ނިމިގެންދިޔަ 2018 ވަނަ އަހަރަކީ 1880 ވަނަ އަހަރަށް ފަހު ހަތަރު ވަނަ އަށް އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ އަހަރު ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

2018 ވަނަ އަހަރާއި އެކު ދެން އެންމެ ހޫނު ގަދަ ތިން އަހަރުގެ ގޮތުގައި ނާސާއިން ފާހަގަ ކޮށްފައިވަނީ 2015, 2016 އަދި 2017 ވަނަ އަހަރެވެ.

ނާސާގެ މި ރިކޯޑް ތަކަށް ބަލާއިރު ދުނިޔެ ހޫނުވުން 2015 ވަނަ އަހަރަށް ފަހު ދަނީ ހުއްޓުމެއް ނެތި މައްޗަށް ކަން ފާހަގަވެއެވެ.

ނާސާ އިން ހާމަ ކުރާ ގޮތުގައި 1880 ވަނަ އަހަރަށް ފަހު ދުނިޔޭގެ ފިނި ހޫނުމިން ވަނީ 1 ޑިގްރީ އަށް މަތިވެފައެވެ.

2018 ވަނަ އަހަރަކީ ދުނިޔޭގެ ބައެއް ސަރަޙައްދުތަކަށް ވަރަށް ހޫނުގަދަ އަހަރެއްގެ ގޮތުގައި ރިކޯޑު ކުރެވިފައިވާ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

ނާސާއިން މިކަން ހާންމަކޮށްފައިވާއިރު މި އަހަރު ވެގެންދާނީ، މިހާތަނަށް ދުނިޔެއަށް އަންނަ އެންމެ ހޫނުގަދަ އެއް އަހަރުކަމަށް މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކާއި މޫސުމީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި އަހަރަކީ ދުނިޔެއަށް އެންމެ ހޫނުވާނެ އެއް އަހަރު ކަމުގައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ދުނިޔޭގެ ޖައްޗަށް ބޭރުވަމުންދާ ގްރީން ހައުސް ގޭސް ނުވަތަ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވުމަށް މަގުފަހިވަމުންދެއެވެ.

މި އަހަރު ދުނިޔޭގެ އެވްރެޖު ފިނިހޫނުމިން ހުންނާނީ، ޕްރީ އިންޑަސްޓްރިއަލް ލެވެލްގެ 1.0 ސެލްސިއަސް މަތީގައެވެ. މިއީ 1880 ގެ އަހަރުތަކުގެ ފަހުން އަންނަ އެންމެ ހޫނުގަދަ ފަސް އަހަރުތަކުގެ ތެރެއިން އެއް އަހަރަށް ވެގެންދާނެއެވެ.