ޕްރިޔަންކާ ޗޯޕްރާ ވަނީ ވަރަށް ތަފާތު ފޮޓޯއެއް މީސް މީޑިޔާގައި ހިއްސާކޮށްފައެވެ. އެއީ، ފިރިމީހާ ނިކް ޖޮނާސްގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން އޮވެ، ނިދާފައި އޮތް ފޮޓޯއެކެވެ.

މި ފޮޓޯގެ ސަބަބުން ފޭނުންގެ ހިތްތަކަށް ކުރި އުފާވެރި އަސަރާއެކު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ސަބަބަކީ، ދެމަފިރިން އެކުގައި އެއް ފޮޓޯއަކުން ފެނުމާއި، ފޮޓޯގައި ނިދާފައި އޮތުމެވެ. އަދި ފޮޓޯ ނަގާފައިވަނީ އެމެރިކާ އިން މި ދެމަފިރިން ގަނެފައިވާ ގޭގައިކަމުގައިވުމެވެ.

ބައެއް ފަރާތްތަކުން ކުރަމުން ދިޔަ ސުވާލަކީ ދެމަފިރިންގެ އަމިއްލަ ގޭގައި އެމީހުން ނިދާއިރުވެސް ފޮޓޯގްރާފަރުން ތިބޭތޯއެވެ. ހަމައެހެންމެ، ފޮޓޯގްރާފަރެއްގެ ގޮތުން އެތަނުގައި ހަރަކާތްތެރިވީ ކާކުތޯވެސް ބައެއް ފަރާތްތަކުން ސުވާލު ކޮށްފައިވެއެވެ.

https://www.instagram.com/p/BtckWxPHAAp/

އިންސްޓަގްރަމްގައި ޕްރިޔަންކާ ޖެހި މި ފޮޓޯއަށް އެތައް ބަޔަކު ދިޔައީ ކޮމެންޓް ކުރަމުންނެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން ޕްރިޔަންކާ ވަނީ މިކަން ސާފު ކޮށްދީފައެވެ.

ޕްރިޔަންކާ މި ސާފުކޮށްދީފައިވާއިރު އޭނާ ބުނެފައިވަނީ އެއްވެސް ގޮތަކުން ފޮޓޯގްރާފަރަކު ގޭގައި ނުހުންނަކަމަށެވެ. އަދި އެވަގުތު ފޮޓޯ ނަގާފައިވަނީ ޕްރިޔަންކާގެ ދުވަސްވީ ސްޓައިލިސްޓް ކަމުގައިވާ ދިވްޔާ ޖްޔޯތީކަމުގައެވެ. ދިވްޔާ އަކީ ޕްރިޔަންކާގެ ކޮންމެ ޕްރޮޖެކްޓެއްގައި އޭނާއާއެކު މަސައްކަތް ކުރާ މީހެކެވެ.