މި ހަފްތާގައި މީސް މީޑިއާގައި ވަރަށް ބާރަށް ފެތުރިގެން ދިޔަ އެއް ވާހަކަ އަކީ ރަޝިއާގެ ސިޓީއެއް ކަމަށް ޔަސުޓުކް އަށް މަތިން ރަން ފޭބި ކަމަށް ދެކެވޭ ވާހަކަ އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯއާއި 5000 މޭލު ދުރުގައި އޮންނަ ޔަސުޓުކް ސިޓީ އަކީ ފިނި ހޫނުމިން ބައެއް ފަހަރު މައިނަސް 85 އަށް ވެއްޓިންގެންދާ ސަރަހައްދެކެވެ.

ނަމަވެސް ގަދަ ފިނީގައި ތިބި އެ ސިޓީގައި އާންމުން ސިއްސުވާލީ މަތިން 3.4 ޓަނުފެ ރަން ފޭބުމުންނެވެ. ހަގީގަތުގައި މިކަން ހިނގަން މެދުވެރިވީ ރަން ބަރުކޮށްގެން ދިޔަ ސޯވިއެޓް ޒަމާނުގެ ކާގޯ މަންތިންދާ ބޯޓެއްގައި މައްސަލަ ޖެހި ހުރިހާ ރަން ރަންވޭ މައްޗަށް ފޭބުމުންނެވެ.

އެންޓޯވް AN-12 މަރުކާގެ މި ކާގޯ މަތިންދާ ބޯޓު ރަންވޭ މަތިން ޓޭކް އޮފް ކުރީ 156$ މިލިއަން ޑޮލަރުގެ އަގު ހުރި ރަން ބަރުކޮށްގެންނެވެ. ރަޝިއާގެ ކަމާބެހޭ ފަރާތަކުން ބޯޓުގެ ހެޗް ހުޅުވި ރަންވޭ މައްޗަށް ރަން ފައިބަން މެދުވެރިވި ސަބަބު އަނަނީ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިޔަރޭ

    ތީދެން އަޖްއިބެއް ތާ ދޯ؟؟؟؟؟؟؟؟