެސް އެއްޗެއް. އެހެންވެ ކައިރީގައި ހުރި ކުއްޖާ ކައިރިން ކޮޕީކޮށްގެން އެއްޗެހިވެސް ހަދަނީ". މަހްފޫޒް ކިޔާދިނެވެ.

އެހެން ނަމަވެސް ސްކޫލް ދައުރުގައި އޭނާ ކްލާސް ރައްޓެހިންނާއެކު މަޖާ ދުވަސްކޮޅެއް ހޭދަކުރިއެވެ. ރައްޓެހިންނާއެކު ކުޅެހެދުމާއި، ރައްޓެހިން ބުނުމުން އެ މީހުންނަށް އޭނާ ކުރަހާވެސް ހެދިއެވެ.

މަހްފޫޒް

ދިވެހި ނޭނގެ، އިނގިރޭސި އިނގޭ

އޭނާއާ ވާހަކަދައްކަން ޖެހޭނީ ޗެޓްކޮށްގެންނެވެ. ނޫނީ އަތުގެ ހަރަކާތުންނެވެ. މަހްފޫޒްއަށް ދިވެއްސެއް ނޭނގެއެވެ. ބޭނުން ކުރަން އުދަގުލީއެވެ. މަހްފޫޒް ބުނީ، އޭނާ އިނގިރޭސި ދަސްކުރީ ފޮތްތައް ބަލައިގެންނާއި، ސީރީޒްއަށް ސަބްޓައިޓަލްއާއެކު ބަލައިގެންނެވެ.

"އަހަރެން ބައެއް އިނގިރޭސި އެއްޗެހި ދަސް ކުރިން ސައިންގ ލެންގުއޭޖް ފޮތްތަކުން. އެއީ ޑެފް އެސޯސިއޭޝަންގައި ތިބޭ މީހުންގެ އެހީގައި. އެތަނުން އަހަންނަށް ހިލޭ ސައިން ލެންގުއޭޖް ފޮތްތައް ދިން. ސްއިން ލެންގުއޭޖްވެސް ދަސްކުރީ އެތަނުން".

އަދި ފޭސްބުކް އެކައުންޓެއް ހަދައިގެން މީހުންނާއި ވާހަކަދައްކައިގެންވެސް އޭނާ ބައެއް ކަންކަން ދަސްކުރިއެވެ.

އުމުރުން 15 އަހަރުގައި މަސައްކަތުގެ މާހައުލަށް

އޭނާއަށް ކިޔެވުމާއިގެން ކުރިއަށް ނުދެވުނު ނަމަވެސް، މަސައްކަތައިގެން ކުރިއަށްދިޔައެވެ. އެގޮތުން އުމުރުން 15 އަހަރުގައި މަސައްކަތަށް ނުކުތެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރީ ރަށުގެ ގަރާޖެއްގެ ސައިކަލް އެއްޗެހި ދޮންނަ މީހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެތަނުން އޭނާއަށް މުސާރަ ނުދޭތީ އެތަން ދޫކޮށްލިއެވެ. އަދި ދުވަސްކޮޅަކު ރަށުގައި އުޅުމަށްފަހު މާލެ ބަދަލުވީ ވަޒީފާއެއް ހޯދުމަށެވެ.

މަހްފޫޒް ރިސޯޓުގައި އުޅުނުއިރު

އޭގެ ފަހުން ސައިންގ ލެންގުއޭޖްގައި އޭނާ މަސައްކަތް ކުރިއެވެ. ރައްޓެއްސަކު ހޯދަ ދިން އެ ވަޒީފާގެ ވަރަށް އިސްކޮށް އޭނާ އުޅުނެވެ. އޭގެ ފަހުން ދެ ރިސޯޓެއްގައިވެސް މަސައްކަތް ކުރިއެވެ. އަދި ދިރާގުގައިވެސް މަސައްކަތް ކުރިއެވެ. އޭނާ މަސައްކަތް ކުރި، ފުރަތަމަ ރިސޯޓުގެ ލައުންޑަރީގައި އޭނާ އަހަރަކަށްވުރެ ގިނަ ދުވަހު ހޭދަކުރިއެވެ.

އޭގެ ފަހުން ސަރުކާރުން އޭނާއަށް ވަޒީފާ ހަމަޖެހިގެން ދިޔައެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ އާސަންދަ އޮފީހުގައެވެ. އެތަނުގައި އޭނާ ހުރީ އެސިސްޓެންޓް އޮފިސަރެއްގެ މަގާމުގައެވެ. އެތަނުގައި އަހަރަކަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރިއެވެ. އަދި އެތަން ދޫކޮށް އެމްޕީއެލްއަށްވެސް އޭނާ ވަޒީފާއަށް ދިޔައެވެ. އެތަނުގައި ހިއުމަން ރިސޯސް ޑިޕާޓްމެންޓުގައި އޭނާ މަސައްކަތް ކުރިއިރު، އޭގެ ފަހުންވެސް އޭނާ މަސައްކަތްކޮށްފައި ވަނީ ރިސޯޓެއްގައެވެ.

މަހްފޫޒް ރިސޯޓުގައި އުޅުނުއިރު

ވަޒީފާއެއް ނެތި ދޮޅު އަހަރަށްވުރެ ގިނަ ދުވަސް

އުއްމީދުން ފުރިގެންވާ މި ޒުވާނާ މިހާރު ވަޒީފާއެއް ނެތި އުޅެމުންދާތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. އޭނާގެ އޯ ލެވެލް ފާހެއް ނެތުމުގެ ސަބަބުން ވަޒީފާ ދިނުމަށް ގިނަ ތަންތަނުން ދެކޮޅު ހަދަނީއެވެ. ނަމަވެސް އޭނާއަކީ ހުނަރު ހުރި ޒުވާނެކެވެ. އަދި އޭނާގެ މަސައްކަތުގެ މާހައުލުގެ ތަޖުރިބާވެސް އެބަހުއްޓެވެ.

"ފަހުން އެހެން ވަޒީފާތަކަށް ވެސްލިން އެ މީހުން ބުނީ، އޯ ލެވެލް ހަދަން ޖެހޭނެ ކަމަށް"

މީހުންނަށް އަހަންނަނީ ކާކުކަން އިނގެން ބޭނުން

އޭނާ ބުނިގޮތުގައި، އޭނާއަށް ވީޑިއޯ ހެދުމުގައި އެހީވެދޭނެ ފޮޓޯގްރާފަރެއް ބޭނުންވެއެވެ. އޭނާ ބޭނުންވަނީ، ވީޑިއޯގެ ޒަރިއްޔައިން އަޑު ނީވޭ މީހުންނަކީ ކޮބައިކަމާއި، އެ މީހުން ވާހަކަދައްކާ ގޮތާއި، އެ ވާހަކަދައްކާ ގޮތް ކިޔާދޭށެވެ. އޭނާ މިގޮތަށް ޓިކްޓޮކްއަށް ލި ވީޑިއޯއެއް ވަރަށް ބޮޑަށް ވައިރަލް ވެގެން ދިޔައެވެ.

Want to learn sign language? Mail mahfooz here mahfoozofficially@gmail.com #signlanguage #slowmotion

Posted by Tik Tok Maldives on Tuesday, February 5, 2019

އުއްމީދު ފުރިގެންވާ ޒުވާނެއް

އޭނާގެ އުއްމީދުތައް ވަރަށް ފޮންޏެވެ. އެ އުއްމީދުތައް ހަގީތަކަށް ހެދުމަކީ އޭނާ ވަރަށްވެސް ބޭނުންވާ ކަމެކެވެ. އެގޮތުން މުސްތަގުބަލުގައި އޭނާ ބޭނުންވަނީ ބީރު މީހުންނަށް ހާއްސަ ޓްރެވެލް އެޖެންޓަކަށް ވުމަށެވެ. އެއީ އޭނާގެ ގޯލްސްއެކެވެ. ރާއްޖޭގައި އެފަދަ ކަމެއް އަދި ތައާރަފްވެފައި ނެތް ނަމަވެސް، އެއީ އޭނާގެ އުއްމީދެއް ކަމަށް ބުންޏެވެ.

މި ޒުވާނާ ބުނިގޮތުގައި، އޭނާއަށް މީގެ ކުރިން ކުރެވިފައި ހުރި ބައެއް ކުށްތަކުގެ ސަބަބުން ފިލާވަޅު ލިބިއްޖެއެވެ. އަދި އެއީ ލިބުނު ފިލާވަޅެއް ކަމުގައި ދެކިގެން އެފަދަ ކުށްތަކަށް އަރައިނުގަތުމަށް އޭނާ އެ ހުރި އަޒުމް ކަނޑައަޅައިގެންނެވެ.

މިއަދު މި ޒުވާނާ ވަޒީފާއެއް ނެތި އެތައް ދުވަހެއް ހޭދަކޮށްފައިވީނަމަވެސް، ހިތްވަރު އެލުވާނުލައެވެ. ވަޒީފާއެއް ލިބޭތޯ ވަރަށް ގިނަ ތަންތަނަށް ސިޓީވެސް ލިއެވެ. އެހެން ނަމަވެސް އޭނާގެ އޯލެވެލް ފާހެއް ނެތުމަކީ އޭނާގެ މަސައްކަތަށް އެޅުނު އެންމެ ބޮޑު ހުރަހެވެ. އޭނާއަށް އަވަސް މުސްތަގުބަލެއްގައި ވަޒީފާ ލިބުމަކީ އުއްމީދެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފާތުމަ

    އެލައިޑު އިސްތިހާރުކުޅޭ ސޮރު އެއީ ކޮންފާހެއް ހޯދައިގެން އުޅޭ ސޮރެއް؟

  2. މާމިގިލީ މީހާ

    ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނައް ދޭ ފައިސާ 5000ހަށް އިތުރުކުރާން ޖެހޭ. މުސްކުޅިންނައް 5000ހާސް ދޭކަށް ނުޖެހޭ. މިހުރުވެސް 65 އަހަރުން މަތީގެ ގިނަ މީހުންނަކީ ވަޒީފާތަކުގައި އުޅޭ މީހުން. މާމިގިލީގައި 65އަހަރުން މަތީގެ ކިތައް މިހުން ވަޒީފާގައި އެބަ އުޅޭ. ސަރުކާރުން ބަލާބަލަ.

    2
    1
    • އަންޑަވޯލްޑޯން

      ވަޒީފާގަ ނޫޅޭ ދަރިން އަޅާނުލާ މުސްކުޅިންނަށް ވާނެ ގޮތަކާ މެދު ނުވިސް ނަންތަ

  3. ޜީސާ

    ހިތްވަރުގަދަ އުންމީދީ ޒުވާނެއް ތީ. އެކަމަކު ސަރުކާރުން ދިން ވަޒީފާއާއި އަދި އެހެނިހެން އަދާކުރި ވަޒީފާތަކަށް ކިހިނެއްތޯވީ؟
    ކާމިޔާބު މުސްތަގުބަލަކަށް އެދެން

  4. މީހެއް

    ޢަަޅުގަނޑާ އެއް ރިސޯޓެއްގަ މަސައްކަތް ކުރި އިރު ވ ރަނގަަޅު ކުއްޖެއްތީ. މައްސަލަ އަކީ އެ ވޒީފާ އިން ފިލައިގެން ދިއުން.

  5. ެިއިލޫ

    މާތް ﷲ މަހްފޫޒަށް ހެޔޮ ގޮތް މިންވަރު ކުރައްވާށި. އާމީން.

  6. އައްބޭބެ

    ކީއްވެ ހާދަގިނަވަޒީފާތަކެއްލިބި އެތަންތަން ދޫކޮށްލީ. މަށަކީ ހެޔޮހާލުގައިހުރި ތިޔަބުނާ ޖީސީ ހަދައިގެން އެތައްތަނަކަށް ލައިގެން ވަޒީފާނުލިބިގެން އުޅޭމީހެއް.

  7. Anonymous

    އަސްލުތީ ވަރައް ހިތްވަރު ގަދަކުއްޖެ ވަޒީފާ ދޭންވީ ހަމަައެކަނި ޑިގްރީ އޮވެގެންނުން ކޮބާ އޭނަގެ ކުށެއް ތީގަ ދުނިޔޭގައި އެންމެން އެވަރު ނުވާނެކަން ވިސްނޭ މީހަކުއެހެން ނަހާދަނެ

  8. ޟަނާ

    ޥަޒީފާ ނުލިބެނީކީނޫން ދޯ.. ވަޒީފާގަ ހަރުނުލަނީނު.. އިރުއިރުކޮޅާ ވަޒީފާެއެއް ނުލިބޭނެ އޯލެވެލް ކީކުރަން މާސްޓަރސް އޮތަސް.. މީ އެހާހިތްވަރުގަދަވެގެން ނޫހުގަ ޖަހާވަރު މީހެއް ނޫންދޯ. މިލިއުމުން އެނގުނުގޮތުގައި ކަތްނެތް ޒުވާނެއް..

    1
    6
  9. ބަސްނާހާސޮރު

    ސަރުކާރު ވަޒީފާތަކުގައި އުޅުނު ވާހަކަ ލިޔުނު އިރު އެތަންތަނުން ކެނޑެންޖެހުނީ ކީއްވެގެންތޯ ވެސް ލިޔެލި ނަމަ ރަނގަޅުވީސް

  10. އަލީ

    އަޅުގަނޑު ދަންނަން މަޙްފޫޒު. މީނަ މީ ވަރަށް މީހުންނަށް ވަރަށް ރަނގަޅު ކުއްޖެއް. ނަމަވެސެް މައްސަލައަކީ އަބަދު ޝަކުވާކުރާނެ ވަޒީފާ ރަނގަޅު ނޫންކަމަށް ބުނެ. ކޮންމެ ތާކު ހުއްޓަސް. ބުނާނެ ބައެއް ތަންތަނުން ތިމަނައަށް ބުލީކޮށް މަލާމަތް ކުރޭ. ތިމަންނަށް ނުކުރެވޭ މަސައްކަތް ހަވާލުކުރޭ. މިހެންގޮސް އެތައް ޝަކުވާއެއް. ނޭންގެ ތެދެއް ދޮގެއް ބުނާކަށް. މަސައްކަތައް ޝައުގުވެރި ނޫނީ ކަމަށް ކަމުދާ ވަޒީފާއެއް ނުލިބެނީ ކަމެއް ބުނާކަށް ނޭނގެ.

    2
    1
  11. ދެރަކަމެއް

    އޭނާއަށް އަދާކުރެވޭ ވަރުގެ ވަޒީފާ ހުންނާނެ. މަހުފޫޒު ބަލައިގަން އެއްވެސް ފަރާތަކަށް ނޭނގެނީ. މަހުފޫޒަކީ ހުނަރުވެރިއެއް. ﷲ އިރާދަކުރެއްވިއްޔާ އަދި ކާމިޔާބުވާނެ. ހިއްވަރުގަދަ ޒުވާނެއް.

  12. އަބުދުލް ވާހިދު

    މަސައްކަތް ކުރޭ ﷲ އެކަލާނގެ އަޅުންނާއި އެކު ވޮޑިގެން ވާކަން އަބަދުވެސް ހަނދާން ކުރޭ

  13. ޙުސެން

    އޭނެ ވަރަށް މޮޅަށް ކުރަހާނެ

  14. Anonymous

    ތީ މޭން އަކީ